މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަ މެސެޖެއް ކުރައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް އަށް މެސެޖެއް ކުރައްވާފައި ވާނޭ ކަމަށް ހާމަކުރައްވާފައެވެ. އަދުރޭ ވިދާޅުވީ، ރައީސް އަށް ކުރެއްވި މެސެޖުގައި ވާނީ މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތުކަމާއި، އަދި ކޮރޯނާ ވައިރަހުގެ ނުރައްވާތެރިކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކާއި ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި އިދިކޮޅު ކޯލިޝަނުން އެހީތެރިކަމާއި އެއްބައިވަންތަކަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ވާނޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެކަށަވަރުކަން ވާނީ ދިވެހި ރައްޔިތުންނަށްވެސް ދީފައި ކަމަށެވެ. އެގޮތުން އަދުރޭ ފާހަގަކުރެއްވީ ކެމްޕެއިން ދަތުރުތައް ކުރުކޮށްލަން އެޕާޓީން ނިންމި ނިންމުމުގެ ވާހަކައެވެ.

"އަޅުގަނޑުމެން ވާނީ މިކަމާއި ގުޅިގެން ކެމްޕޭން ދަތުރުތައްވެސް ހުއްޓާލައިފައި. އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އަކުން މިކަމާއި ގުޅިގެން ފިޔަވަޅެއް އަޅާފައި ވާނީވެސް އަޅުގަނޑުމެންގެ ކޯލިޝަނުން" އަދުރޭ ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ މިހާތަނަށް މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ފެނިފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ ކޭސްވެސް ފެނިފައި ވަނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރަކާއި، އެ ރިސޯޓުގެ ޑައިވް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު މި މަހުގެ އެއްވެސް ދުވަހު އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިރާޖު

    އިދިކޮޅު ކޯލިޝަނުން ތި ކުރައްވާ މިންނެތް މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށި.އަދި ޙާއްޞަކޮށް ޤައުމަށް ދިމާވެފައިވާ މި ފަދަ ހިތާމަވެރިކަމެއްގައި ބައިބައި ވުމެއްނެތި ޤައުމީ މަސްލަހަތު އިސްކޮށް އެއްރޫހެއްގައި އިދިކޮޅު ކޯލިޝަނުން ނިކުމެ ތިބުމުން އަޅުގަނޑުމެންނަށް ދައްކައިދެނީ ޑިމޮކްރަސީގެ ރީތި މިސާލެއް.
    މާތްﷲ އަޅުގަނޑުމެންގެ އިސްލާމީ އުއްމަތް މި ނުބައި ރޯގާއިން ސަލާމަތްކުރައްވާ ކޮރާނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ތިބި ދެމީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.

    7
    1
  2. ބްރޯ

    އަދުރޭއަކީ މިގައުމަށް އެމްޑީޕީ ގެ ވެރިކަން ގެނައުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ބެފުޅެއް އެ މަސައްކަތުގެތެރެއިން ސިޔާސީ މައިދަނުން ޔާމީނު އެކަހެރި ކުރައްވާފަ އިދިކޮޅު ހުރިހާ ސިޔާސީ ވެރިން އެއްގަލަކަށް އެރުއްވެވި . އިންތިހާބުގް ޔަމީނަށް ނަކަމިޔާބުލިބި ދިވެހި ގައުމަށް ބޮޑެތި ގެއްލުން ލިބިގެންދިޔައީ އެހެންވެ. ވަކިވެގަތުމަކީ ނިކަމެތި ވުމޭ ބުނެވެނި މިހެންވެ.

    1
    6