ކޮވިޑް-19ގެ ނުރައްކާތެރިކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެފައިވާ ބައެއް މަސައްކަތުގެ މާހައުލުތަކާއި ޓޫރިސްޓް ރިސޯޓުތަކުގައި އެކަށީގެންވާ ރައްކާތެރި ފިޔަވަޅުތައް އަޅާފައި ނުވާތީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކުރެޓިކް ޕާޓީ އިން ކަންބޮޑުވުން ފާހަގަކޮށްފިއެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކަށް އެ ޕާޓީއިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ނަމަވެސް މި ނުރައްކާތެރި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު، ބައެއް މަސައްކަތުގެ މާހައުލުތަކާއި ޓޫރިސްޓް ރިސޯޓުތަކުގައި އެކަށީގެންވާ ރައްކާތެރި ފިޔަވަޅިތައް އަޅާފައި ނުވާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ވަނީ މަސައްކަތްތެރިންއަށް އެކަށީގެންވާ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މިހާރުން މިހާރަށް ސަރުކާރާއި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ގޮވާލާފައެވެ.

އޭގެއިތުރުން، މި ދަނޑިވަޅުގައި ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށާއި، އެކަކު އަނެކަކަށް އެއްބައިވެ އެހީތެރިވެ، ގައުމީ ރޫހެއްގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށާއި އަދި މި ބަލިން ރައްކާތެރިވުމިގެ ގޮތުން ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއްދީ ސިއްހީ ފަރާތްތަކުންދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުގައި ހުރިހާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުޑޭ

    ސިޔާސީ ޕާޓީތަކުން މިކަމުގެ ނާޖާއިޒް ފައިދާ ނަގަން ނޫޅެބަލަ

    11
    2
    • ބޫ

      ސިޔާސީ ޕާޓީތަކުން ބުނަންޖެހޭ ބަސް ކަލެކަށް ނޭގޭނެ، ސިޔާސީ ޕާޓީ އެއްވިއްޔާ ރައްޔިތުންނަށް ދިމާވާ މިފަދަ ބޮޑެތި ކަންކަމުގައި ބަސްބުނަން ޖެހޭނެ އަދި ކޮށްދެވެން އޮތް ކަމެއްވެސް ކޮށްދޭންޖެހޭނެ

  2. އެމަންޖެ

    މިވެރިކަމުގަ ތިބިމީހުން އިސްތިއުފާ ދީބަލަ.