ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ރާއްޖެއިން މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ގައިން ކޮވިޑް-19 ފެނިފައިވާއިރު، ދެ މުވައްޒަފުންގެ ވެސް ހާލު ރަނގަޅެވެ.
ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖެއްސިކަން އިއުލާނުކުރެއްވީ މީގެ އިއުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސައިފި.#MVIaffairs
— Ministry of Islamic Affairs (@MVIaffairs) March 8, 2020
މީގެ މަސް ދުވަސް ކުރިންވެސް މިފަދަ ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެއްސިއެވެ. އެ މިނިސްޓްރީން އެއިރު ހަމަޖެއްސީ، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކޮންމެ ޒަހްރިއްޔާ (އަޑު ހަރުކޮށް ކިޔަވާ)ނަމާދު ތަކުގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ކިޔާ ގޮތަށެވެ.
އަދި އެކަންއެ މިނިސްޓްރީން ވަކި އެއްޗެއް އަންގަން ދެން ކުރުމަށް މިނިސްޓްރީން އެއިރު ވަނީ އެދިފައެވެ.
މާތް ﷲ ހަޒްރަތަށް ދުއާދަންނަވާ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅަންވީ ވަގުތު. އިރާދުކުރެއްވިއްޔާ ރަގަޅު ވާނެ...
ޒަހުރިއްޔާ އެއްނޫން. ޖަހުރިއްޔަ. ޖަހްރަ އަކީ އަޑުވީއްލައި. އަޑު ހަރުކޮށް.އެއީ އަރަބި ލަފުޒެއް
ސަރުކާރުގެ ފޫކޮޅު ރޯވީމާ ދެން ކީކުރަ ގިޔާ ގުނޫތެއް ތޯ. ސަރުކާރުން ރާއްޖެ ގެނައި ބައްޔެއް ތީ.
ފުރަތަމަކަމަކީ މީހުންގެ ޢަމަލުތައް އިޞްލާޙުކުރުން. އެއާއެކު ދުޢާކުރުން. ހުރިހާ ރައްޔިތުންވެސް ﷲއަށް ތައުބާވެ ގިނަގިނައިން އަސްތަޣްފާރުކޮށް ދުޢާކުރުމަށް އެދެން.
އަލްހަމްދު ލިﷲ
މިސްކިތުގެ ފާހާނާ ތަކާއި ވުޟޫ ކުރާތަނުގައި އަތްދޮންނަ ސައިބޯނި ފުޅިބެހެއްޓުމާއި، ކެއްސާ އަރިދަފުސް ފޮޅަންޖެހޭބައްޔެއް ހުރިނަމަ މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރުމާއި، މިސްކިތުގައި އަހަމްދުގެ ފަހުން ކިޔަވާސޫރަތްތަޢް ކުރު ކޮށް ކިޔެވުން، މިހިރީ މިރޯގާއިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ނޫންބާ!
ސީދާ ކަނޑައެޅިގެން އެނގއެނގި ތިބެ އިޓަލީ މީހުން ގެނައީ. އުޑެއް ބުޑެއް ނުދަންނަ ސަރުކާރު ނުވިތާކަށް ޙަދީޘް ޚުޠުބާގައި ކިޔާއިވެސް އެޙަދީޘަށް ޢަމަލުނުކުރި ލާދީނީ ސަރުކާރު.
އީރާން ވެސް ސައުދީވެސް މިކަންތައް ކުރުން ލަސްވެއްޖެ
ބޮލަށް ވެއްޓުނީމަ ފޮޅަންތިޔަފަށަނީ، މިސަރުކާރުގެ ލާދީނީ ޕްރޮޕަގެންޑާ ކުރިއަރުވަން ތެޅިބާލަނީ. އަދިވެސް ފާފަކުރާމީހުން އެކަމުގައި ދެމިތިބެމެ ތިހެންކުރާ ދުޢާއަކުން ކޮން މަންފާއެއްކުރާނީ؟ ދީނަށް ފުރައްސާރަކުރާމީހުން ލޯމަތިންގެއްލުވާލައިގެން އެއްވެސް ފިޔަވަޅެއް ނާޅާ ތިޔަތިބެނީ. ތިޔަބަލާވެރިކަމުގެ ސަބަބުން މިހުރިހާ މުސީބާތެއް ފެންމަތިވަމުންދަނީ. ހުރި ނުބައިކަން ހިތައްގެނެސްބަލަ. ނުވާނަމަ އިސްތިއުފާ ދީފަ ގެއަށް ކޮވީނު. ނުވާކަންތައް ދޫކޮށްލާފަ. ކާކުބުނީ ކަލޭމެންކާރީ މިތަނަށް ފާވާށޭ؟ މިބައިގަނޑު ފަނާވެގެން ދިއުން އެދެވެނީ. އިސްލާމްދީނަށް ނަޞްރުދޭނެބަޔަކަށް މި އަނިޔާވެރި ވެރިކަން ބަދަލުކުރައްވާދޭވެ! އާމީން. ގައުމުގައި ޙަރާމް ކަންތައް ގިނަވީވީހެން އެކިބާވަތުގެ ކޯފާގެ ކަންތައް ފެންނަމުންދާނެ. ދެންވެސް އިޞްލާޙުވެ ﷲ ގެ މަގަށް ރުޖޫޢަވާކަށް ނުވޭތަ؟
ﷲ ގެ ހަޟްރަތުގައި އެދެންޖެހޭނެ. އެކަމަކު މިއުޅޭ އަލީވަހީދު އަނގައި ނުބައިކަމުން މިގައުމަށް ދެރަގޮތެެއވެދާނެތީ ބިރުގަންނަނީ. އިރާދަފުޅެއްވެއްނުލާ އެވެނިކަމެއް ނުވާނެ މިވެނިކަމެއް ނުވާނެ މިކިޔަނީ.