މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް އިން ސަލާމަތްވުމަށް ނަބަވީ އިރުޝާދުތަކަށް ތަބާވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށްޓަާ ސައިންސްގެ އަލީގައި ތަރައްގީކުރެވިފައިވާ އަދި، ތަރައްގީ ކުރެވެމުން އަންނަ މާއްދީ ވަސީލަތްތައް ބޭނުން ހިފުން ކޮންމެހެން މުހިންމު ކަމަށާއި، ހަމަ އެއާއި އެކު އިލާހީ މަދަދަށް އެދި ނަބަވީ އިރުޝާދުތަކަށްވެސް ތަބާވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވަނީ މިހާލަތުގައި ކުރެވިދާނެ ދެ ދުއާ އެއް ޓްވީޓު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ދެދުވާ ހެދުނާއި ހަވީރު ކުރުމަކީ މުސީބާތްތަކުން ދުރުކުރައްވާ ކަމެއް ކަމުގައެވެ.

عُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ"

"بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ"

އިސްލާމިކް މިނިސްޓްރީ އިންވެސް ވަނީ ކޮވިޑް-19 ފެތުރެމުން އަންނާތީ ކޮންމެ ނަމާދަކަށް ފަހު މިސްކިތް ތަކުގައި ގުނޫތު ކިއުން ލާޒިމްކޮށްފައެވެ.

ރާއްޖެއިން މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ގައިން ކޮވިޑް-19 ފެނިފައިވާއިރު، ދެ މުވައްޒަފުންގެ ވެސް ހާލު ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ތިޔަ ނަބަވީ އިރުޝާދުތަކުގެ ވާހަކަ ސޯލިޙް އަށާއި ނަޝީދަށް ކިޔައިދީބަލަ

  10
  • ދާނިޝް

   ދުއާކޮށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ވަގުތު. އިރާދުކުރެއްވިއްޔާ މި ދިވެހި ރާއްޖެ އިން މި ވައިރަސް ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވޭނެ...

 2. ފަހަރި

  ނަބަވީއިރުޝާދުގެދަށުންތިހުރީ މޑނގެ ދިފާއުގަ ހަރު ކަށިމީހުން ހައްޔަރު ކޮށް މަޑު ކަށި މިނިވަން ކޮއްފަ.ނަބަވީ އިރުޝާދު ކިޔާދޭން އިތުރަށްނޫޅޭ..

 3. ސުކޫތުގެވަގުތު

  ތިޔަހެންވިއްޔާ އަންނި ރާއްޖެއިން ބާލަންވެސް ޖެހޭ, އެހެންނޫނީ އޭނަ ގޮޅިއަކަށް ވިޔަސް ލާންޖެހޭ!
  އޭނަގެ އަނގައިން ހުސް ކުފުރު ބަސް ބުނަމުން އެގެންދަނީ!
  އެއްވެސް މީހެއް އޭނައައްރައްދެއްވެސް ނުދެނީ ކީއްވެތަ؟ ބަލަ އެންމެ މީހެއްގެ ސަބަބުންވެސް މުޅި ގައުމު ފަނާވެގެން ގޮއްސާނެ!
  ކަލޭމެން ބިރުގަނެގެން ކޮންމެވެސް ކަމެއް ކޮއްބަލަ!!!

 4. Anonymous

  ކޮވްޑޭ ކިޔައިގެ ބޭރުގެ މިޝަނަރީސްތަކާ ގުޅިގެން މުއުމިނުން ފޮހެލަން ބަޔަކު މީހުން ތެޅޭވަރު ބަލާށޭ. ހީލަތްތެރި ކަމުގެ ކޮޅެއް ނެތޭ. އިންދިޔާގެ ވަފުދުތަށް މިނެޓަކު އެއްފަހަރު އެ އަންނަނީ އަތްޕުޅަށް ގޮވަން ކައިރިވުމުން އެޑްވައިސް ދޭށޭ. މިއީ އަޅުގަނޑުމެން ބުނަން ބޭނުންވާ ގޮތެއް ނޫނޭ.
  ސެނިޓައިޒާ ފުޅިތެރޭ ނިދާފަ އޮތަސް މިގޭގެ ހަތުރަފާރުން ކޮވްޑްބޭ ވަންނާނޭ އޭ ގޮސިޕޭމެންނޭ

 5. ބްރޯ

  4 އަނބިން މާތްﷲ ހުއްދަކުރެއްވިއިރު އަދިވެސް 4 އަނބިންނަކި އިމްރާނަށް ހައްގު މިންވަރު ކަމަކަށް ކަނޑައެއްނެޅޭ ނޫންތަ؟

 6. އަހުމަދު

  ރައްޔިތުން އަބަދުވެސް ނަބަވީ، ދީނީ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަނީ އެކަމަކު ފެންނަނީ މިލާދީނީ ސަރުކާރުގައި ބުއްޅަބެ ކަހަލަ ލާދިނީ މީހުން ރައްޔިތުން މަގުފުރައްދާ ދީނުގެ ހުދޫދުން ބޭރުވެ ދީނަށް ހަޖޫޖަހާ ފުރައްސާރުކުރާ ބަޔަކުއުޅޭތަން

 7. މާމީ

  މުގުނީ ޕީޕީއެމް މީހުނައް ހަދިޔާކުރި އެއްޗެއް ނޫންތޯ ކޮވިޑަކީ

 8. އަލީ

  ކަލޭދައްކާ ވާހަކަ ގަބޫލުކުރާ ބަޔަކު ނެއް ކާކުތީ

  8
  1
 9. މުސްލިމް

  މިއަދު ހަމަ ކުއްލިއަ ކަށް ނަބަވީއިރުޝާދުގެ ވާހަ ކަ އިމްރާނު މިހަދާންވީ ކީއްވެބާވައެވެ. އެހެނީ އިއްޔެ މިޤަވްމަށް ނިސްބަތްވާ ބަޔަ ކު މާތްނަބިޔްޔާއަ ކީ ހަރު ކަށި ބެއިފުޅެއް ކަމަށާ އިސްލާމީޝަރީޢަތަ ކީ މިޒަމާނަށް ގުޅޭ އެއްޗެއް ނޫން ކަމަށް ބުނިއިރުވެސް ޢިމްރާނު ހުރީ ހަމަ މިހާރުވެސް ހުރި މަޤާމުގައި ނޫންބާވައެވެ. 5 ނަމާދު ކުރާ ކޮންމެ މީހަ ކު ހަރު ކަށި، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން މަޑު ކަށި ވީ އިރު ނަބަވީ އިރުޝާދު އޮތީ މަޤާމަށްޓަ ކައި އަގައިގައި ސައްބު ޖަހައިގެން ހުރުންބާވައެވެ. ޢިމްރާނުމެން ތިޔަފަދަ ވާހަ ކަ ދައް ކަން އަމިއްލަނަފްސައް ލަދުވެތި ވާން ޖެހޭނެއެވެ. ވަރަށްސަލާމް.

 10. އެޖެންޑާ 19

  ހާދަ ލަހަކުންނޭ އިމްރާނަށް ތިކަންތަން ތިފެނުނީ އަނެކާ ކިހިނެވީ

 11. ދާނިޝް

  ވަރަށް ރަގަޅު ވާހަކަފުޅެއް. ދުއާކޮށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ވަގުތު. އިރާދުކުރެއްވިއްޔާ މި ދިވެހި ރާއްޖެ އިން މި ވައިރަސް ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވޭނެ...