ރާއްޖެއިން މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ފަދަ މާހައުލެއް އުފެއްދިޖަނަމަ އެކަން އިލެކްޝަން ކޮމިޝަނަށް ގާނޫނުން ދޭ މުހުލަތަށް ފަސް ކުރާނެ ކަަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިގޮތަށް ވިދާޅުވީ، ކޮވިޑް-19 ކަންތައް މަޑު ޖެހެންދެން ކައުންސިލް އިންތިހާބު ލަސް ކުރެވޭކަށް ނެތްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ އެހެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާކޮށް އިއްތިފާގުވެވޭ ގޮތެއްގެ މަތިން ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްފެފައިވާކަން އިއުލާނު ކުރީ ރޭގައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް ގިނަބަޔަކު ދަނީ މީސް މީޑިއާގައި އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރާކަނި

  އިންތިޚާބު ލަސްކޮށްފި ނަމަ ކައުންސިލް ތަކަށް ޤާނޫނީ ހުސްކަމެއް އައުން އެކަށީގެން ނުވޭތޯއެވެ. އަނެއްކޮޅުން އޮތީ ރަމްޟާން މަހެވެ. ކޮންމެހެން ރާއްޖޭގެ ރައްތަކުގައި މިރޯގާ ނުފެތުރެނީސް އިންތިޚާބު ލަސްކުރުމަކީ ގިނަ ބަޔަކަށް ގެއްލުންވާނެކަމެކެވެ. ދަވްލަތަށްވެސް މެއެވެ. ދުޢާއަކީ ﷲ އަޅަމެން މިރޯގާއިން ރައްކާތެރިކުރައްވާ މިލޮވެތި ޤަވްމާއި ރައްޔިތުން މިބަލިން ސަލާމަތްކޮށްދެއްވުމެވެ. އާމީން.

 2. ޚައްގު

  ޥޯޓް ލާންނުދިޔާމަ ވީނުން........

  • ޢަހަރެން

   ޢެބުނާހެން....

 3. ކކކކ

  ޢެބުނާކަހަލަ މާހައުލެއް އުފެދޭނީ މީހެއް ދެމީހެއް މަރުވެގެންތޯއްޗެއް

 4. ޭޢަހަރެން

  ޖީ.ސީ ވެސް ލަސްކޮށްދޭތި އިނގޭ...