މިހާރު ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު، ރޯގައި ޖެހިފައިވާ މީހުން މިދަނޑިވަޅުގައި މިސްކިތަށް ނުދިޔުމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދު މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ، ރޯގާޖެހިފައިވާ މީހަކު މިދަނޑިވަޅުގައި މިސްކިތަށް ނުދިއުމަށް އެދޭ ކަަމަށާއި އަދި އެފަދަ ބޭފުަޅަކު ގޭގައި ނަމާދު ކުރަން އެދޭ ކަމަށެވެ.
"އޭރުން އޭގެ ފުރިހަމަ ސަވާބު އެބޭފުޅަކަށް ލިބޭނެ! އިންޝާﷲ." މިފަދައިންއެވެ.
Roagaa jehifaivaa meehaku midhandi valhu Miskithah nudhaathi! Adhi efadha beyfulhaku geyga namaad kurahvaa! Eyrun eyge enme furihama savaab ebeyfulhakah libeyne insha Allah!
— Ali Zaid (@alizaid1000) March 8, 2020
މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ދެ ކޭސްއެއް ވަނީ ރާއްޖެއިން ވެސް ފެނިފައެވެ.
ކޯވިޑް-19 ގެ އަލާމާތް ތަކުގެ ތެރޭގައި ހިމެނޭ ކަންކަން:
- ކަރުގައި ރިއްސުން
- އަ ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުން
- ހުން އައުން (38 ޑިގްރީ-ސެލްސިއަސް އަށްވުރެ މަތިވުން)
- ކެއްސުން
މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްކަމަށް ވަތީ ކަމާބެހޭ ފަރާތްތަކުން ދަނީ ބަލީގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ލަފާދެއްވަމުންއެވެ.
ކޮވިޑް-19 ގެ އަލާމަތެއް ފެންނަ ނަމަ ލަސްނުކޮށް ހޮޓްލައިން "1676" އަށް ގުޅައި މައުލޫމާތު ސާފުކުރެވޭނެއެވެ.
ރާއްޖޭގަ ހުރި އެއްމެ މޮޅުސިއާސީ ޑަކުޓަރު.......
މީހުން މިސްކިތަށް ނުދާށޭ ނެތް ބުނެފައެއް....
ރޯގާ ޖެހިފަ ހުރި ނަމަ މިސްކިތަށް ނުދިއުމަށް ބުނެފަ އެއޮތީ...
މުޖުތަމައުގެ ރައްކަލަކަށް..
ރޯގާގެ އަލާމާތެއްހުރެގެން އެއީ ކޮންކަހަލަ ރޯގާ އެއް ކަން ޔަގީން ނުވާހިދު އެރޯގާ އެހެން މީހަކަށް ޖެހިދާނެ ކަމުގެ ބިރަށްޓަކައި ގޭގައި ނަމާދު ކުރާމީހާއަށް ކާކަށް ބާ އެގޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުމައާއި ސަވާބު ޖަމާއަތުގަ ކުރާ ނަމާދަށް ވުރެ ގިނަ ނުވާނެކަން.. ﷲ އެއްމެ އޯގާވަންތަ ރަސްކަލާނގެކަން މި ކަހަލަ ވަގުތު ތަކުގައި ވަކިން ހާއްސަ ކޮށް ހަދާން ބެހެއްޓުން ރަގަނޅު..،
އަދި ﷲ ވަކީލް ކޮށް ސަބަބުތަކުގަ ހިފުމަކީ އެއްމެ މޮޅުގޮތް..
ޒާތީ ވިޔަސް ތިއީ ބޮޑު ވަރު....
މިހާރު ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު، ރޯގައި ޖެހިފައިވާ މީހުން މިދަނޑިވަޅުގައި މިސްކިތަށް ނުދިޔުމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
******************
މުސްކުޅިންނާއި ކުޑަކުދިންނަކީ ބަލިފަތުރާ ޖަރާސީމުތަކެއްފަދަ ބަޔަކީތޯ އެވެ؟
މީ ކޮންކަހަލް ފަތުވާއެއްތޯ؟؟؟؟
މީ ކޮންކަހަލް ޝޭޙުންނެއްބާ އެވެ؟؟؟.
ބޭފުޅާ އަށް ޔަގީންކަން އެބައޮތްތޯ ގައިން ގައިން ފަސޭހައިން އަރާ ބައްޔެއް ފެތުރޭ އިރުގަ ރޯގާ ޖެހިފަ ތިބޭ މީހުން މިސްކިތަށް ގޮސްގެން ބަލި އެހެން މީހަކަށް ނުޖެހޭނެކަން..
އިސްލާމްދީނަކީ އެއްމެ ލުއިފަސޭހަ ގޮތް... ނަމާދަކީ ހަމައެކަނި މިސްކިތުގަ ކުރަން އޮތް އަޅުކަމެއް ނޫން.... އެހެން ނޫނަސް ޝެއިޙް ވިދާޅުވެފަ އެއޮތީ ރޯގާ ޖެހިފަ ހުރި މީހުން މިސްކިތަށް ނުދިއުމަށް.. ނަމާދު ނުކުރާށޭ ނޫން...
މާބަނޑު މީހުން ކިރުމައިން ރޯދައިގެ ސަބަބުން ދަރިފުޅުގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުހީވެއްޖެ ނަމަ ރޯދަ ދޫކޮށް ލުމުގެ އިޙްތިޔާރު އެބައޮތް.. އަދި ފަހުން ރޯދަ ގަޟާ ކުރަން ޖެހޭ....
މީހުންގެ މެދުގަ ނަފްރަތު އުފެއްދަން ނޫޅޭ
މިހާރު ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު، ރޯގައި ޖެހިފައިވާ މީހުން މިދަނޑިވަޅުގައި މިސްކިތަށް ނުދިޔުމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
************************
ދެން މިސްކިތް ތަކަށްގޮސް ނަމާދު ކުރަނީ ކޮންބައެއްތޯ އެވެ؟.
މިސްކިތް ތަކުގެ ފުރަތަމަ ސަފު ފުރާލަނީ މުސްކުޅިން ނާއި
ޢުމުރުން ދުވަސްވީ މީހުންނެވެ.
ދެން ފަހަތު ސަފުތަކުގައި ގިނައިން ތިބެނީ ކުޑަކުދީންނެވެ.
ތި ޝޭޚުންތަށް ތިބެނީ ފަތިސްވަގުތު ގޭގައި ނިދާފައެވެ.
އެނޫން ވަގުތުތަކުގައި އުޅުއްވަނީ ނަމާދު ކުރައްވާނެ ވަގުތި ނެތި ބިޒީކޮށްނެވެ.
ޢެކަމަކު ތިގޮވާލަނީ އެސަފެއްގައި ތިއްބަވާ ބޭފުޅުންނަށް މަލާއިކަތް ބޭފުޅުން ދުޢާކުރަށްވާ ސަފު ފުރަތަމަ (ސަފު)ފުރާލަ މުސްކުޅިންނާއި ޢުމުރުން ދުވަސްވީ ބޭފުޅުން މިސްކިތަށް ނުދިއުމަށެވެ.
ތިޝޭޙުން ނަށް ނުދެވޭތާ އެހެން މީހުންވެސް ނުދިއުމަށް ތިިގޮވާލަނީ!!!!
ކޮން އިރަކުތޯ ޝެއިޙް ވިދާޅުވެފަ އޮތީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތަށް ނުދާށޭ........
ޔާމީން ގޯހޭ ބުނި ހިސާބުން ވަރަށް ޒާތީވެފަ ހުރިހެން ހީވޭ....
ކިތަންމެ ނުުރުހޭ މީހެއް ރަގަނޅު ވާހަކައެއް ބުނެފިއްޔާ ޖެހޭނެ ގަބޫލް ކުރަން...
ޒައިދު މެންވެސްދޯ. ކުރިން ބައިން ޙަދީޘަށް ޢަމަލު ކުރަން ސޯލިޙް ރައީސަށް އެންގިނަމަ.
ލާދީނީ ނަޝީދަށާއި.ގަދަބަސް ބުނާއިރު ޝޭޚުން ސޭކުންނަށް ވެގެން އަނގައިންވެސް ނުބުނެ ތި ބޭތީ މާކަރަނގަޅެއްނޫން. ރާއްޖޭއެއް ނުހުއްޓުވޭނެއޭ ދުނިޔެއެއް ނުހުއްޓުވޭނެއޭ މިކަލަ ރީތިލަވަތައް ނަޝީދު ކީމާއަޑައަހަން މިތިބޮނޫ
ކޮމެންޓްތައް ކިޔާލާފަ ވަރަށް ހިތަށްް އަސަރު ކޮށްފި...ގައުމުގެ އާންމު ހާލަތުު މި ފެންނަނީ....
އޭ އިލްމުގެ ވާރުތަ ވެރިންނޭ...ތިހެންދެން ނުތިބޭށެވެ...މިކަމުގައި ވެސް ދަލީލު ތައް ގެނެސް އެ ސިކުނޑިތައް ތަހުޒީބު ކޮށްދޭށެވެ...ވިސްނުން ހަނި އެ ސިނކުޑި ތަކުގައި އިލްމުގެ މިންވަރު މަދުކަމުގެ ހެކި މިހިރަގެން ހާމަވަނީ އެވެ...ވަކި ބަޔަކަށް އަމާޒުކޮށް ހަމަލާ ބަދަލު ކުރުން ހުއަޓާލާށެވެ...
ބަލި ފަސޭހައިން ޖެހި ފެތުރެނީ އަދި އޭގެ އަސަރުބޮޑަށް ކުރަނީ ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ކަމަށްވާ ނަމަ ނަމާދުގެ ޖަމާއަތަށްވެސް އަދި އެހެން ބައިބޯ ތަންތަނަށްވެސް ނުދިއުން އެއީ ބުއްދިވެރި ގޮތެވެ...އެއީ ޖަމާއަތުން މީސަތަކުން ދުރުކުރުމެއް ނޫނެވެ...އެއީ މާދަމާ ދުޅަހެޔޮ ޖަމާއަތެއް ހަދައި ނަމާދު ކުރުމަށް މިއަދު ތައްޔާރު ވުމެވެ...
މީނަވެސް ލާދީނީވެ ނިމިއްޖެ. އަގީދާ ބަލިކަށިވެއްޖެ. އެހެންވީމަތާ ޔޫރަޕްމީހުންގެ ލަފަޔާ އިރުޝާދަށް ބޯލެނބީ؟ ބަލި ޖައްސަވާ ފަރާތް ވެސް ހަނދާނުން ފިލައިފި.
ކަލޭތީ ލާދީނީ ތައްގަނޑު ޖަހަން ހުރި މީހެއްތަ؟
އެހެންޏާ މިދުވަސް ކޮޅު އުމުރާ ބަންދުކުރީ ވެސް ސައުދީ ސަރުކާރުން ލާދީނީ ވެގެންތޯ
އިސްލާމްދީނަކީ އެއްމެ މޮޅުގޮތް
ޢެއްމެ ލުއި ފަސޭހަ ގޮތް