މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓައި، އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް އެ ބޭންކަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ސޮއިކޮށް، އެ އަމުރު ނެރެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ އަމުރުގައިވަނީ އެ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 1 ވަނަ ވަނަ ދުވަހާއި ހަމައަށް އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގެ ފައިސާގެ މުއާމަލާތް ކުރުން ހުއްޓުވައި ދިނުމަށެވެ. ކޯޓުން ނެރުނު އަމުރުގައި ބުނީ ރައީސް ޔާމީންގެ އެކައުންޓަށް ތިން މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރަކީ މަނީ ލޯންޑާ ކޮށްގެން ހޯދާފައި ފައިސާ ކަމަށެވެ. އަދި އެ ފައިސާއަކީ މަނީ ލޯންޑާ ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝަރީއަތަށް ވެސް ސާބިތުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ބުނީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރަކީ ވ. އަތޮޅުގެ އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ނަގައިގެން ލޯންޑާ ކޮށްފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރުމުގައި ހިނގާދިޔަ މުއާމަލާތްތަކުގައިވެސް ރިޝްވަތުގެ ގޮތުގައި އެއް 1.1 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި އެ ފައިސާވެސް އޭގައި ހިމެނޭ ކަމަށް އަމުރުގައިވެއެވެ.

އެ އަމުރުގައި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ތިން މިލިއަން ޑޮލަރުގެ ތެރެއިން މަނީ ލޯންޑާ ކޮށްގެން ހޯދި ފައިސާއަށްފަހު ބާކީ ހުރި ފައިސާއަކީ ވެސް އެކި ކުށް ކޮށްގެން އެމަނިކުފާނު ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭގެތެރެއިން 1 މިިލިއަން ޑޮލަރުގެ ފައިސާ ޝަރީއަތަށް ސާބިތުވިއިރު 2.1 މިލިއަން ރުފިޔާ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އަމުރުގައިވެއެވެ.

ކޯޓުން އެ އަމުރު ނެރެފައިވާއިރު އެ އަމުރު ނެރެދިނުމަށް ފުލުހުން އެދިފައިވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އެ ފައިސާއިން މާލީ މަންފާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލުމަށްފަހުއެވެ.

ރައީސް ޔާމީން މިއަދުވެސް ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގިއެވެ. ނަމަވެސް ފަހުން އެކަން ވަނީ ކެންސަލްކޮށްފައެވެ. ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ކުރި އެ ހުކުމް ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގެ ޝަރީއަތްތައް ހައިކޯޓުގައި ދަނީ ކުރިޔަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Anonymous

    ދުނިޔެ ނިމުން ގާތްވެއްޖެ، މާތްﷲއަށް ބިރުވެތިވޭ،

    91
    2
    • ލޮލް

      ޤިޔާމަތުގެ އަލާމާތެއްނޫން ވަގެއްގެ ލާރި ދައުލަތަށް ނެގުން. ބޮޑުވަރު ތީ.

      27
      16
      • ށަހިންދާއިބުރޭ

        ގިޔާމަތުގެ އަލާމާތެއް މީ. މީހުން ނާ ދިމާލަށް ވަގަށް ގޮވުން ވެސް. ކަލޭ އަހަރެމެންް ނަށް ދީން ކިޔަވަދޭނެ ކަމެއް ނެތް

  2. ޤަޟާޤަދަރަށްއީމާންނުވާނަޝީދު

    މިއީ ކޮންމެ އިންތިޚާބަ ކާ ދިމާ ކޮށް އިއްތިފާގުން
    ވާ ކަމެއް؟ ޒީރޯޓޮލަރެންސް!! ކޮބާތޯ އިޙްލާސްތެރި... ކަން؟؟
    ކ

    107
    112
    • އަލީ ރަސީދު

      ތިބެގެން ހަމަ ހަދާނެނަހަދާނެ ގޮތެއްނެތިގެން ތެޅިފޮޅެނީ

      60
      69
  3. ނަޝީދު

    މިއީ ކޮންމެ އިންތިޚާބަ ކާ ދިމާ ކޮށް އިއްތިފާގުން
    ވާ ކަމެއް؟ ޒީރޯޓޮލަރެންސް!! ކޮބާތޯ އިޙްލާސްތެރި... ކަން؟؟
    ކ

    83
    4
  4. Anonymous

    މިސަރުކާރު ނޭވާ ހޮޅިއަށް އެޅި ނިމިއްޖެ.

    99
    7
  5. ލަބީބު

    2019 ވަނަ އަހަރުގެ ބަޖެޓުން 32 ބިލިޔަން ރުފިޔާ ކައިލިގޮތަށް ކަލޭމެން ޔާމީންވެސް ކާލަންވީނު؟ ހަނދާންކުރަންވީ ކަމަކީ މިދުވަސްވެސް ދަނޭކަމާއި ތިމާމެން މިއަދު ބާރުއޮތީތީ ކުރާ ކަންތައް ތިމާމެންނަވެސް ކުރިމަތިވާނޭކަމެވެ. އަދި މާތްﷲއީ އަޅުތަކުންގެ ޢަމަލުތަކުގެމައްޗަށް ޣާފިލުވެވޮޑިގެންވާ ކަލެއް ނޫންކަމެވެ. އަދި އެކަލާންގެއީ ހިތްޕެވުން ގަދަފަދަ ވެވޮޑިގެންވާ ރަސްކަލާންގެ ކަމެވެ.

    105
    5
    • ލޮލް

      ހަމަ އެކަލާންގެ އިރާދަ ފުޅުންނޭ އިނގޭތޯ ޔާންޓޭ ޖަލަށް ވަނީވެސް..ފަޅާއެރީވެސް....ޖަމާރު އިންސާނާ

      113
      16
  6. ލުޓޭރުންގެ ސަރުކާރު

    ކައުންސިލް އިންތިހާބަށް ދަތި ކޮއްލަނީ....ރޔާމީނަށް ވަޒީފާއަދާ ކުރުމުން ލިބުނު މުސާރަވެސް ކުއް ކޮއްގެންހޯދި ފައިސާއަށްވީތަ..މމޕރސގެ ހުރިހާ ވަގުން ލާރި ކައިގެންތިބެ ވެރި ކަމުގަތިބެގެން ކުށެނެތް މީހެއްގެ ދުވަސްދުއްވާލަނީ....އިންޑިޔާ ރުއްސަށް...ރޔާމީން އުލުބޭންދިޔަސް މޑޕއަ ކަށް އިބުރާހިމަ ކަށް އައްނިޔަ ކަށް މިއަދު ރައްޔިތުންގެ ރުހުމެ ލޯތްބެނެތް...އަދި ރޔާމީންގެންވި ތަރައްގީއާ ގާތް ކުރާވަރުގެ މަޝްރޫއެއްވެސް ނުގެނެވޭނެ..ގުޅިފަޅު ބްރިޖްއަޅަން އެއްޗެއްގަ ސޮއި ކުރިޔަސް އެ ކަމެނުވާނެ.އެއީ ބަދަލުދޭން ޖަހާ މުނޑިއެއް...

    92
    5
  7. ހހހހ

    ސަރުކާރުން ފައިސާ ހުސްވާތީ އާއްމުން ލޫޓުވަނީ. އޭގެ އަނެއްބޮޅު ސްޓިކަރޖަހައިގެން ރައްޔިތުން ފެލުމަކީ.

    102
    4
  8. Anonymous

    ބަޖެޓް ހުސްވީތޯ؟ މީހުންގެ އެ ކައުންޓް ތައްވެސް ދިރުވާލާ!!

    104
    3
  9. ހުސޭނުބޭ

    ބުއްޅަބޭ އިހަކަށްދުވަހު ޓީއެމްއޭ އިން 13 މިލިއަން ޑޮލަރު ކައްވާލި! އަޅެ ކޮބައި ބުއްޅަބޭގެ އެކައުންޓް ފްރީޒްކޮށްބަލަ!

    78
    3
  10. މިއަދު

    އެކައުންޓްތަކަށް ފައިސާޖަވިހަމައެކަނިގޮތެއްނޫން ގެދޮރުއެޅިފަހުރިގޮތްވެސް ބެލޭނެ ތިފެށި ސަފްހާ ވ ހިނގާނެ ކޮންމެސަރުކާރެއް ބަދަލުވިއަސް ކުޅޭނީ ހަމަތިކުޅި ކެންޕެއިނަށް ޚަރަދުކުރަން ފައިސާހޯދާގޮތް ނުބެލެނީކީއްވެބާ

    49
    32
  11. ޭއެދުވަސް

    ޔާމީނުގެ ސަޕޯރޓަރުންވެސް ހާދަ ހެއްވައޭ...ޔާމީން އަތުގަ ކޮން މިލިއަން ޑުލަރުތަކެއް ހުންނަން ޖެހެނީ؟ އޭނަޔަކީ ސަރުކާރުގައި ވަޒީފާ އަދާކުރުން ނޫން އާމްދަނީ ލިބޭނެ އެހެން އެއްވެސް މަސައްކަތެއް ކުރި މީހެއްނޫން.. ސަރުކާރުން އޭނަގެ މުސާރަޔަށް ކޮންމެ މަހަކު މިލިއަނެއްތޯ ދިނީ؟ ތިކުދިންވެސް ނިކަން ރަނގަޅަށް ވިސްނާލަބަލަ...

    109
    83
    • ވަތުބަތާނަ

      ތިގޮތްދޯ އައްނިގެ ސަޕޯޓަރުންވެސް. ބޮޑު މުޖިރިމެ މަޖުލިހައްވައްދައިގެން ތިއުޅެނީ..ދެން ރައީސް ކަމުގަވެސް އެހުރީ ތިޔަބުނާ ފައިސާނެގި ވަގެ ކޭ ކިޔަނީ މަޖުލިހުގަ ޖާބިރު..

      74
      2
    • ކޮމެންޓްކުރާމީހާ

      އޭބަލަ މިހިރަމީހާޔާ މައުމޫނުގެ އެހެރަދިގުވެރިކަމުގައި ކިތައްކިތައް މަޤާމުކަން އިނގޭތަ ޔާމީނުފުރީ އެހެންވީމާ ޔާމީނުއަތުގައި ފައިސާނުހުރެދާނެގޮތެއް ނެތެންނޫންތޯ

      14
      1
    • ޤާދިރު

      ކަލެއަށް ނޭގުނަސް އިބޫއަށް އެނގޭނެ އެއީ ކޮން ފައިސާއެއްކަން އިބޫއަތުގަ ވެސް ހުންނާނެ ހަމަ އެއަދަދަށް ފައިސާ އެއީ ރައީސްކަމަށްއައުމުން ވަކި ފަރާތހަކުން ހަދިޔާ ކުރާ ފައިސާއެއް

  12. ކަނަމަނަ

    ޢަތުވެދާނެކޯފާއަކައްވެސް ބިރުގަތުމެއްނެތި ހިތުހުރިހާގޮތަކައް ސަރުކާރުންބުނެގެން އަމުރުނެރެނީ މަގާމުގެ ދަހިވެތިކަމުގައި

    68
    2
  13. Anonymous

    މިއޮއްފަދަ ބަލިމަޑުކަން ފެތުރޭ އިރުވެސް ރ. ޔާމީން ފަހާ ދުވުމުގައި. ފުކެއް ބޮޑުވަރު

    81
    3
    • އަލީ ރަސީދު

      ބަލަ ބުއްޅަބޭ ބޭނުން ގޮތަކަށް ވާނީ އޮށްޓަރުތިބި ލީޑަރުން ޖަލުގަބާތިއްބާގެންނޫންތޯ. އެކަމަކު ބުނީއަކީސިޔާސީމީހަކު ޖަލުގަ ނުހުންނާނެއޭ

      44
      2
  14. ދައުލަތް

    ބިރުން އަވަހަށް ކައުންސިލް އިންތިހާބުގެ ކުރިން މަކަރުވެރިކަމުން ކޯޓުތަކުން ހަރާން އަމުރު ނެރެގެން ލާރިތަށް ކަޅާކުރަނީ ގޮތްކުޑަ އަގަލުކުޑަ ސަރުކާރު

    66
    2
    • ލޮލް

      އަގަލު ބޮޑުކަމުން ޖަލުގަވެސް އެ އުޅެނީ..ތަޤުވާވެރިކަން ބޮޑުކަމުން..ބަލާއެއް

      10
      3
  15. ހޯރަ ބޭ

    ސާބަހޭ

    5
    31
  16. ކޮމެންޓްކުރާމީހާ

    ސަރުކާރަށް އާމްދަނީ ހޯދަން ތީވެސް ގޮތެއް މި ދުވަސްވެސް ދެން ނިމިދާނެ

    50
    1
  17. ހެއްވާ

    ބަލަ ތިޕާޓީގެ ޕީޖީލީޑަރެއްނުބުނީ ސަރުކާރުން މިހާރު އެންމެ މޮޅައްކުރާ ވައްކަމަކީ ބަދަލުދިނުމުގެ ނަމުގަކުރާ ވައްކަމޭ މީއަހަރެމެން ކިޔާއެއްޗެއްނޫން ތިޕާޓީގެ އިސްސަފުންކިޔާއެއްޗެހި އެހެންވީމާ އެބައެނގޭނު ކޮންބައެއްގެ ސަޕޯޓަރުންނެއްކައް ހެއްވަނީ

    45
    1
  18. އަހުމަދު

    ކޮންކަހަލަ އިންސާފެއް ގެންގުޅޭ ބައެއްތަ މީ ވެރިކަން ތިކުރަނީ ރައްޔިތުން ފެލއައިގެން

    14
  19. އައްޑޫ މީހާ

    މިއީ ހާދަ ހެޔޮ ރަނގަޅު ސަރުކާރެކޭ! ބަލަ އިބިރިހިމާ ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތީމަ ޔާމީނުގެ އެކައުންޓުންތަ ފައިސާ ނަގަންވީ؟ ހެހެހެ ކޮންމެ ރައްޔިތަކުވެސް ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ވާކަން މިއެނގެނީ! ބަލަ ޔާމީނަކީވެސް ދިވެހިރާއްޖޭގެ ރައްޔިތެކޭ ގައުމު ހިންގަން ނޭގުނީމަ ތިކަހަލަ ބޭކާރު ކަންތައް ނުކޮށް ދުރަށް ޖެހިލީމަ ރަނގަޅުވާނެ ، މިހާރު ރާއްޖެއަށް ކޮވިޑް 19 ކަންތައް ޖެހުނީމަ އެމް.ޑީ ޕީ އިން އެކަން ރައްތިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ފޯކަސް ކުރުވަން ޔާމީނު ކޮންޑަށް ލައިގެން ތެޅެނީ ކޯފާއާއި ބަލި ބަލާތައް އަންނާނީ އެބަޔަކަށް އުޅެވޭ ގޮތަކުން ނުހައްގު ހުކުމް ކުރުމާއި ރައްޔިތުންނަށް ނުހައްގު އަދަބު ދޭން ފެށުމުން ދިމާވާނެ ކަންތައް މިދުނިޔެއިން މިފެންނަނީ އަދި ވެސް އިސްލާހު ވާކަން ނުވޭތަ؟

  20. ދޮންބެ

    ޔާމީނު ވިދާޅުނުވޭތޯ ތިމަންނަ ގެއަށް ފައިސާ ވެއްދިވާހަކަ. އެއީ ހަލާލު ފައިސާއެއް ނޫނޭ. އަދި ފައިސާ ގެންދިޔަ މީހުން ނުބުނޭތޯ ފައިސާ ޔާމީނު ގެއަށް ގެންދިޔަ ވާހަކަ. ގެންދިޔަ ފައިސާ މަދުވެގެން ޝަކުވާ ކުރިވާހަކަ.
    ތާއީދުކުރިޔަސް ނުކުރިޔަސް އަމިއްލަ ނަފުސަށް ތެދުވެރި ވާނަމަ ހަޤީގަތް ގަބޫލުކޮށްބަލަ.

    12
  21. ލޮލް

    އެއީ އާއްމެއް ނޫން..އެއީ ދައުލަތުުން 1.4 ބިލިޔަން ދަވާލި ވެގެއް...ހަޖަމް ނުވިޔަސް ގަބޫލް ނުކުރިޔަސް ވަގުންވާނީ ވަގުންނަށް....ގާނޫން ހަމަކުރާނެ ބައެއް ވަގުންނާ..ދެންތިބި ވަގުން ނަޝީދުމެނާވެސް ހަމަކުރާނެ

  22. ބޫ

    ވަގުންގެ ފޮށި ބާރަށް ބަންނަ އުސޫލުން މިކަން މިދަނީ، މަނުބުނާނަން ތިއީ ވަގުންނޭ އެކަމަކު އެގި ހާމަވަމުން އެބަދޭ، މިނޫން ދުވަހެއްވެސް އަންނާނެކަން ދަނެގެން އުޅުން ބުއްދިވެރި

    19
    2