މިހާރު ރާއްޖެއިންވެެސް ފެނިފައިވާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ރާއްޖެއަށް ފަތުރުވެރިން އައުން މަނާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކީ ވަހީދު، ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމް ސިނާއަތަށް ލޮޅުމެއް އައި ނަމަވެސް ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށެވެ.

އަދި ރާއްޖެ އަށް ފަތުރުވެރިން ނާންނަ ގޮތަށް ބަންދު ނުކުރެވޭނެ ކަމަށާ، ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބަރޯސާވަނީ އެ ސިނާއަތަށް ކަން މިނިސްޓަ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މީގެ ތިން ދުވަސް ކުރިން ސަސްޕެކްޓެއް ކަމަށް ބެލީ ޗިލީގެ މިހެއް. އޭރު ޗިލީގައި ކޮވިޑް 19 ނުވެސް ނެތް. އެހެންވީމަ އަންނާނީ ކޮން ޤައުމެއް އަޅުގަނޑުމެން އެއްވެސް މީހަކަށް ކަށަވަރެއް ނުވާނެ. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ދިވެހި ދައުލަތަކަށް ދިވެހި ސަރުކާރަކަށް ރާއްޖޭގެ އެއާޕޯޓްތައް ބަންދުކޮށް، ހުރިހާ އެންމެން ގެއަށް ވަދެ އަޅުގަނޑުމެންނަށް ރަޖައެއް ނުލެވޭނެއޭ." އަލީ ވަހީދު ވިދާޅުވިއެވެ.

ޓްވަރިޒަމް މިނިސްޓްރީީ އިން ކޮވިޑް 19 އާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިނިސްޓަރު ވިދާޅުވީ، ވައިރަސް ފެތުރެން ފެށި ފަށުން ކެންސަލް ކުރި ބުކިންތަކުގެ އަދަދު 125،827އަށް އަރާ ކަމަށާއި، އަލަށް 307،223 ބުކިން ހައްދާފައިވާކަމަށެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.9 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެގެ އިގްތިސާދަށް އަންނާނެ ލޮޅުމަކަށް ތައްޔާރުވެ ދިރާސާވެސް ކުރަމުންދާ ކަމަށާ ބައެއް ވިޔަފާރިތަކަށް ލުއި ދިނުމަށް މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެެ. އަދި އެ މަސައްކަތް ކުރުމަށް އެމްއެމްއޭ އާއި ބީއެމްއެލް އާއި މަޝްވަރާކޮށްް، ސަރުކާރާއި ބޭންކިން ނިޒާމުގެ ތެރެއިން ދެވޭނެ ލުއިތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހީނަރުވިޔަ ނުދިނުމަށް، ކޮވިޑް 19 ނުފެންނަ ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރާ ކަމަށާއި، އެގޮތުން ޓާގެޓް ކުރާނެ ގައުމުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދިދަ ދަނޑި

    ތި ކިޔާ އެެއްޗެއް އިރާދަޔާ ލައިގެން ކިޔާބަލަ..

    96
  2. އަލިބެ

    ލޮކް ޑައުން ކުރާނެ ކަމެއް ނެތް މިރޭވެސް އަންހެނުން ގެ ދުވަސް ފާހަގަ ކުރަން އެމްޓީސީސީ ޓަވަރު މަތީގަ ޑީޖޭ އެބައޮތް 09:00 ގައި ދެން މީ ފުކެއް ބޮޑުވަރު ބިރެއްނެތި މަޖާކުރުމުގައި

    87
    • ހުސޭނުބޭ

      އަންހެނަކަށް ވަނީ ޖީޖޭއާއި ހެއްދެވިހައި އެއްޗެއް ޖައްސަން އެގެންޏާ! ލޮލް!

      54
      2
  3. Anonymous

    ރާއްޖެ މީހުން މަރުވިޔަސް ކަލޭމެން އެއްވެސް ކަމެއް ނުކުރާނެކަން އެނގޭ މާކުރިންވެސް. އެޖެންޑާ 19 މިއުޓޭޓްވީ ކޮވިޑް 19 އައް. ލާދީނީ މުރުތައްދު ބައިގަނޑު

    77
    2
  4. ބީރުބޮލުވަޒީރު

    ސިނގިރޭޓު ނުބޯ މީހުންނަށްވެސް ކެންސަރު ޖެހޭ! އޭގެ މާނޭކީ ކެންސަރު ޖެހިދާނެތީ ސިނގިރޭޓު ބުއިމުން ދުރުވުމަށް ޑޮކްޓަރުން ދޭ ނަސޭހަތަށް ޖޯކު ޖަހަންވީއޭތާ؟؟ މަޖިލިސް ބޮޑުވަޒީރުއާ އަލީ ވަހީދުމެންގެ ވިސްނުން ހުންނަ ގޮތް ތިހިރީ!

    67
  5. ޑީޑީ

    ހެޔޮނުވާނެ ތިހާ ގަދަ ބަސް ބުނަން.

    82
  6. އުގޭލު

    މިނިސްޓަރް އެބަޖެހޭ ސްޓެޓިސްޓިކްސް އެންޑް ޕްރޮބެބިލިޓީ ކިޔަވަން!! ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ވައިރަސް އައުމުގެ ފުރުސަތު ބޮޑުވާނެ! އެހެންވީމާ އެބަލިފެނިފަވާ 100 ގައުމު ހަމަހަމައެއް ނުކުރެވޭނެ! ނުރައްކާ ބޮޑުވާ ގައުމުތަކާމެދު ފިޔަވަޅުވެސް ވަރުގަދަ ކުރަންޖެހޭ! އަދި މިކަމަށް ޖޯކުޖެހުން ހުއްޓާލަންޖެހޭ!

    62
  7. މުގައްދަރު

    ބަލަ ޗައިނާގަވެސް ވަގުތުން ފިޔަވަޅުއަޅާ ކަރަންޓީން ކުރީ މާމީހުން ގިނަވާނެ މާބޮޑައް ގެއްލުންވެސް ވާނެ ލާރީބަ ބޫތްކެއީމަ ރައްޔިތަކީއްކުރަންތޯ ޙުދުތިމާމީހާގެ ރައްކަލައްވެސް ނުބަލާ މިހިރީ މިމީހުންގެ އީމާންތެރިކަން ހުރިވަރު ބަލަ މުސްލިމުންނަކީ މާތް ﷲ އައް ވަކީލްކުރާބަޔެއް ނަންވެސް ބަދަލް ކުރަންވީނުންތޯ އަލިބެޓައް ގައުމީ ލޯއްބެއް ހުންނާނީ ޙުދްއަމިއްލަ އަނބިދަރިންދެކެވެސް ލޯބިވާބަޔަކައް މިގައުމުގައޮއް ސިޕިންގް ލައިނުވެސް ދުއްވާލީ ގަސްދުގަ ބަޔަކު ދެން ރަންބިސް އަޅާދޫންޏޭ ކިޔާލަ ކިޔާލަ ތިބެންވީތޯ ރައްޔަތުން ހަލާކް ވާއިރުވެސް

    39
  8. ޖަޑު ހައްވަ

    މަނިކުފާނައް ތި ހުންނެވީ ކޮރޯނާ ޖެހިފަތޯ... މަނިކުފާނުވެސް ކަރަންޓީނުކޮށް ޓެސްޓު ކުރަންވީ...

    34
  9. ާއަހުމަދު

    މިލިއަނުން ޑޮލަރު ތިބިމީހުން ބަގުރޫޓުނުވެދާނެ

    35
  10. ރަޖާގަނޑު

    ކަލޭމެނަށް ތި ރަޖާ ގަނޑަ ކުން ސަލާމަތެއް ނުވެވުނުދޯ.

    36
  11. އެމަންޖެ

    ކަލޯ ހުރިހާ ރިސޯޓެއްފުރާ ގެސްޓުން އަޅައިގެން ލާރި ކައިބަލަ އެކަމަކު ތިޔަ އެއްވެސް ރިސޯޓެއްގެ މީހަކަށް ރާއްޖޭގެ އިތުރު ރަށަކަށް އެރިގެން ނުވާނެ.

    13
  12. ސަލާމްބެ

    ކަލޯމެން ވަޒީ ރުންގެ މަގާމްުގަ ތިޔަތިބީ ތިމާމެންގެ ދީނާ ދުނިޔެ އެއީކޯންޗެއްކަން ނޭންގި. ކުޑަމިނުން ﷲގެ އި ރާދަފުޅާ ލައިގެން ބަސްބުނަންވެސް ނޭންގޭ. މާގަދަވެލާފަ ތިމާދޫހެލޭތީ ދައްކާކޮންމެވާހަކަ އަކީ ތިމާގެ މޮޅުކަން ކަމުގާ ތިޔަހީކު ރެވޭ ހީކު ރުން ބަދަލުވާން ފަޅިސިކުންތެއްވެސް ނުނަގާނެ. ތިޔަކަހަލަ ދެއުޅިއެއްނުވާ ރައްބީއެއް ރަސޫލެއް ނުދަންނަ ޖާހިލުން ހެސަބަބުން ނުވާންހުރިކަންކަންވެސް ވެފައޮންނާނީ. މިއީބުނާހިތްނުވިޔަސް ވަކިހިސާބަކުން އަހަ ރެމެން މުސްލިމުންނައްވިތީ ނުބުނެ ދޫކޮށްލެވޭވަ ރު ވާހަކައެއްނޫން. ﷲސވ ގެއި ރާދަފުޅާ ނުލާ ގަދަބަސް ބުނުން ދޫކޮށް އިސްލާހުވުމައް ނަސޭހަތްތެ ރިވެ ވަސިއްޔަތްކު ރަން.

    13
  13. ސަލާމްބެ

    ކަލޯމެން ވަޒީ ރުންގެ މަގާމްުގަ ތިޔަތިބީ ތިމާމެންގެ ދީނާ ދުނިޔެ އެއީކޯންޗެއްކަން ނޭންގި. ކުޑަމިނުން ﷲގެ އި ރާދަފުޅާ ލައިގެން ބަސްބުނަންވެސް ނޭންގޭ. މާގަދަވެލާފަ ތިމާދޫހެލޭތީ ދައްކާކޮންމެވާހަކަ އަކީ ތިމާގެ މޮޅުކަން ކަމުގާ ތިޔަހީކު ރެވޭ ހީކު ރުން ބަދަލުވާން ފަޅިސިކުންތެއްވެސް ނުނަގާނެ. ތިޔަކަހަލަ ދެއުޅިއެއްނުވާ ރައްބީއެއް ރަސޫލެއް ނުދަންނަ ޖާހިލުން ހެސަބަބުން ނުވާންހުރިކަންކަންވެސް ވެފައޮންނާނީ. މިއީބުނާހިތްނުވިޔަސް ވަކިހިސާބަކުން އަހަ ރެމެން މުސްލިމުންނައްވިތީ ނުބުނެ ދޫކޮށްލެވޭވަ ރު ވާހަކައެއްނޫން. ﷲސވ ގެއި ރާދަފުޅާ ނުލާ ގަދަބަސް ބުނުން ދޫކޮށް އިސްލާހުވުމައް ނަސޭހަތްތެ ރިވެ ވަސިއްޔަތްކު ރަން. މީހާ އަދިކިތަންމެ ބޮޑުވެފަ ވަރުގަދަވިޔަސް ﷲއާއި އެކަލާންގެ ރަސްކަންފުޅައް ވު ރެ އިންސާނާ ވަ ރުގަދަ ނުވާނެކަން ހަނދާންކޮށްދެން.

    10
  14. ލަބީބު

    ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ދުނިޔޭތެރޭގައި އާދޭސްކުރަމުން ދުއްވީ ޔާމީނަށް ކެހިދިނުމަށެވެ. މާތްﷲ ތިޔަބައިމީހުންގެ އަތްމައްޗަށް އެކަން މިންވަރުކުރެއްވިގޮތް ނިކަން ދެކިބަލާށެވެ! މީހަކު ކުރި ކަމަކާނުލައި ޓޫރިޒަމް މިއޮއްގެން ހަނާވަނީއެވެ. ލޯނުގެ ބަދުނާމު ޔާމީންގެ ބޮލުގައި އަޅުވާ ފަޟީޙަތްކުރީ ޔާމީން ނިކަމެތިކުރުމަށެވެ. މާތްﷲ ތިޔަބައމީހުންގެ އަތްމައްޗަށް އެކަން މިންވަރުކުރެއްވިގޮތް ނިކަން ދެކިބަލާށެވެ. 28 ބިލިޔަންުގައި ހުރި ދަރަނި މިއަދު 76 ބިލިޔަނަށް އަރައިގެން ދިޔައީއެވެ. ޢިބްރަތް ޙާޞިލްކޮށް ތައުބާވާށެވެ.

  15. ޝިމްލާ

    ގަދަބަސް ނުބުނާށެވެ! މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ "ވާށެވެ" މިގޮތަށް ވަޙީކުރައްވައެވެ. ދެން ހަމަ އެހިނދުން އެކަމެއް ވެދެއެވެ.