ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19އާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް މީޑިއާ ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު ޚަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލުމާތު އާއްމުކުރުމުގައި ސައްޙަ ތެދު މައުލޫމާތު ގެނެސްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މި ވައިރަހާ ގުޅޭގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

އަދި ސިއްހީ މައުލުމާތު ޙަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަޤްވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިޢުކޮށްފައިވާ މައުލޫމާ ތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ މީޑިއާތަކުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޢަމަލުކުރަމުންދާގޮތް މި ކައުންސިލުން ވިލަރެސް ކުރަމުންދާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

"މީޑިއާތަކުގައި ޝާއިޢުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޙާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން މި ކައުންސިލުން އެމީޑިއާއަކާ މުއާމަލާތުކުރާނެކަމަށާއި މި ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަން". އެ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަޑިސީލަ ކުރިޔަށް

    ކޮބާތަ ސައްހަ ތެދަ ކީ...ސަރު ކާރުން ބުނާ ގޮތަ ކީ ތެދު ކަމަށްތަ ބުނަންޖެހެނީ..ސަރު ކާރުން ލިޔެފަދިނީމަ އޮތްގޮތަށް ނޫހަށް އެރުވީމަ އެއީ ތެދު ކަމައްތަ ތިބުނަނީ...ތިއުޅެނީ ސަރު ކާރުން ހިންގާ ޖަރީމާތަ ކާ އޮޅުވާލުންތައް ފަޅާއަރުވާލަފާނެތީ ބިރުން...ތިބިރުދެއް ކުން ބަލައެއް ނުގަންނާނަން..މަޑިސީލަ ބަރަށް ފަހަތަށް ނުޖެހޭތި..ރައްޔިތުން މިތިބީ މަޑިސީލައާއެ ކު...ރަގަޅަށް ހާމަ ކޮށް ފަޅާއަރުވާތި ސަރު ކާރުން އޮޅުވާލާ ކަންތައްތަ...ހިއްވަރު ކުރޭ ފަހުލަވާނުންނޭ މިއޮތީ ބުޅީގައެޅިފަ ދެން ދޫނު ކުރާތި...ހުރިހާ މިޔަރެ ބާނާފަ ހުއްޓާލާނީ....

    15
  2. އަބުރުފުޅު

    ފަރުދުންގެ އަބުރު ރައްކާތެރިކުރަން ނުޖެހޭ ކަމަށް ގަބޫލުކުރާ ބަޔަކު ކޮން ބިރެއް މިދައްކަނީ މީޑިއާއަށް.

    14
  3. ތާޅަފިލި

    ކެރޭނެތައަޅަން އަޅެ ކެރެންޏާ ރ ޓީވީއައް ފިޔަވަޅުއަޅާބަލަ

    12
  4. Anonymous

    އެހެން މީހުންނަށް ބިރު ނުދައް ކާ ކަލޭމެންގެ ޒިންމާ ރަނގަޅަށް އަދާ ކުރެވޭތޯ ބަލާ، ކަލޭމެންގެ ބަލާ މުޞީބާތް ގައުމަށް ޖެހިގެން މިއުޅެނީ،

    13
  5. ފެކްޓް

    ތި ޢަމަލަކީ ޚުދް ދޮގުވެރިރިންގެ ޢަމަލެއް! ވީމާ ކޮންބައެއްތޯ ދޮގުނެހެދިގެން އުޅެނީ!