ށ. ފޯކައިދޫގައި އައިސޮލޭޓްކޮށްފައިވާ ޅ، ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޓެސްޓު ކުރަން އެރަށަށް ޓީމެއް ގޮސްފިއެވެ.
"ވަގުުތު"އަށް އެނގިފައިވާގޮތުން، އައިސޮލޭޓްކޮށްފައިވާ އެ ރިސޯޓުގެ ދެ މުވައްަޒަފުންގެ ތެރެއިން އެއް މުވައްޒަފަކު ކޮވިޑް-19 އަށް ޓެސްޓުތައް ހަދަނީ އޭނާގެ ގައިން އެ ވައިރަސްގެ އަލާމާތްތަކެއް ފެނުމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި، އެ ޓެސްޓުތައް ހެދުމުގައި ހަރަކާތްތެރިވަމުން ދަނީ ށ. އަތޮޅު ހޮސްޕިޓަލްގެ ޓީމެކެވެ.
އެނގިފައިވާގޮތުން، އޭނާ އައިސޮލޭޓް ކުރިއިރު، ގައިން އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.
އޭނާގެ އިތުރުން، ކުރެއްދޫގެ އިތުރު މުވައްޒަފަކާއި، އޭނާގެ އާއިލާ ދެ މީހަކު ވަނީ ފޯކައިދޫގައި އައިސޮލޭޓްކޮށްފައެވެ.
މި އެންމެންވެސް އައިސޮލޭޓް ކޮށްފައި ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މިކަމާއި ގުޅޭގޮތުން އެޗްޕީއޭގެ ބަހެއް އަދި ނުލިބެއެވެ.
ރާއްޖެއިން މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. ކުރެއްދޫގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮވިޑް-10 އަށް ޕޮޒިޓިވްވިއިރު، މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު 1 މާރިޗުގައި އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
ނަރުހުން މާސް ކް އެޅުނީމަ ނިމުނީތަ..މާސް ކް އެޅިގޮތަށް އަތަށް އަންގި ލައްވަން ނޭގުނީތަ ނޫނީ ނެތީތަ އަންގި..ފާޑު ކީމަބުނާނެ ފާޑު ކިޔަނީއޭ ސަލާމަތަށްދޯ މާސް ކްއެޅީ..އެގޮތަށް އަންގިވެސްލައްވަނީ ސަލާމަތަށް..އަލީވަހީދު އަމީނު ހޭލުންތެރި ކުރުވިގޮތަ ކީ މިއީތަ... ކަރާއޮއް ބުރުއްސަން މިރޭވެސްއަރާނެ...
ތިޔައީ ސައިންޓިސްޓެއް، ޑޮކްޓަރެއް، ޅެންވެރިއެެއް
ދެން ކޮމެންޓެއް ކޮށްލީދޯ
އަންގިއޭ މާސްކޭ އަތޭ ތިޔަ ކިޔަނީ
ތިޔަމީހާދިޔަ
ލޯންޗުން
ހާދަ ބަޔަކުދިޔައޭ
ނަރުހުން އެ އުޅެނީ ބަލިމީހާ ކާރިއަކު އެއްނޫން. ހޮސްޕިޓަލް މުއައްޒަފުން ޑްރެސް އަޕް ކުރުމުގަ އެހީވަނީ.
އެއީ މާލެއިން އުތުރަށް ދަތުރު ކުރާ ލޯންޗެއްދޯ މަނަދޫއިން އެރި ކަމުގަ ވާނަމަ ވަރައް ގިނަމީހުންނާ ބައްދަލުވެފަ ހުންނާނީ
ކޮންމެހެނެއް ވީނަމަވެސް އަންގިމަހައިގެން ނަރުހުން ކުރަންއެޅުއްވާ ކަމަކަށް އުނދަގޫވާނެ އެ އެއްޗެއް އައްސަން ނުވަތަ ގޮށެއްޖަހަން އަންގި މަހައިގެން އުނދަގޫވާނެ