އިޓަލީ ވިލާތުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުގައި ލަސްވި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ރާއްޖެ އަށް ކޮވިޑް-19 އަޔަ ނުދޭން ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަށް ކޮވިޑް 19 އައުމަކީ ސަޕްރައިޒަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ޗައިނާ އާއި އިޓަލީން ރާއްޖެއަށް ދަތުރު ކުރުން މަނާ ކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގައި ސަރުކާރުން ލަސް ވެފައިވާ ކަމަށް ޤަބޫލުކު ނުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މާތް ﷲގެ އިރާދަފުޅާއިއެކު ރާއްޖެއަށް ކޮވިޑް-19 އައުން ހިފެހެއްޓުނީ ވެސް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ ވަގުތަށް އެ ފިޔަވަޅެއް އެޅުމުން ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑް 19 އަށް ތައްޔާރުވާން ރާއްޖެއަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.
ބައެއް ގައުމުތަކުން ފަތުރުވެރިން އެތެރެކުރުން މަނާކުރި ނަމަވެސް ރާއްޖެއަށް ކަމެއް ނުކުރެވޭނެ ކަމަށާއި އެ ކަމެއް ކުރުމަކީ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އިޓަލީ ވިލާތުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުގައި ލަހެއް ނުވޭ، އިޓަލީން ވައިރަސް ފެނުނު އިރު ފެތުރިފައިވާ މައި ސަރަހައްދުތަކުން މީހުނަށް ނުވެސް ނުކުމެވޭނެ. އަޅުގަނޑުމެން މަނާކުރިއިރު އިޓަލީ ބްލޮކް ކޮށްފައި އޮތީ ވެސް އެންމެ 10 ގައުމުން،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 ފެނިފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ބުނެފައި ވެއެވެ.
މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު 1 މާރިޗުގައި އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
ދެން ކޮންކަމަކަށް ލަސްވީ؟ ބަލި އައިލެއްތަ ލަސްވީ؟
އަލީ ވަހީދު ކޮސް ތިގޮވަނީ، ރޭ 12.00 ގެ ފަހުން އިޓަލީ ވިލާތުން މީހުން އައުން މަނާ ކުރީ، އޭގެ ކުރިން ވާނެ ހައެތި ވެފައޮތީ، ހޭބޯ އަރަންފަށަނީ ރައްޔިތުން ހަޅޭއްލަވަން ފެށީމަ، ކިތަންމެ ރުޅި އަޔަސް ރައީސް ޔާމީނު ވެރި ކަމުގަ ހުރިނަމަ މި ކަމަށް މިއައްވުރެ ހަރުދަނާ ފިޔަވަޅު އެޅީސް، އިޓަލީ ވިލާތުންވެސް މީހުން އައުން ވަގުތުން ހުއްޓުވީސް، އަލީވަހީދު އިރުއިރު ކޮޅާ ޓީވީއަށް އަރާ ކަހެރުވަ ކޭ އެބަ ކިޔާ.
ލަހެއް ނުވާނެތާ ކިއްލި ވިއްކައިގެން 2 ގޯތި މާލެއިން މި ބީތާ ގަތް ވިއްޔާ. މިކަހަލަ މީހުނައް ކޮންކަމެއް ރައްޔިތުން ހަލާކުވިޔަސް 0 ޓޮލަރެންސްގެ ބޮޑުވަގެއް މީވެސް
ކޮބާ އަޅުގަނޑުގެ ކޮމެންޓު
އަދިވެސް ލަހެއްނުވޭ ބުނާއިރު އާއަދިމިބަލީގަ މިގައުމުގެ މީހަކު މަރެއް ނުވޭ މާތް ﷲ ގެ ރަހުމަތުން ޓީވީތަކުން ލައިވް ނޫސްތަކުގަ އެއޮއްގޮވަނީ މީގެ އެތައް ދުވަހެއް ކުރިން އންމެބާރައް ފެތުރެމުން އންމެ ގިނަމީހުން މަރު ވަމުން ދަނީ އިޓަލީވިލާތުގައޭ ހަމަ ގަދަބަސްބުނެފައި ތިމާމެންނަކީ އަމިއްލަބާރުގަ އުޅޭބަޔެކޭ ހީވަނީ ތާއަބަދު ހިތުހުރިކަމެއްކޮއް ހިތުހުރި ގޮތަކައެް އުޅެވިދާނޭ ބަލަ އަހަރުމެންނަކީ މާތް ﷲ ގެ އަޅުން އެފަރާތަކައް ގޮންޖަހާފަ އެއް ނުތިބެވޭނެ ކޮންބާރެއް ހުރިބަޔެއް މީ އިންސާނުން
އަލީ ވަހީދު ކަރަންޓީނު ކުރޭ
ވަގުތު ކޮބާ އަޅުގަނޑު ކުރާ ކޮމެންޓު
ހައްވަ ރުޅި ނާރުވާ
އެއްގޮތަކަށްވެސް ލަހެއްނުވޭ ދޮތަ؟ ޑޮލަރު ފެނުނީމަ ތިބެނީ ދެލޯ ބޮޑުވެފަ ވިއްޔަ ، ދިވެހިން މަރުވިޔަސް ކަލޭމެނަށް ހެޔޮވާނެ،،،،، ކިއްލި ވިއްކައިގެން ގޯތި ގަންނަމީހާ ވިއްޔަ މީނަ މީ މީނަޔަށް ކޮންކަމެއް އާންމުންނަށް ކޮންމެ ކަމެއްވިޔަސް
ކެންސަލްކުރާ ވަރަށްވުރެ އިތުރުވާ އަދަދު ގިނައެއް ނޫންތަ ކަރާ ާ ާ . ކަލޭގެ ބޮޑާކަމުގެ ބަހެއް އަޑުއަހާލާހިތްވަނީ. ފޮންޏެއް ކަނޑާލަބަލަ ނިކަން.
ލަސްވެއްޖެ މާބޮޑައްވެސް މީގެ4ދުވަސް ކުރިން ވަގުތު ނޫހުގާވެސްއޮތް އިޓަލީ މީހުން ރާއްޖެއައުން ނުހުއްޓުވާގެން ކަންބޮޑުވުން ފާޅުކޮއްފާ މިހާރުމާލަސް ވީ....
ކުރިންކީ ރައްޔިތުންގެ ސިއްހަތޭ. މިހާރު ތިކިޔަނީ
ފަތުރުވެރިން އެތެރެކުރުން މަނާކުރި ނަމަވެސް ރާއްޖެއަށް ކަމެއް ނުކުރެވޭނެ ކަމަށާއި އެ ކަމެއް ކުރުމަކީ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް
ސަރުކާރު ފެއިލްވެއްޖެ...އިސްތިއުފާ ދިނުން ރަގަޅު. ރާއްޖޭގެ މައިދޮރާށިތައް ކުރިއާލާ އިޓަލީ މީހުންނަށް ބަންދުވީނަމަ މިފަދަ ހާލަތެއް މެދުވެރިނުވާނެ.... މިހާރު މިއޮތީ 4 ކަން ހަމަވެ ރާކަނިމަސްކެވިފަ
ޔާމީން ނަމަ އިޓަލީ ބްލޮކް ކުރި ފުރަތަމަ ގައުމަށް މިގައުމު ވާނެ. އެކަމަކު ޗައިނާއާދޭތެރޭ ބުނާނެއެއްޗެއް ނޭނގެ. ބޮޑަށް ބުރަވެވެނީ ހަލާކެއްގެ ތެރެއަށް ނުވަދެ ސަލާމަތުގެ އައްސޭރިއެއް ހޯއްދަވައިދެއްވީސް ކަމަށް.
މުގުނީއިދިކޮޅު މީހުނައްދޫކުރަން ގެންގުޅުުނުު ކޮރޯނާފުޅި ދޫކޮއްލީ ،،،، ނިކަމެތި ރައްޔިތުން ހަނާވަނީ،،،
ކަލޯ ދެން ރިސޯޓުތަކަށް ގައުމުތަކުން މީހުން އައުން މަނާ ކުރާނެ ކަމެއްނެއް، ދެން ތިޔަވައިރަސް އައިސްދާނެތީ އުޅޭކައް ނުޖޭހޭނު.
މިކަލޭގެެއަށް މިކަންނުޖެހިއްޖިއްޔާ ރަގަޅު!..އޭރުން ބުނާނެ މާބޮޑަށް ލަސްވީޔޭ..
މީ ހަމަ ސަރުކާރު އަޑީގަ އޮވެގެން ގަޞްދުގަ މިރާއްޖެއަށް ގެނައި ވައިރަހެއް. އެވަރަށް ދުނިޔޭގެ ހުރިހާ ޤައުމަކުން އެލާރޓްވެގެން އުޅުނު އިރުވެސް މި ރާއްޖެ އޮތީ އެސްޕޯޕީ ކިޔާ ފާޑެއްގެ އެެއްޗެއް ހަދަހަދަ. އިއިރުވެސް މީޑަޔާތަކުގައި ކިޔޭ ރައްޔިތުންނަށް ވުރެ އިޓަލީން ލިބޭ ޑޮލަރު މުހިއްމުވީއޭ މިސަރުކާރަށް. ހަތަރެސްކަން ހަމަވީމާ 4 އިރު ކާބޭހެއްހެން ނިއުސްކޮންފަރެސް ދީފަ އަދި މާލަހެއްނުވޭ އެބަކިއޭނު. ދެން ތެޅޭނެކަމެއްނެތް ތެޅުނު ވަރަކަށް ހުޅުބު ފައިބާނެ. ސަރުކާރު ފެއިލް.
ލަސްކުރި ކޮންދޮގެއްހަދާކަށް.
ސައުތު ކޮރެޔާ އާއި އީރާނުގެ މީހުން ރާއްޖެ އައުން މަނާކުރުމުގެ ކުރިން އިޓަލީން މީހުން އައުން ހުއްޓުވަން ޖެހޭ. ލަސްވި. އެއީ ޤައުމަކާ ދޭތެރޭ އިހާނެތިކޮން ކަންތަށް ކުރުމެއްނޫން. އަދި ސައުތު ކޮރެޔާއިން މީހުން އައުން މަނާާ ކުރިއިތު އިޓަލީން މީހުން ރާއްޖެ އައުން މަނާ ނުކޮށްގެން ރައްޔަތުން ސުވާލު އުފެދުނު. ނޫސް ތަކުން ސުވާލު އުފެއްދި.
ލަހެއްވާނުވޭ އިޓަލީއިން ރާއްޖެއަށް މިބަލިމިއައީ.