މާލޭ މޭޔަރު ކަމަށް ރައްޔިތުން އިންތިޚާބު ކޮށްދީފިނަމަ މާލެ ސިޓީގައި ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ހިލޭ ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގައި މާލެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާންގެ ރަސްމީ ކެޕްޕެއިން އޮފިހުގައި މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މަޢުމޫންގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ބާރުތަކާއި، ޚިދުމަތްތައް އެއްތަނަކަށް ޖަމާކޮށްގެން، އަތޮޅުތަކުގެ ތަރައްޤީއާ ޚިދުމަތްތައް ޤާއިމް ކުރުމަށް ދެއްވަންވީ ސަމާލުކަން ނުދެއްވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެދުވަސްވަރު މާލެ އަށް ދިރިއުޅުން ބަދަލުކުރި މީހުން ފޮނުވާލެވޭނެ ގޮތެއް ނެތިގެން ދެން އުފެއްދީ މާލޭ ދަފްތަރު ކަމަށެވެ. އަދި ވިދާޅުވީ މާލޭ ދަފްތަރު ހެދުމުން އެ ދަފްތަރުގައި ގިނަ އަދަދެއްގެ ބަޔަކު ޖެހުމުގެ ސަަބަބުން މާލެ އިތުރަށް ތޮށްޖެހިފައިވާ ކަމަށެވެ.
އަލްހާން ވިދާޅުވީ އޭނާގެ މޭޔަރު ކަމުގައި މާލޭ ދަފްތަރު އުވާލުމަށްފަހު ހުޅުމާލެއިން 10،000 ގޯތި ހިލޭ ދޫކުރާނެ ކަމަށެވެ.
"އަޅުގަނޑުގެ މޭޔަރު ކަމުގައި މާލޭގައި ހުސްކޮށްހުރި ބިންތަކުގައި މިސާލަކަށް އަޅުގަނޑު މިއަޅަނީ ފްލެޓް ބަރިއެއް. އެ ފްލެތްބަރި އަޅާއިރު އަޅުގަނޑު އެތަން ރެޖިސްޓްރީ ކުރާނީ ސިޓީ ކައުންސިލްގައި އޮތް ކޮންޑޮމިނިއަމް އެއްގެ ގޮތަށް ރެޖިސްޓަރ ކޮށްފަ އަޅުގަނޑުގެ ވިސްނުން މިހުރި ގޮތަކީ އެތަނުގައި ފްލެޓް އަޅާފަ ކޮންމެ މީހަކަށް ފްލެޓެއް ރެޖިސްޓްރީ ކޮށްފައި ބިމުގެ ރެޖިސްޓްރީ އާއެކު ހިލޭ ދޭގޮތަށް އެއްވެސް ލާރިއެއް ނުނަގާނަން. އެއެއް ނޫންތޯ މީގެ އިންސާފަކީ،" އަލްހާން ވިދާޅުވިއެވެ.
އަލްހާން ފަހުމީ ވިދާޅުވީ ރާއްޖެއަށް ކޮވިޑް-19 ވައިރަސް އައުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ގިނައިން ވައިރަސް ފެތުރޭ ޤައުމުތަކުގެ ތެރޭގައި އިޓަލީ ވިލާތް ހިމެނުނުއިރު އެކަން އެނގިތިބެ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި، އޭގެ ނަތީޖާ އަކަށް ވެގެން ދިޔައީ އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ރާއްޖެއަށް ވައިރަސް އައުން ކަމަށެވެ.
މާލޭ މޭޔަރު ކަމަށް މިފަހަރު ވާދަކުރައްވާ ބޭފުޅުންނަކީ އަލްހާންގެ އިތުރުން ޕީޕީއެމް ޓިކެޓްގައި ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރުއެވެ.
އަމިއްލަ ފައިސާއިން އިމާރާތް ކޮށްފަތޯ ހިލޭދޭނީ ؟ އަމިއްލަ ފައިސާއިންނަމަ އޯކޭ . ދަވްލަތުގެ ފައިސާއިން ވަކިބަޔަކަށް ހިލޭ ފްލެޓް ދިނުމަކަށް ގަނޫނުވެސް ގާނޫނުއަސާސީ ވެސް ތަނެއްނުދޭ .
ބުރޯ އަލްހާނު މިއުޅެނީ ރައީސްކަމަށް ކުރިމަތި ލައިގެންތަ؟؟ މޭޔަރަކަށް ތި ހުރިހާ ބާރެއް ނޯވޭ.. މާލޭގަ ނެތް ފުލެޓުއަޅާނެ ބިމެއް.. ހުޅުމާލެއޮތީ އެޗްޑޯސީގެ ދަށުގަ. ފޮރޮކްސް ފަދަ ޖުވާކުޅެގެން މާ ލާރިހަދާކަށް ދެއްކިގެން ކަޅުފައިސާ ދޮވުނަސް ތިޔަ ލާރިން މަންފާއެއް ނުކުރާނެ ދެންވެސް ވާނީ ފެއިލް އިންޝާﷲ.. މި ފަހަރުވެސް އަޅިއަށްވެ އަޅިހާނަކަށްވާނީ ހަމަ
ބްރޯ އަލްހާން އަށް
މޭޔަރު ކަމަށް އަންނަ މީހަކަށް ކުރެވޭނެ ކަމނެއްނޫން ދިވިދާޅުވީ،ސަރުކާރު ކޮށްދެން ހުރިކަމެއް ކުރެވޭނީ... ގަމާރުން ކައިރީގަ ތިވާހަކަ ވިދާޅުވޭ...
އަލްހާންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެންތޯ ފުލެޓް އަޅަނީ؟
ހެޔޮނުވާނެ ހާނޫ އަހަރުމެނައް ދޭނެކަމެއްނެތް
ރާއްޖޭގެ ރައިއްޔަތުންގެނަ މުގައި ލޯނުނަގާފައި މާލޭރައިއްޔަތުންނަށް އެކަނި ގޯއްޗެއްނުދެވޭނެ އެލޯނުދައްކަނީ ރައިއްޔަތުންގެއަތުންނަގާ ޓެކްސްފައިސާއިންނޫންތޯ؟ އެބިންހިއްކާފަވަނީ އަލްހާނުގެ ތަރިކަ މުދަލަކުނެއްނޫން އަލްހާނު ބޭނުންހާބަޔަކަށް ނުދެވޭނެ! (ބޭބެލިޔުއްވާފައިވާ ކުޅަދާނަ މިންވަރަކުން) ވައުދުތައްވު މުގެކުރިން ކިޔާލާށެވެ.
މޮޔަ އަނގަ ނުތަޅާ! ގުނބޯލިހައްދާ ނޫރުބާން
ރަށުމީހުންނަށް ހިލޭ ފުލެޓު ދޭންވީނޫންތޯ!
އެދިގުރާސްތާ 30 އަހަރު ފެއްޓި ނަސްލީއިމްތިޔާޒެއްގެ ދަށުން ހަމަ އެކަނި މާލޭގެ ރައްޔަޔުންނައް ގޯތި ނުދިނުމުގެ ސިޔާސަތުގެދަށުން ގޯތިނުދީ ފެއްޓީ ފުލެޓްގެ ނަމުގައި ގެސްޓްހައުސް ބޯހިޔާވަހިކަމުގެ ވާހަކަ ތިޔަ އަލްހާނު މަޖިލީހުގައިންއިރުވެސް މިކަން މިގޮތައް ކުރަމުން އައީ މިއީ ސީދާ ގަނޫނު އަސާސީޔާ ޙިލާފް އަމަލެއް ރައްރަށުގަ ގޯތި ދެވެންޏާ މި މާލޭގެ ރައްޔަތުންނައްވެސް ދެވެންޖެހޭނެ މިއީ ކަޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހަމަހަމަކަން ނަގާލެވޭ ކަމެއް ވަކިރަށަކައް ވަކި ޖިންސަކަށް ނިސްބަތްވީތީ ނުވަތަ ހަމުގެ ކުލަޔަކުން ތަފާތުކޮށް ހަމ،ަހަމަކަމުގެ ފުރުސަތުން އެއްކިބާ ކުރުމަކީ ގާނޫނުއަސާސީ ދަންނަކަމެއްނޫން ކޮބާ ގާނޫނުއަސާސީގެ ހަމަހަމަކަން އެހެންވީމާ ފުލެޓެއް ނޫން މުހިމްމީކީ ގާނޫނުގަ ބުނާ ހަމަހަމަކަން ދިވެހި ރައްޔިތަކައް ކަށަވަރުކޮއްދީފައޮންން ވަކިމީހަކައް ވަކިގޮތެއް ހެދުމުގެ ނާތަހުޒީބުއަމަލު
މޮޅު ވާހަކަ ނުދައްކާ، ރުފިޔާ ޚަރަދުނުކޮށްތަ ފުލެޓުއަޅަނީ؟ ހިލޭ ބަހަންޏާ އެންމެނަށް ލިބެންޖެހޭނެ. ތިކަހަލަ އަނގަފޮނިކަނޑާނެ ވޯޓް ހޯދަން އުޅޭ ދުވަސްވަރު މިހާރު ދިވެހިންނަށް އާކަމެއް ނޫން ތިޔަކީ.
17) .ހ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤްތަކާއި މިނިވަންކަން، މި ބާބުގައި ތަފާތުނު ކުރުން ބަޔާންކޮށްފައި ވާގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިޙައްޤު ތަކާއި މިނި ވަންކަން ލިބުމުގައި އެމީހުއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ. މިގާނޫނާ ޙިލާފައް މާލޭގެ ރައްޔަތުންނާއި ދޭތެރޭގައި އަމަލު ކުރެވެމުން އަންނަތާ ކިތައް އަހަރުތޯ ރައްރަށުގަވެސް ބިންހިއްކާފައި ގޯތި ދޫކުރޭ މިހާރުވެސް ދަނީ ދޫކުރަމުން ފުލެޓް ހިލޭ ދޭނަމޭ ބުނީމަ ކާކައްތޯ ގަބޫލްކުރެވޭނީ މީގާނުއަސާސީގައޮއް ހައްގެއް މިމާލޭގެ އެތައްހާސް ރައްޔިތުންގެ ނިގުޅައިގެންފައި ހުރިހާ ސަރުކާރު ތަކުންވެސް ވޯޓް ހޯދަންވީމަ 100 ފޫޓް 100 ފޫޓް ގޮޅިއެއްގައި މާލޭގެ ރައްޔަތުން އުޅޭވާހަކަ ހޮވުނީމަ ފެނުކެއްކި ބޮލީގެ ސަރަފް ވައްސަލާމް
މީނަޔަށް ވޯޓްލާންވީ. ހިލެޔޯ ހުރިހާކަމެއް. ކިހާރަނގަޅު.
ނުދެވޭނެ؛ ޤާނޫނު އޮންނަގޮތުން ބިމުގެ ބާރު އޮންނަނީ ސަރުކާރަށް... މޭޔަރަށް ކުރެވޭނެ ކަމަކީ 10000 ކުރެހުން ކުރަހާފަ ގޯތި ގޮތުގައި ދިނުން. ނުވާނެކަމެއްގެ ވައުދުވަނީ ކީއްކުރަންތޯ....
ބޯ ހަމަނުޖެހޭ ކަހަލަ ވާހަކަ ދައްކާ މީހުންގެ ޔޫރ ރިން ޓެސްޓު ހެދުމަށްފަހު ނަތީޖާ ހާމަ ކު ރަން ޖެހޭ
ޥެދާނެތާ ކުރީގަޕާޓީ ބަދަލްކުރިދުވަސްވަރު ނެގިލާރިގަނޑުން ފުލެޓްއަޅާފަދެނީކަމއް
އަލްހާނޫ ރައްޔަތުން ގުނބޯ ނަހައްދަބަލަ! ތިހެންކިޔާ އެއްޗެއް މިހާރު ގަބޫލްކުރާނީ މަދުބަޔަކު، ސަރުކާރު ހިންގަން އޮތް އެމްޑީޕީ ނޫންބަޔަކަށް މާލޭގެ ކައުންސިލްގެ މެޖުއަރިޓީ ލިބި މޭޔަރު ކަންލިބުނަސް ކުރެވޭނެ އެއްސްކަމެއް ނޯންނާނެ ނިމިދިޔަ ސަރުކާރުގަ ކަައުންސިލް އޮތީ ކުޑަކަކޫ މައްޗަށް ތިރިކޮށްފަ ދެންވެސްވާނީ އެހެން، ތިކަމެއް ނުވާނެ
އޮޅުވާލަން މަސައްކަތް ކުރިއަސް މިވަރު ބޮޑު. މޭޔަރަކަސް ފުލެޓެއް ނުދެވޭނެ. އެއީ މޭޔަރު ކުރާ ކަމެއްނޫން. ދޮގުވެރިން، ކަންކަން އޮޅުވާލަން މަސައްކަތް ކުރާ މީހުންނަށް ވޯޓް ދޭން ހެޔޮ ނުވާނެ.
ތިކަމެއް ނުވާނެ، އަލްހާނު އަމިއްލަ ގޯއްޗެއް އޮތިއްޔާ އެތާގައި ފްލެޓް އަޅާފައި ބަޔަކު ދިރިއުޅުމަށް ދެވިދާނެ، އެކަމަކު އެތަނެއްވެސް ރަޖިސްޓަރީކޮށް ނުދެވޭނެ، އަހަރުމެންނަށް ވެސް މިހާވަރު އެގޭ ކޮންމެހެން އޮޅުވާލަން އުޅޭނެކަމެއްނެތް، ތިޔަހާ ބޮޑެތި ދޮގު ހަދަންޏާ އަމުދުން ވޯޓެއް ނުދޭނަން
މީނާ ބުނީމަ ޖޯކަކީ؟ ދެންތިބި މީހުން ވި ވައުދު ތައް ބަލާބަލަ...10 ހާސް ، ޑޮކްޓަރު، މިނިމަން ވޭޖް....ހުސް ކާޓޫނުން ހަމަ
ކޮން ބިމެއްގައިބާ ތިޔާ ފްލެޓް ތައް އަޅަނީ
އަލުހާނަށް ސުވާލެއް
ފުލެޓްއަޅަނީ މާލޭ ރައްޔަތުންގެ ފައިސާއިންތޯ؟
މޮޔަފުޅުވީތޯ ތިޔައްވުރެ ގަބޫލް ކުރަން ފަސޭހަވީސް ރައްޔިތު އެންމެން ގޮވާއިގެން ހައްޖައްދާނެވާހަކަބުނިނަމަ