މިހާރު ރާއްޖެއިން ފެނިފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މިސްކިތްތަކުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރު ނުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވީ، ދެންމެ ނެރުނު ބަޔާނެއްގައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަލާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މި ވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީންކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާއްމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތްތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރު ނުވުމަށްވެސް އިލްތިމާސް ކުރަމެވެ". އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި މިމަގަަަށް ބާރު އަޅާ ކަންކަން ކަމަށާއި، އެގޮތުން ބަލާއިރު ފިޔާ ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ، އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިއުންވަނީ މަނާކޮށްފައި ކަމަށެވެ.

"ޢެހެންކަމަށްވާނަމަ ކޮވިޑް-19 ވައިރަސްފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލު ތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ". އެ ބަޔާނުގައި ވެއެވެ.

އިތުރަށް އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ދަނޑިވަޅުތަކުގައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކުރުމަށާއި، ގިނަގިނައިން ދުއާކޮށް އުޅުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފެރަ

    ޒައިދު ގޮވާލީމަ އޭގެފަހުން ސަރުކާރުން މިގޮވާލި ނާގާބިލް ސަރުކާރު

    30
    8
  2. Anonymous

    އަންނި އުފަލުން ގޮސް ހޭކެނޑޭނެ މިނިސްޓަރާ ޒައިދާ ތިހެން ވިދާޅު ވުމުން އެކަމަކު އަޅުގަނޑެއް ތިވާ ހަކަ ގަބޫލެއް ނުކުރަން ވަރަށް ސަލާން

    45
    14
    • ާަާަަައަސްލު

      މަދީނާގަހުރި އެއްމެދުވަސްވީ އިލްމްވެރިޔާ ސޭހް މުހުސިން އައްބާދް އާއި ސުވާލްކުރުމުން ވިދާޅުވީ މިސްކިތައް ދިއުމަށް އަދިﷲއަށް ދުވާކުރުމަށް...ދެން މިބީތާއިންމިގޮވަނީ ކޮންމޮޔައެއް..ލާދީނީ ބައިގަނޑުގެފަހަތުންދުވޭ އޭރުންޝިފާލިބޭބީ..

      10
      4
  3. މުދިމު

    މިސްކިތްތަކަށް ނުދާންވީ ބަލިމީހުން ނޫންބާ! ކެއްސާ އަރިދަފުސް ކިބިހި އަޅަން ޖަމާއަތުގެ ތެރެއަށް ނުވަންނަންވީ! ދުވަސްވީމީހުން ނަކީ އަބަދުހެން މިސްކިތުގައި ކިޔަވަން އިއުތިކާފަށް ތިބޭބައެއް! މިސްކިތުތެރޭ އަރިދަފުސް ފޮޅާފައި ޖީބަށް އެޓިޝޫ ލުމަކީ ބައެއްމީހުން ކުރާކަމެއް! ނޭފަތުން ފައިބާދިޔަ ކާޕެޓްމައްޗަށް ފައިބާ ފައި ހުންނައިރު ރަގަޅަށް ހުންނަމީހާ އޭގައި ނިތްޖެހުމުން ބައްޔަށް މަރުހަބާ އެކިޔެނީ ނޭގި! ޢެހުންނަނީ ކްރައިމްސް! ޢަތްދޮންނަފުޅި މިސްކިތު ފާހާނާ އާއި ވުޟޫކުރާތަނުގައި ބަހަޢްޓަންނުވޭތަ!

  4. އަޙްމަދް

    "މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރު ނުވުމަށްވެސް އިލްތިމާސް ކުރަމެވެ". އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ވެއެވެ.
    **********************
    ކުޑަކުދިންނާއި މުސްކުޅިން ނަކީ ބަލިފަތުރާ ޖަރާސީމު ތަކަކީތޯއެވެ؟

    16
    7
    • 19 ނަވާރަ

      މި ގައުމުގެ ޖަރ/ަސީމަކީ އަލީ ބިން ވަޙީދު ބިން ތޮއްޑޫ

    • ވާނުވާ

      ކުޑަކުދިންނާ މުސްކުޅިންނަކީ ދިފާއީ ނިޒާމު ބަލިކަށި ބަޔަކަށް ވާތީއެވެ. ނޫކަށި ފުރައިގެ ޒުވާނުންނަކީ ހަކަތައާއި ބުންވަރު ހުރި ބަލީގެ ވޭން ތަހައްމަލު ކުރެވޭނެބަޔެކެވެ.

  5. ފިޔަވަޅު

    ޜިސޯޓް ތައްވެސް ބަނދު ކުރަންވީ.
    ޢެތާ ވެސް އުޅެނީ ހަ މަ ދިވެހިން .
    ފިރިން. ބައްޕައިން. ދަރިން.
    ހުރިހާ ދިވެހިން އެ މީހުން އާއިލާ ކައިރި އަށް ބަދަލު ކުރަންވީ ޓެސްޓް ހަދާފަ .

    17
    2
  6. ާަަާްެޮިުއަހުމަދު ސޯލިހު

    މިސްކިތަށް އެ ރުން އެންމެ އިސްކަން ދޭންވީ. ރާއްޖޭގައި ގިނަޢަދަދަކަށް އެއްފަހަ ރާ މިސްކިތް ނޫނަސް މީހުން އެއްވެ އުޅޭ އެތައް ތަނެއް ހު ރޭ. މިސާލަކަށް އެއާޕޯޓު،މާ ރުކޭޓް، ބަނދަ ރުމަތި މަގުމަތި.. ކީއްވެގެން ނުބަނަންވީ "ކަމެއް ރެޔާ
    ދުވާލު ގޮސް ކޮފީ ޝޮޕްތަކަށް ނުދާން" މިހެން ކީއްވެ ނުބުނަންވީ! މިސްކިތްތަކަކީ އެންމެ ސާފުތާހި ރު ތަންތަން
    އެކަމަކު އަގަޔާއި ނޭފަތާއި ތަންތަން ދޮވެ ސާފުކޮށްގެން ތިބެނީ ގޮސް.. އެކަމަކު ކޮބާ އެހެންތަންތާގައި ސާފު ތާހިހރުކަމަކީ؟؟؟ ﷲ ގެ އަޅުންނަށް މިސްކިތްތަކަށްވު ރެން އަމާންކަން ހު ރި ތަނެއް ނުހުންނާނެ މިބިންމަތީގައި! ސުނާމީގެ ޙަދިޘާއިން ފެށިގެން ބިންހެލުންތަކުން ފެށިގެން ތަފާތު މުޞީބާތްތަކުގައި ސަލާމަތަށް ދުވެފައި އެންމެ ފު ަރތަމަ މިސްކިތަށް އާ ރާ މީހުން ސަލާމަތްވެފައި ވުމަކީ ތާ ރީޚު ހެކިދޭކަމެއް... ﷲ އަށް ދުޢާ ދެންނެވުމުގައި އެންމެ ބަކާތްތެ ރި ތަނަކީ ﷲ ގެ ގެކޮޅުތައް! މުއުމިނުންނަށް ދުޢާ އަށްވު ގަދަފަދަ ހަތިޔާ ރެއް ނުވާނެ!

    16
    1
  7. މަރީ

    ޢަހުމަދެވެ. ކުޑަކުއްޖަކު މުސްކުޅިއަކު ބަލިވެއްޖެނަމަ ހޭހަން ކުރަން އިތުރުބަޔަކު ތިބެންޖެހޭނެ. އައިސޮލޭޓްކުރާއިރު އެކަނި ނުބެހެއްޓޭނެ. ރަނގަޅަށް ވިސްނާލާފަ ލިޔާނަމަދޯ؟ ވެދާނެ އަހްމަދަކީ ކުޑަކުއްޖަކު މުސްކުޅި އުމުރުގެ މީހަކަށް އަޅާނުލާމީހަކަށް

    6
    6
  8. އަޙްމަދު

    އެއްވެސް އުޒުރެއް ނެތިވެސް މިސްކިތް ތަކުގައި ހެދޭ ޖަމާޢަތްތަކުގައި ނަމާދު ނުކުރާ ޝޭޙުން ތަކަށް މިއީ ލިބުނު ރަނުގެ ފުރުސަތެކެވެ.
    ދިމާވެގެން އުޅެ ހިތާމަވެރި ކަންތަށް ތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާ މި ޝޭޙުންނޭ މިކިޔާ ބައިގަނޑު މިފަހަރު މިތެދުވީ މިސްކިތް ތަކުގައި ހެދޭ ޖަމާޢަތުގެ ފުރަތަމަ ސަފު ފުރާލާ ފަޅުފިލުވާލާ މުސްކިޅިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ދެކޮޅަށް އެބައި މީހުން މަގުފުރައްދާލަންތޯއެވެ؟
    ހުރި ހިތާމައެއްގެ ބޮޑުކާމާއޭ!!!!

  9. ނާޒުކު

    ހޭލާށެ ހޭލާ އިސްލާމިކް މިނިސްޓްރީހޭލާ އަބަދަށް ތިހެއްނޮއެވެ ހޭލާ. އަޅޭ އަދި މިހޭލެވުނީ. ކޮވިޑް19 ގޮވީމަ

  10. ދިވެއްސެއް

    ‏"النّاس ماداموا في عافيةٍ مستُورون ، فإذا نزلَ بهم بلاء صاروا إلى حقائِقهم ، فصارَ المؤمنُ إلى إيمانهِ والمُنافقُ إلى نِفاقه ".

    ‏الحسن_البصري⁩ رحمه الله .

    ‏?منهاج اليقين | الماوردي.

    1
    1
  11. ޒިބޫ

    މިސްކިތައް ގިނައިން އަރަނީ ބިދޭސީން އަދި މުސްކުޅިންނާ ކުޑަކުދިން. މަދު ޒުވާނުން ކޮޅެއްވެސް އަރާ. ޒުވާނުން އަރަނީ ކޮފީއައް