ކޮވިޑް-19ގެ ފުރަތަމަ ދެ ކޭސް ފެނިފައިވާ ޅ، ކުރެއްދޫ އައިލެންޑް ރިސޯޓުގައި މުވައްޒަފެއްގެ ގައިން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އޭނާ ފަރުކޮޅުފުއްްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެއީ ދިވެހި މުވައްޒަފެއް ކަމަށާއި، އޭނާއަކީ ފޯކައިދޫގައި އައިސޮލޭޓްކޮށްފައި ހުރި މީހެއް ކަމަށެވެ.

އަދި އެ މީހާ ފަރުކޮޅުފުއްޓަށް މޮނީޓާކޮށް ޓެސްޓުތައް ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކުރެެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްފެފައިވާކަން އިއުލާނު ކުރީ ރޭގައެވެ.

މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު 1 މާރިޗުގައި އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، އެ މުވައްޒަފަކީ ކުރެއްދޫގެ ޚޮންޓްރެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަކުރެވޭ މީހާއި ގުޅުން އޮތް މީހެއް ކަމަށް ބެލެވޭ މީހެއް ކަމަށެވެ.

"ފޯކައިދޫގައި ހުރި ފަރާތަކީ މިވަގުތު ހުރި މައުލޫމާތަށް ބަލާއިރު، ކުރެއްދޫގެ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަކުރެވޭ މީހަކާއި ގުޅުން އޮތް މީހެއް ކަަމަށް އަދި މިހާތަަނަށް މައުލޫމާތު ލިބެނީ، އެހެންވީމަ މިއަދު އެކޮޅަށް ގޮސް ޑޮކްޓަރުން ބަލާ،މިކޮޅުގެ އަޅުގަނޑުމެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މަޝްވަރާއާ އެކީގައި މި ގެންނަނަނީ". އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކުރެއްދޫގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި އެބަ ތިބި ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގގެ ގޮތުގައި މިހާތަނަށް ކުރެއްދޫން 80 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޗަކޮއެ

    ކުރެއްދޫގައި ހުރި އިޓަލީ މީހާ ކުރެއްދޫއިން ޑޮކްޓަރަށްދައްކާފައި ފުރައިގެން ދެވުނީ ކީއްވެހޭ؟ ޑޮކްޓަރަށް ދެއްކި ހިސާބުން އޭނާ އައިސޮލޭޓް ނުކުރެވުނީ ކީއްވެހޭ؟ ޑޮކްޓަރަށް ދެއްކުމުން އޭނާގެ ސާމްޕަލް ނެގިހޭ؟ އޭނާގެ އެއްވެސް ޓެސްޓެއް ހެދިހޭ؟ ޝައްކުވާތީ ފޮނުވާލީހޭ؟ ނުވަތަ ޔަގީންވީމަ ފުރުވާލީހޭ؟

    104
    7
    • ތަހުތު

      އިހުމާލުވެފައިވާނަމަ ކުރެއްދޫ ރިސޯޓު މިހާރުން މިހާރަށް ދައުލަތަށް ނަގާ! ކަނޑައެޅިގެން ރިސޯޓުން މިއޮތީ ޤައުމީ ސަލާމަތަށް ނުރައްކާކޮށްފަ! ދެން އިތުރަށް ދައްކާނެ ވާހަކައެއްނެތް! މިޤައުމަކީ ދިވެހިންގެ ޤައުމު! ދިވެހިންނަށް ގެއްލުންވާގޮތަށް ގަސްދުގައި ފަރުވާކުޑަކޮށްހަދާފައިވާނަމަ އަވަހަށް މިކަންކުރުމަށް ގޮވާލަން! ސިންގަޕޫރަށްވާން ބޭނުންނަމަ ތަހުޤީގުފަށާ މިގޮތަށް ކަންކުރޭ ! ނޫންނަމަ ހުވަފެން ދޫކޮށްލާ!

      8
      2
  2. އާސަންދަ

    ސަމަރް އަިލެންޑުން ވަގުތުން ޝައްކުކުރެވިގެން މެނޭޖްމަންޓުން އެކަން އެލާޓައް ގެނައި . އެކަމަކު ކުރެއްދޫގެ ބޮޑުންނަށް އެކަން ކޮއްލަންވެސް ނޭންގުން.

  3. ހާހޫރަ

    މިކަމާ ބެހޭގޮތުން ކަންތައް ކުރަންވާ ގޮތް ބޮޑަށް އެނގޭނީ އަހަރެމެންގެ އިލްމުވެރީންނަށް.
    ކީއްވެ އެމީހުން އެއްޗެއް ނުބުނެ ސެނިޓައިޒާ އުނގުޅަ އުނގުޅާ އެތިބެނީ؟

  4. ލޮލްލް

    ކުރެއްދޫގަ ހުރި އާއިލާ ކުއްޖެއް މިހާރު އެ 80 މީހުން ތެރޭ ހިމެނޭ ކުެއްޖެއްބުނި ގޮތުން އެމީހާ އައި އިރުވެސް ބަލި ކަމަށާއި އެކަން އެނގުން ނަމަވެސް ރިސޯޓުން ސިއްރުކޮއްފައިވާ ކަމަށާއި އޭނާ ހުންގަދަވެ ރެސްޓޯރަންޓް ތެރެއަށް ވެއްޓެންވެސް ވެއްޓުނު ކަމަށް. އަދި އެހާލަތުގައި ވެސް ރިސޯޓުގެ އެއްވެސް މުވައްޒަފަކަށް ރައްކާތެރި އިކުއިޕްމަންޓް ދީފައި ނުވާކަމަށާއި ޑޮކްޓަރ ވެސް ބަލަން ޖެހުނީ އޯޕަން ކޮށް ކަމަށް. އަދި މިާހރުވެސް ޅ.އަތޮޅުގައި ނޮން ސަނިޓަރީ މާސްކު (އެންމެ އާދައިގެ) ފިޔަވައި ހެޒްމެޓް ސޫޓެއްހާ ހިސާބުވެސް ނެތްކަމަށް...

  5. މނ

    ނާ ގާބިލް ސަރުކާާރު އިސްތިއުފާ

    1
    1
  6. މާރިޔާ

    ތިޔަމީހާ ރިސޯޓުން ބޭރުގަ ކިތައްމީހުންނާ ކޮންޓެކްޓުވެފަބާހުރީ.

  7. އައިސޮލޭޓް

    الله اکبر
    والله أعظم

  8. ބްރޯ

    ތިޔަ މިހާ ޕޮޒިޓިވް ވުމުގެ ކުރިން އެނާ ދަތުރު ކުރި އުލަނދުން ދަތުރު ކުރި މީހުންވެސް ޗެކްކޮށް ބަލަންޖެހޭނެ. މިހާރުއްސުރެ ކޮންޓެކްޓް ވި ހުރިހާ ފަރާތްތައް ޗެކްކުރޭ އަދި 14 ދުވަހަށް ފޯކައިދޫ ކަރަންޓީނުކުރަންޖެހޭނެ

  9. ކާފަ

    ޢައިސޮލޭޓް ކޮއްފައި ވާމީހާ ފޯކައިދޫގައި އެކި ގޭގެޔަށް ޒިޔާރަތްކޮށް ރެސްޓޯރަންޓް ތަކާއި ރައްޓެހިންނާއެކު ވ ގިނަ ވަގިތު ވަނީ ހޭދަކިރެވިފައި، ސޯ، މުޅި ފޯކައިދޫ ބަންދުކޮށް ޓްރޭސް ކުތުމަށް ގޮވާލަން. ޢަދި އަރާފެއިބުން މަނާ ކުރަން ގޮވާލަން.