ރާއްޖެއިން އިތުރު ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ބަތަލާ ރިސޯޓުން ދެބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެއީ ދެފަތުރުވެރިން ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް އަދި އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.
އެހެންކަމުން ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.
ބަތަލާ އިން ތިން މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ ދެމީހުންނެވެ.
ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފެކެވެ. އެމީހުންނަކީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު މިމަހުގެ 01 ވަނަ ދުވަހު ގައުމަށް ދިޔަ އިޓަލީވިލާތުގެ މީހަކާއި ބައްދަލުވެފައިވާ ބައެކެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކުރެއްދޫ ރިސޯޓުގެ ކޮޓަރިތަކުގައި 93 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވެފައި ވެ އެވެ.
ކޮވިޑް-19 ޖެހުމުން އާއްމުގޮތެއްގައި ފެންނާނީ ހުން އައުމާއި، ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތްތަކެވެ. ނަމަވެސް އެއިން އެއްވެސް އަލާމާތެއް ނުފެނިވެސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރެއެވެ. އެހެންކަމުން ކޮވިޑް-19 ފެތުރޭ ގައުމުތަކަށް ޒިޔާރަތް ކުރާ މީހުންނާއި، ބަލި ޖެހިފައި ހުރި މީހަކާއި ބައްދަލުވެފައިވާ މީހުން އަމިއްލައަށް ކަރަންޓީން ވެގެން 14 ދުވަހު ގޭގައި ތިބެން ސިއްހަތާއި ބެހޭ އޮފިޝަލުން އިރުޝާދު ދެއްވައެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުނު ނަމަވެސް އެއްވެސް މީހަކު ކަންބޮޑުވެ ހާސްނުވުމަށާއި މިހާރެކޭ އެއްގޮތައް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން އިލްތިމާސް ކުރައްވައެވެ.
Italy saw a dramatic increase in the number of confirmed coronavirus cases today with a rise of 1,247 in a single day, the Civil Protection Department said in a statement.
ސުބުހާނަﷲ. އެންމެހާ މުސްލިމުން ރައްކާތެރިކުރަށްވާށި. އާމީން.
ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ އެންމެ އަޅުތަކުން މިބަލިން ރައްކާތެ ރި ކު ރައްވާދޭވެ. އާމީން.
ރައީސުމީހާ ބުނަނީ ދިވެހިން ކަނބޮޑުނުވެ ތިބޭށޭ
ބަލި ފަތުރަނީ ރައީސް އެއް ނޫން
ކާކުތަބުނީ ރައިސްއޭ ބުރާންތިވީތަ ރިސޯޓުތައް އެކީ ބަންދުކު ރަންވީ މިއަހަރުގެ ނިޔަލައް ރިސޯޓު ދާއި ރާގަ ވަޒީފާ އަދާކު ރާތާ 21 އަހަ ރު ވަންނާނެ ގެދޮ ރެއްނެތް ރަނގަޅު މުސާ ރައެއްނުދޭ ސާވިސްޗާޖު ދެނީ ދެބައި ކޮއްފަ އެއްބައި ކާލާފަ ޗުއްޓީ ދެވެނީ 6 މަހުން 6 މަހުން ދެންއަނބިމީހާ އިއްދައިން ކެނޑޭކައް މާގިނަދުވަހެއްނެތް މީތޯ ރިސޯޓު މުވައްޒަފުންނައް ހައްގުވާ މިންވަ ރަކީ
ދެންފިއަވަޅުއަޅާ ފާސްކުރިތަނުގަ މީޑިއާ ތައްދޫކޮއްލާފަ ކަމެއްކަޑަވާއިރައް އޮބިނާޅާ
ޢަނެއްކާވެސް އިޓަލީ
ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ އެންމެ އަޅުތަކުން މިބަލިން ރައްކާތެ ރި ކު ރައްވާދޭވެ. އާމީން.
ޓުވަރިސްޓުންގެ ހުންބެލުމުގެ ނިޒާމް ރިސޯޓް ތަކުގަ ވަރުގަދަ ކުރަން ޖެހޭ.... ރާއްޖެއިން ބޭރުގެ ބައެއް ގައުމްތަކުގަ ކޮންމެ ދުވަހަކު ހޮޓަލަށް ވަންނައިރު ހުންބަލާ ހަދާ... އެއީ އެތާ ތިބޭ އެންމެންގެ ސަލާމަތަށް... އިރާދުކުރެއްވިއްޔާ ކޮންޓްރޯލް ކުރެވޭނެ
މާ ބޮޑައްވެސް ލަސްވީ އިޓަލީ މީހުން ބޭރުކުރި ގޮތް
އެދެމީހުން ކަރަންޓީނު ނުކުރޭތަ؟
ރރަންބިސް އަޅާ އަސްދޫނިން މިކަން ފެތިރިދާނެކަމުގެ ބި ރުއޮތް. ބި ރުއޮތީ ރައްޔިތުންގެ މެދުގަ. ސަ ރުކާ ރު ކަންބޮޑެއް ނުވޭ. އެހެނވެތާ މިއޮއްހާ ދުވަހުވެސް ރަންބިސް އެއްކުރަން މަސައްކަތްކު ރީ. ތިއްޖެހިފަވާ މާހައުލެއްގަ އެންމެން ވެސް މިދި ރިއުޅެނީ.
އަދި ހާސްވާކަށް ކައިރިވެސްނުވޭ. އަދި މިވީ ހަތަރެއްނު. ރައްޔިތުން ކަންބޮޑުވާނެކަމެއްނެތް. ރާއްޖެ ހުއްޓުމަކަށް ނާންނާނެ.
މީގެކުރިން އަމިއްލައެދުމެއްފުއްދުމުގެ ބޭނުމުގައި ރާއްޖޭގެރަށްޔިތުން ބަނޑަށްޖެހުނުކަމުގައިވިޔަސް
ޓުއަރިޒަމްބޮއިކޮޓްކުރުމަށް އަޑުއުލި، މަސައްކަތްކުރެއްވި ފަރާތްތަކުގެ އަޑެއް މިހާނުރައްކާތެރި
ވައިރަހެއް ފަތުރުވެރިންގެފަރާތުން ރާއްޖޭގައިފެތުރި ރާއްޖޭގެރަށްޔިތުން ހަނާވެދާނެކަމަށް ނުބެއްލެވީ
ކީއްވެތޯ
މިސްކިތައްދިއަ މީހެއް ނޫނެއްނޫންތަ އިޓަލީ މީހާއަކީ އަދި ރިސޯޓް ތަކުގައި އެއުޅޭ ދިވެހި ރިސޯޓް ބޯއިސް ވެސް ކަރަންޓީނު އެކުރަނީ މިސްކިތުވަޅުގެ ދާނި ހަލުވަން އުޅެނި ކޮށެއްނޫނެއްނު ދެންކީއްވެ މިސްކިތައް ނުދަން ހިތްހަރުދެނީ މިސަރުކާރު ރުއްސަންދޯ މިސްކިތޭ ކިޔުމުގެ ބަދަލުގައި ގެސްޓުންނާ ރާއްޖެ އެތެރެވާ މީހުން ޓެސްޓުކުރެވޭނެ ރަނގަޅު އިތުބާރު ހުރި ނިޒާމެއް ގާއިމް ކޮށް ކުރިން ރައްކާތެރިވިނަމަ މާ ސަޅިވިސް ހަމަ ސަރުކާރު ޑޮލަރުގެ ބޭނުމުގައި ފަރުވާ ކުޑަކޮށް އިހުމާލްވީ ހުރިހާ ދެރައެއް ރިސޯޓު ތަކުގައި މަސައްކަތްކުރާ ނިކަމެތި ދިވެހި އާއިލާ ތަކަށް މީ ހަމަ ސަރުކާރުގެ އިހުމާލް ދެންވެސް މިސްކިތްތައް ފުރާލާ ﷲއަށް ދަންނަވާ ސުނާމީ އައިދުވަހުވެސް އެންމެން ނަށް ހިމާޔަތް ދިނީ މިސްކިތް
މީނަނަޝީދުގެ ބަލާ އަދިވެސްކިޔާ ގައުމުހުއްޓާނުލެވެނޭ މީބޮޑު ނުފޮރޮއްޕާނެއް.
ތިޔަފެންނަނީ ފިޔަވަޅުތަށް އެޅުން ލަސްކުރުމުގެ ހިތިކަން! ބޮޑާ ކަމާއި ކިބުރު ވެރިކަމުގެ ނުބައިކަން! ދުނިޔޭގެ އާޖުފާޖު ނޭގޭ މީހުންގެ އަތަށް ހުންގާނު ދިނުމުން ވާގޮތް!އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެކަމެއްގެ ވަގުތުގައި އެޅިގެން ދާތަން ފެންނަލެއް މަދު! ކޮލެރާ ރޯގާ އަކީ ބަލިޖެހޭތާ ހަތަރުގަޑިއިރުތެރޭ މަރުވާ ބައްޔެއް!އެކަން ކޮންޓްރޯލްކުރީ ރާއްޖޭން ކިޔަވާފައި ތިބި ބައެއްގެ ހިތްވަރުން!
ކަނބޮޑުނުވުމަށް ބުންޏަސް ކުރެއްދޫގަ މަސައްކަތް ކުރާ ސްޓާފުން ޑިއުޓީއަށް ނެރެނީ މަސްކެއް ނުދީ. އެކަަމަކު ކުރެދޫ ރިސޯޓުގެ ހާލަތު އޮތީ ލެވެލް އޮރެންޖު އަށް ބަދަލްވެފަ. ލެވެލް ކިހާވަރަކަށް އެރީމަތޯ މާސްކް އަޅަން އަންގަނީ.
މާސްކް ނާޅަނީ ގަޖބެ އެވައިރަސް ނުޖެހޭނެކަމުގެ ގެރެންޓީ ދީފަ މީހުން.
ޜިސޯޓްތައް ބަންދު ކުރަން ޖެހެ .
އެތާ އުޅޭ ދިވެހިންތައް މަރުވިޔަސް ހެޔޮ މި ސަރުކާރައްޑޮލަރު ލިބެންޔާ