ސައުދީ އަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ، ޑރ. ޚާތިމް ބިން ޙަސަން އަލް މަރުޒޫޤީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި އިޙުތިރާމުގެ ޒިޔާރަތުގައި، ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިޔުން، ތަޢުލީމުގެ ތެރެއިން ނައްތާލެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މަދީނާ ޔުނިވަރސިޓީގެ ރެކްޓަރ، މިއަދު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފސް
މަދީނާ ޔުނިވަރސިޓީގެ ރެކްޓަރ، މިއަދު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފސް

އެގޮތުން، ހައްދުފަހަނައަޅާދިއުން ހިމެނޭ ހިޔާލުތައް ނައްތާލުމަށް މަދީނާ ޔުނިވަރސިޓީ އިންއ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް ރެކްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައިވެސް އެފުރުޞަތު ހަނިކުރެއްވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ރެކްޓަރ އަލި އަޅުއްވާލައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ، ހަމައެކަނި ޝަރީޢާ ފަދަ ދާއިރާތައް ކިޔަވައިދިނުމުގެ ބަދަލުގައި އިންޖިނިއަރނިން ފަދަ ފަންނީ ދާއިރާތައްވެސް ކިޔަވައިދިނުމުގެ މަންޙަޖުގެ ތެރޭގައި ހިމެނުމާމެދު ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މަދީނާ ޔުނިވަރސިޓީގެ ރެކްޓަރ، މިއަދު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފސް
މަދީނާ ޔުނިވަރސިޓީގެ ރެކްޓަރ، މިއަދު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފސް

މީގެއިތުރުން، ރާއްޖޭގެ ތަރައްޤީ މަޝްރޫޢުތަކާއި އިޤުތިޞާދު ކުރިއަރަމުން ދާ ހަލުވި މިނާ ގުޅިގެން، މަދީނާ ޔުނުވަރސިޓީގެ ރެކްޓަރ ވަނީ ރައީސް ޔާމީނަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.