ކޮވިޑް 19 އާއި ގުޅިގެން ފަތުރުވެރިން އައުން މަނާކުރުމުން ފަތުރުވެރިކަމަށް ގެއްލުންވާކަން ފާހަގަކުރައްވާ، އިޓަލީ ރައްޔިތުންނަށާއި، އެޤައުމުގެ ސަރުކާރާއި މުޚާތަބުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިޓަލީ ބަހުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ޖާބިރު ވިދާޅުވީ، އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރީޓާ ޖުލިނާ މަނެއްލާ އާއި ވެސް އެ މައްސަލައިގައި ވާހަކަދެއްްކެވި ކަމަށާ، އިޓަލީއިން ރާއްޖެއަށް ފަތުރުވެރިންނަށް ނާދެވުމަކީ ސަފީރުގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

ޖާބިރު އިޓަލީ ބަހުން ވާހަކަދެއްކެވީ އޭނާ އިޓަލީ ބަހުން ވާހަކަދައްކަވަން ބޭނުންވެލައްވާކަން ފާހަގަކުރެވުމުން، ވަކި ބަހަކުން މަޖިލީހުގައި ވާހަކަދެއްކެވުން މަނާނުކުރާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރެއްވުމުންނެވެ.

https://www.facebook.com/lucasjaleel/videos/2910542579007340/

ޖާބިރު ވިދާޅުވީ އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމަށްވާއިރު އިޓަލީން ފަތުރުވެރިން އަންނައައުން މަޑުޖެއްސުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވާނެ ކަން ފާހަގަަކުރައްވާ ޖާބިރު ވިދާޅުވީ، ފަތުރުވެރިން އައުން މަޑު ނުޖައްސާ މި މައްސަލަ އަށް ހައްލު ލިބޭނެ އެހެން ގޮތެއް ހޯދުން މުހިއްމު ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަކީ ޓޫރިޒަމް އަށް ބަރޯސާވެފައި އޮތް ޤައުމެއް. އެހެންވީމަ، ޓޫރިޒަމް ހުއްޓާލަން އަޅުގަނޑުމެން ޖެހޭ ސަބަބުތަކަކީ ކޮބާތޯ ބަލާލަން އެބަ ޖެހޭ މި ބަހުސް ތެރޭގައި." ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަ މީހުން ސްކްރީންކޮށް، ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރަން ޖެހޭ ކަމަށާ، އެކަން ކުރުމަށް ނިޒާމް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

އަދި ކަންބޮޑުވެވަޑައިގަންނަވަނީ ވިޔަފާރިތަކެއް ފުނޑޭތީ ނޫން ކަމަށާ، ކަންބޮޑުވެވަޑައިގަންނަވަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބަދަލެއްގެ ސަބަބުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނަ އިން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން ކުއްލިއަކަށް މަނާ ކުރުމަކީ މި ސިނާއަތަށް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފނުޑުފުނޑުވެގެން ދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މުހައްމަދު

    އިޓަލީ ބަހުން ވާހަކަދައްކާ މީހުން ބުނަނީ ޖާބިރު އެދެއްކި އެއްވެސްވަހަކައެއް އެމީހުނަށްނޭގޭކަމަށް ވަރަށް ސްޓޫޕިޑް ވާހަކަތަކެއްކަމަށް.

    33
    6
  2. ކާށިދޫ ދަ ޖާބިރު އައިލެންޑް

    މަ ބޮސް އެއީ މޭންއެކޭ މަބުނީ މެއްނޫންހޭ

    9
    6
  3. ހައްހައްހައްހާ

    ހައްހައްހައްހަ.... އިޓަލީ ދާޢިރާގެ އިއްޒަތްތެރި އަބުއި މެންބަރު

    21
    2
  4. ކޮރަލް

    ވާހަކަ ދެއްކީ އަމިއްލަ ފައިދާ އަށެވެ.

    20
  5. ދިޔާނާ

    ޤައުމަށް މިފަދަ ބޮޑުކަމެއް ދިމާވެގެން އުޅޭ އިރުވެސް މި މީހުން ބަލާނީ ކޮންމެވެސް ގޮތަކުން މަޝްހޫރުވެވޭތޯ..އަބަދުވެސް އެހެން މީހުން ނުކުރާ ޒާތުގެ ކަންކަންކޮށްގެން ސަމާލުކަން ހޯދޭތޯ. ކޮންބަޔަކަށް އަންގަންށޯ މީނަ މި ކަމެއް މިކުރީ. ބަޔަކަށް އެއްޗެއް އަންގަން ބޭނުންނަމަ އެބަޔަކު ދަންނަ ބަހަކުން އެ ބަޔަކާއި މުޙާތަބުކުރީމަ ފަހުމްވާނީ. ދުނިޔޭގެ މީޑިއާތަކަށް އަރާނެ.ދެން މާދަންވީ އަނެއްކާ އިޓަލީ މީހުން ރާއްޖެ ގެންނަންފަށަން.ދިވެހިރައްޔިތުންނަށް ވުރެ އެހެން ހުރިހާ ކަމެއް މި މީހުންނަށް މުހިއްމުވާނެ

    32
  6. ބޯހަލާކު

    ރެޑްވޭވް ސަލީމު ނިޒާމީ ނުކުތާއެއް ނަގައިގެން ޖާބެ އިޓަލީ ބަހުން އެދެއްކި ވާހަކަ މޭރުން ނުވިޔޭ ނުބުނިކަން ނަސީބު.. އެހެންޏަ، ރެޑްވޭވް ސަލީމު، ސަހާބީންގެ ވާހަކައެއް ދިވެހިބަހުން މަޖިލީހުގެ ތަޅުމުގަ ދެއްކީމަ ޖާބެއަށް އެވާހަކަ މޭރުން ނުވެގެން ނިޒާމީ ނުކުތާއެއް ނަގައިގެން ސަލީމުގެ އެވާހަކަ މޭރުންނުވިކަމަށްބުނި..

    18
    3
  7. 19 ނަވާރަ

    ނުޖެހޭނެ ފާޑުފާޑުގެ ބަހުން ވާހަކަ ދައްކާކަށް. އަހަރުމެންގެ އަމިއްލަ ބަހެއް މިގައުމުގައި އެބައޮތް. މަޖިލިސް ރައީސަކަށް ހުއްދައެއް ނުދެވޭނެ އެގޮތަށް ކަން ކުރާކަށް

    27
    1
  8. މޮޔަ ވާހަކަ ނުދައްކާ

    އަހަރުމެން ގަބޫލުކުރަން އިގްތިސާދަށް ބޮޑެތި ބަދަލު ތަކެއް އައްނާނެކަން. އެކަމް އިގްތިސާދުވެސް ކުރި އެރުވޭނީ ރާއްޖޭގަ ސަލާމަތުން މީހުން ތިބެގެން ދޯ.. އެ ވަރިހަމަ ދޯ ގެސްޓުން ގެނެވެނިކޮއް.. ދެން ބިރުން ވަޒީފާ އަށް ރިސޯޓު ތަކުގަ އުޅޭ ކުދިން ނުދިޔައީ ޔޯ ނޫނީ ތިޔަ ބަލި ޖެހުނީ ޔޯ.. ދެން ކާކު ތި ގެސްޓުން ތަކައް ޙިދުމަތް ކޮއްދެނީ..؟؟ ޖާބިރުތަ؟؟

    12
    1
  9. ކޮމެންޓު

    ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރާއިރު މިފަދަ ކަންކަމަށް ކޮންޓިންޖެންސީ ހެދިފަ ނެތީމަ ވިޔަފާރި ފުނޑޭނެ. ލިބޭ ހުރިހާ ލާރިއެއް ދިރުވާލީމާ ވިޔަފާރި ފުނޑޭނެ

  10. ާަސެންގުއިން

    ލޮލީ ކިއާންތޭ ނުކިއާންތޭ ނިކަންޕްރެސް ފަހުމެންތޭ ނުވެންތޭ

    13
    1
  11. ޑޮލަރު

    ވިޔަފާރިއަކަށްވުރެން އެއްމެ ފުރާނައެއްވެސް މުޙިންމެ.. ވިޔަފާރިވެރިންނަށް ފެންނާނީ ޑޮލަރޭ! އާންމުންވިސަނަނީ ފުރާނަޔަށެވެ، ތިމާގެ ސިއްޚަތު ރަނގަޅުވެދާނެއެވެ ނަމަވެސް ތިމާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ކާފަ އެވަނީ އުމުރުން ދުވަސްވެފައެވެ، ތިމާ އެވައިރަސް ތިހާ ސިމްޕަލްކޮށ ތިނަގަނީ އިޓަލީން މި އެތެރެވި ތިމާގެ މަންމަ ނުވަތަ ބައްޕަގެ ޤާތިލް ނޫންކަމެއް ކިހިނެތްތޯއެނގެނީ؟؟؟؟؟ ރުފިޔަ ރުފިޔާ ޑޮލަރު

    10
    1
  12. އައްޑޫ މީހާ

    ވާހަކަ ފެށުމާއި ނިމުން ހުރިގޮތުން އަންނިއާއި ޖާބިރު ވަރަށްބޮޑަށް ރާވައިގެން މިއަދު ޖަލްސާއަށްގޮސް ޑްރާމާ ކުޅުނުކަން ސާބިތުވޭ މިކަހަަލަ ޑްރާމާ ކުޅެގެން މަޝްހޫރުވާން އުޅޭ ބައެއް ދެން އަހަރުމެން ބުނަންވީ

  13. ވާނުވާ

    މާ ގިނަ ތަފާތު ކަންތައް ނުކޮށް ކުލި ދައްކަން ޖެހޭ ތަންތަނަށް ކުލި ދައްކާ، މުއައްޒަފުން ނަށް ހަމަ އަށް މުސާރަ ދީ، ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކާ ޓަސް ކިޔާފަ ހަލާސް ކޯށްލަބަލަ. އޭރުން ވާނެ ބޮޑު ވެގެން ވާ ތަފާތަކަށް

  14. ???

    ކޮންތާކުންތަ އިޓަލީ ބަސް ދަސްކުރީ އިޓަލީ މެމްބަރު ?

  15. އ. ޖ. އ
  16. ކައުންސެލަރު ?

    ކަލޯ ޖާބެ މާދަމާ ތިބަހުން ވާހަކަ ނުދާއްކާންތޭ. ތިހެން ވާހަކަ ދައްކާންތޭ.. ޕްރެސިދެންތޭ 24 ގަޑިއިރު ހަމައިގަ ނުހުންނާންތޭ އެއްވެސް އެއްޗެއް ފަހުމު ނުވާންތޭ. ގްރާއްސޭ!

  17. ސިރާޖް

    މުލިން ނުބައިކޮށް އެކިޔަނީ... ކަލޭ ދޭ ކިޔަވަން ކުރިން ޖާބިރު !!!އަނެއް ބުރާންތި އިނދެފައި ޝުކުރިއްޔާ އެބުނި ކީއެއްޗެއް އެނގިގެންތަ އަލެފަހެ، ލަދުން ބޯހަލާކު!!