ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެ އިން ފެނިފައިވާތީ ރައްޔިތުން ހާސްނުވެ، ބިރުނުގަތުމަށް މޯލްޑިވްސް ރެޑްކްރެސެންޓުން އިލްތިމާސްކޮށްފިއެވެ.

ރެޑްކްރެސެންޓުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ މިވަގުތަކީ ހުރިހާ އެންމެން ވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުން މުހިއްމު ވަގުތެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހެލްތު މިނިސްޓްރީ އާއި ރެޑް ކްރެސެންޓުންދޭ މައުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ވީހާވެސް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދިނުމަކީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ހައްލު ކުރެވެން އޮތް ގޮތް ކަމަށް ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓީނުކޮށްފައިވާ މީހުންނަށް ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ސާފު ތާހިރު ކަމަށް އިތުރު އަހަންމިއްޔަތު ކަމެއް ދީގެން ގިނަ ގިނައިން އަތް ދޮވުމާއި މަގު މައްޗަށް ކުޅު ނުޖެހުމަށާއި ކެއްސައި، ކިނބިހި އަޅާ ނަމަ ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މި ބަލީގެ އަލާމާތެއް ފެންނަ ނަމަ، އެކަހެރި ނުކޮށް ހުރިހާ އެންމެން ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ރެޑްކްރެސެންޓުން ވަނީ ގޮވާލައިފައެވެ.

ބިދޭސީއަކަށް ބަލި ޖެހިއްޖެ ހާލަތެއްގައި ތަފާތު ކުރުން ހުއްޓާލައި އިހްތިރާމާއި ގަދަރު ކުރުމަށް ރެޑްކްރެސެންޓުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    ރަތަ ހަނދު ފަޅި ވެސް ބަހުރުވަ ތި ހުންނަނީ ސިޔާސީ ކޮށް ، ބަލަގަ ގަނޑުވަރުތެރޭ ބޭފުޅުންގެ ބަސްމަގު ތިޔާއަކީ އަހުރެމެން އާއްމުން ތިބެންޖެހޭނީ ހޭރެ ހޭރެ ކަމެއްވެއްޖިއްޔާ !

    • ކުޑަ ޖިންނި

      މީހަކު ރަނގަޅަށް އެއްޗެށްބުންޔަސް ކައެ ވާނެ ކޮންމެސް މު
      ކިޔަން