ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޔޫ.އޭ.އީގެ ވެރިރަށް އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އެންގެވީ 2019 ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. ހަމަ އެދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ އެކަން އިއުލާންކުރައްވާފައެވެ.

"އަދި މިއަދު އިރުއޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ،" ރައީސް ޞާލިހް އެރޭ ވިދާޅުވިއެވެ.

ރައީސް ސާލިޙް ވަނީ ޔޫ.އޭ.އީއަށް ރަސްމީ ދެ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ޔޫ.އޭ.އީއަށް ވަޑައިގެންފައިވަނީ 2019 ނޮވެމްބަރު 29 ގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެޤައުމުން ބޮޑެތި އެހީތަކެއް ވެދެމުން އަންނައިރު، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޤާމާ ހަވާލުވެވަޑައިގެން ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެޤައުމަށް ދެވޭ ގޮތް ހަމަޖެހިގެން ދިޔަކަން ވެސް ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢައިޝާ

    ތިޔަށްވާނެ ގޮތެއް އިނގޭބާ

    33
  2. އަހުމަދު

    ޝާހިދު ސަލާންޖަހައިގެން ހޯދާ އެހީއަށްވުރެ ޝާހިދުގެ ދަތުރުތަކަށް ދާ ހާރަދު ބޮޑު. މިއީ މިސަރުކާރުގައި ކަންހިނގާ ގޮތް. އަދި އެމްޑީޕީން ބަލައިގަންނަ ލޮޖިކު.

    41
    2
  3. ަޝާޑު

    އަލްޙަމްދުލިﷲ

    16
    1
  4. ސަލާމް

    ހިޔާވަހިކަން އެންމެ ބޭނުން ޖެހިފައިވާ މީހުނަށް ހިޔާވަހިކަން ދިނުން ފަދަ މުހިންމު ކަންކަމުގައި ބޭނުން ކުރާނެ ކަމަށް އުންމީދު ކުރަން.

    13
  5. ބަޅ

    ތި ލާރިގަނޑުވެސް ސަރުކާރުގެ ބޮޑުން ބަނޑުއަޅާލާނެ އަދި ނުވިތާކަށް މިއުޅޭ މާލޫދު ޝާހިދު ރައްޔިތުންގެ ބައިތުލް މާލު ހުސްކޮށްްފި ވޯލްޑް ވައިޑް ޓުއާތަކަށް ގޮސް. ބަ މިއީ

    19
    1
  6. ރައްޔިތުމީހުން

    ބައިވަރު ލާރި ލިބޭ ވާހަކަ ކިޔާ ދޯ ބޮޑު ކޮށްފަ.. އެޔަށް ވާ ގޮތުގެ ތަފްސީލު ވެސް އެނގެން ވާނެ.. އެއްވެސް އެއްޗެއް ބައިތުލަމާލަކަށް ނުވަދޭ ވިއްޔާ..

    15
    1
  7. ދަރަނި ދަންތުރަ

    އަވަހަށް ބަނޑުފުޅު އަޅުއްވާލައްވާ ވޯޓުކޮޅެއް ގަނެލެވޭނެ ތޯއްޗެ

    10
    • ސަޓޯ

      އާން. އަދިވެސް ދުވަނީ އިލެކްޝަން ނުބޭއްވިގެން ވިއްޔަ.. ވަބާއެއް ކަހަލަ ވައިރަސް އެއްގެ ބިރުވެރި ކަމެއްގައި ދުނިޔެ އޮތް އިރުވެސް..

  8. ދޮން ހަސަނު

    ދިވެހިންވާނީ ހަމަ ދިވެހިން ނަށް. ދަތުރެއް ކުރެއްވިއްޔާ ގޮވަން ފަށާނެ މިވެނި މިލިއަން ރުފިޔާ ޚަރަދު ކޮއްފިޔޭ ދަތުރަށް. ދަތުރުކޮށްގެން އެހީއެއް ލިބުނިއްޔާ ގޮވާނެ އެ ދަވާލައިފިޔޭ، ކައި ހުސްކޮށްފިޔޭ. މީވާ ފިސާރި ބަޔަކު އުޅޭ ތަނެއް.

    6
    3
  9. ހުސޭނުބޭ

    ތި ލިބުނު އެހީއިން ބައިއަޅާ ލިސްޓުގައި މަގޭ ނަން ޖަހާލަދޭތި! އެނގޭ ރައްޔިތުންނަށް ތިއިން އެއްވެސް އެއްޗެއް ނުލިބޭނެކަން! އެއްޗެއް ލިބޭނީ ޝާހިދުމެން މަހުލޫފުމެންގެ ދަތްދަށުން ސަލާމަތްވެގެން!

  10. ޑެން

    ދެން ތީތިކޮޅުވެސް ކާލާ !! ރީނދޫ އެކަކަށް ވެސް ވޯޓެއް ނުދޭނަން .2 އަހަރު ވީއިރު ވީ ކަމެއް ހަރާމޭ. ކިއި ހުރިހާ އެއްޗެއް ވެރިކަން ލިބުނީމާ ކުރަނީ ދިމާއިދިކޮޅަށް. ބޯހިޔާވަހި ކަމެއް ވެސް ނުދެވުނުތާ ކުލި ވެސް ކޮންޓްރޯލް ކުރެވުނީކީ ނޫމް . މާލޭމީހުން ކުއްޔަށްދޭން ފްލެޓް އަޅާފައި ވޯޓް ހޯދަން ރާއްޖެތެރޭ މީހުން ގާތަށް ނާންނާތި. ހަބަރުދާރު !

  11. ސަޓޯ

    ބަދަލުގަ ކިތައް ރަށް ތިދިނީ ؟؟

  12. Anonymous

    ތިލާރި ވަންނަ ތަނެއް ނޭނގޭ. މަޝްރޫޢުއެއް ނުހިނގާ. މަސްވެރިންނަަށް އެހެންވެސް މަސައްކަތްކުރާ މީހުނަށް ފައިސާއެއްނުދޭ. ރިޒާވް ވަނީ ދަށް.އެކަމު ދަރަނި 7.2 ބިލިއަން.