ބަލިތަކުން ރައްކާތެރިވެ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާފިޔަވަޅެއް މި ސަރުުކާރުން އަދި ސަރުކާރު ހިންގާ ޕާޓީ އެމްޑިޕީން ކަށަވަރުކުރާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރ މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއި ވިދާޅުވީ ދިވެހި ސަރުކާރުން ވަނީ ފެތުރެމުން މިދާ ކޮވިޑް-19 އަށް ވަރަށް ބޮޑެތި ރަނގަޅު ފިޔަވަޅުތަކެއް އަޅަފައިކަމަށެވެ. އެގޮތުން ފާއިތުވި ދިހަ ދުވަސްތެރޭގައި ތިރީސް ކޮޓަރީގެ ހޮސްޕިޓަލްއެއް ވ. ވިލިވަރުގައި ގާއިމްކުރެއްވުން އެއީ ސަރުކާރުގެ މަސަތްކަތް ނުހަނު ބަލައިގަނެ އެކަމަށް ޝުކުރު ހައްގުވާ ކަމެއް ކަމުގައި ރާއީ ވިިދާޅުވިއެވެ.

ރާއީ ވިދާޅުވީ ފެތުރެމުން ދާ ކޮވިޑް-19 އަށް ސަރުކާރުން ތައްޔާރުވަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމަަށެވެ. އަދި އެކަންކަން ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ކަށަވަރުކޮށް ތަންފީޒުކުރައްވާނެ ކަމުގައި ރާއީ ވިދާޅުވިއެވެ. އަދި އެމަނިކްފާނު ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނު ނަމަވެސް އެކަމަށް ފަހަތައް ނުޖެހޭނެ އެވެ.

"ފާހަގަކޮށްލަން އަޅުގަނޑު މެންވެސް އަދި ދިވެހި ރައްޔިތުންވެސް ޤަބޫލުކޮދްގެން ނުވާނެ ތިންވަނަ ބޮޑު ހަނގުރާމަ މި ފެށުނީ ކަމަށް. ކާޑާއި ހުރިހާއެއްޖެއް ރައްކާތެރިކޮށްގެން މާޔޫސްކަން މަތީގައި ތިބެ ދެން ދުނިޔެ މި ނިމުނީ ކަމަށް ޤަބޫލުކޮށްގެން އަޅުގަނޑުމެންގެ މި ދިރިއުޅުން ބަދަލުކުރާ ހިސާބަކަށް އަދި ނުދޭ. އެހެން ކަމުން އާންމު އުސޫލުން ދިރިއުޅުން ކުރިއަށްގެންގޮސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ހެލްތު މިނިސްޓްރީން ދޭ އިރުޝާދުތަކަށް ތަބާވެ އެކަން ކަމަށް ދެނެތިބެގެން ދިޔައީމާ ގަބޫލުކުރެވޭ ގޮތުގައި މިކަން ކަމަކީ މާބޮޑެތި ކަންކަމަށް ނުވެ ދާނެ". ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ އަމިއްލައަށް ޖަލެއް ހަދައިގެން އޭގެތެރޭގައި ބަންދުވެފައި ތިބޭ ތިބުން އެއްގޮތަކަށްވެސް ޤަބޫލުނުކުރައްވާ ކަމަށާއި އެކަންކުރާ މީހަކީ ޔާމިން ކަމަށެވެ. އަދި މީޑިއާތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ އުސޫލުން މިކަންތަށް ކުރިީމަ މާ ބޮޑަށް ރައްޔިތުން ހިތް ބިރުގަންނަނީ ކަމުގައި ރާއި ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔެއަސް ފެތުރެމުންދާ ވަބާއެއް ރާއްޖެއަށް ވެސް އައުން އެއީ އެކަށިގެންވާ ކަމެއް ކަމަށާއި މިފަދަ ބަލިން ރައްކަތެރިވުމަށް ހެލްތުގެ ބޭފުޅުންނާއި އަދި ސަރުކާރުންދެއްވާ އިރުޝާދުތަށް ބަލައިގަނެ އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ ބައްޔެއް ފެނުމުން ބިރު ނުގަތުމަށް މެންބަރ އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  ގާތު އަހާބިލަ މިގެއަށް ކޮރުނާ އަންނާނެ ދުވަހަކާއި ޓައިމެއް. އޭރުންތާ ގޭގަ ހުންނަން އެނގޭނީވެސް.

  14
 2. ޑަބިޔާ

  ރާއި ކަލޭ މޮޔަ ގޮވަނީތަ 30 ކޮޓަރި އެޅީ އަންނި އެބުނީ އެރަށެއްގެ ހޮސްޕިޓަލުގަޔޭ ކޯފާ 19 ޖެހުނު މީހުން ބައިތިއްބާނީ. ކޮންކަމެއް ކުރެވުނީ އިޓަލީމީހާ އެދިޔައީ މުޅި މާލޭގަ 2 ދުވަސް ވަންދެކަ އުޅެފަ. މީގެން އިގެނީ ކަލޭމެން ފޭލްވެފަކަން. ދެންގޮވާލަ ކޯފާ 19 ޖައްސާފައޭ ކައުންސިލް އިންތިހާބު ކާމިޔާބުކުރަަނީ

  29
  • ފުތު

   ކޯފާ 19 ރަނގަޅު ނަމެއް

   17
 3. Anonymous

  ރާއީ ރީނދޫ ހުން ޖެހުނީމަ ބޯ ބުރާންޗަކަށް ބަދަލުވީދޯ

  21
 4. ކުލޭ

  ކޮންމެއަކަސް ވަރަށް ނާޤާބިލް ސަރުކާރެއް މީ

  20
 5. ރާއީބާއީ

  ޢިޓަލީގައި ބަލިފެތުރެމުން ދަނިކޮށް ބަލިޖެހިގެން ހުރި މީހަކު އިޓަލީން ރާއްޖެއައިސް ރާއްޖޭގެ އެތަންމިތަނުގައި އުޅެފައި ފުރައިގެން ގޮސް ބަލިހުރިކަން އޭނަރިޕޯޓު ކޮށް ރާއްޖެއަށް އެންގީމާތިކިޔަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާވާހަކަ! ޙޭބުއްދިފިލާފައިތޯ ތިހުރީ!

  21
 6. މާމި

  ތިނަދޫ މުގުނީ އިދިކޮޅު މީހުން ކޮރޯނާގަ ޖައްސަން ބުނެފަ މިހާރު ކޮރޯނާ މުޅިރާއްޖެއަށް އިޓަލީން އިންފޯޓުކޮއްދީފި މީ ރައްޔިތުނަށް ހެޔޮއެދޭ މަޖިލިހުން ކޮއްދިން ކަމެއްކަމަށް ގަބޫލުކުރަން ޝުކުރިއްޔާ މެމްބުރާންތި އަށް،،

  23
 7. ޢަލިބެ

  ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން އަޅާކަމުގެ ފުރަތަމަ ހެއްކަކީ، ޗައިނާފިޔަވައި އެންމެބާރަށް ކޮރޯނާވައިރަސް ފެތުރެމުންދިޔަ އިޓަލީ މީހުން އެމީހުންގެ ފުށުން ރާއްޖެއަށް އެބަލި އަންނަންދެން ރާއްޖެއަށް އައުން މަނާނުކޮށް ޑޮލަރުބޮނޑިއާ ދިމާއަށް އަނގަހުޅުވައިގެން ތިބުންތަ؟

  22
 8. ދޮން ހަސަނު

  މިކަހަލަ ތަނެއް ދޮރެއް ނުދަންނަ ގަމާރުން އެމްޑީޕީ މެމްބަރުގެ ގޮތުގަ މަޖިލީހަށްވަދެތިބީ އަދަބެއް އަޚުލާޤެއް ގޮތެއްފޮތެއް ނުހުރޭ ދުލައް އައިހާއެއްޗެއް އަޑަށް ބާރުލާފަ ގޮވާ ނަގަނީ އެޖެންޑާ 19 އޭކިޔާ ސިއްރު މަކަރުވެރި ރޭވުންތައް ހިތުތެރޭނުބެހެއްޓިގެން ދުލުންބޭރުކުރަނީ މުޅި ޤައުމުގެ ރައްޔިތުން މަރާފަވެސް ވެރިކަން ކުރަން ބޭނުންވަނީ މިޤައުމަށް ކޮރޯނާ ވައިރަސް ވެއްދީ އެމްޑިޕީ ސަރުކާރުން އަދި އެ ބަލި މުޅި ޤައުމަށް ފަތުރަނީވެސް އެމްޑިޕީ ސަރުކާރުން އިޓަލީ މީހުން ރާއްޖެއައުން ނުހުއްޓުވައި އެމީހުން ރާޖެގެނެސް މުޅި ޤައުމަށް އެ ބަލިފެތުރީ ހަމަ ގަސްތުގަ މި ސަރުކާރުން

  12
 9. ހުސޭނުބޭ

  ހީވަނީ މި ބޯބުރާންތިހެން ސަރުކާރު ހިންގަނީ! ލޮލް!

 10. علي وحيد

  މިސަރުކަށް އެއްވެސް ބައްޔަކަށް ރަށްކާތެރި ކަމުގެ ފިޔަވަޅެއް އެޅިފައެއްނެތް ނުވެސް އެޅޭމެ.

 11. ހިޔަޅު

  ކޮންމެ ސަރުކާރެއްގެ ކާޅުތަކުގެ އަޑުއަހާ އެޔަށް ރައްދުގައި ހުސްއަނގަ ތަޅާނީ ކޮހުން

 12. ތެދުބަސް

  ރައީސް ސޯލިހު މިކަންތަށްތަށް ކުރަށްވާލެއް ފުރިހަމަ ކަމުން ބުށްޅަބެ އާއި އޭނަގެ އަައުވާނުންއެއުޅެނީ ހަޖަމް ނުކުރެވިގެން އެއުޅެނީ. ތީމިހާރު މިސަރުކާރުގެ ހައްޕުނޑު.

 13. އީޖާބޭރާއްޖެ

  ބަލަ ތިޔަބުނާ 10 ކޮޓަރި އެޅީ މިނިކަމެތި ރައްޔަތުން ނަގާ 6% ޖިޒީގެ ރުފިޔާއިން އަދި ތިޔަބޭފުޅުނއގެ މުސާރަވެސް ނަންގަވަނީ ހަމަ ޓެކްސްޕޭ ރުފިޔާއިން އަދި ތިޔަ ވިދާޅުވާ ކޮޓަރިތައް އަޅަން ކިހާ ފައިސާއެއް ދިޔަތޯ އަދި މަސައް ކަތް ކުރީ ކޮންބަޔެއްތޯ ބަލަ މިހާރު އޮޅުވައެއް ނުލެވޭނެ މީ 40 ގެ އަހަރުތަކެއް ނޫނެއް ނޫންތޯ ރައްޔަތުންނައް އެބަ އެނގޭ ހުރިހާ އެއްޗެއްވެސް އެކަމަކު ކުރެވޭނެ ކަމެއް ނެތީމަ ތިބެނީ އޭގެ ނާޖާއިސް ފައިދާ ތިޔަ ނެގެނީ

 14. ނަޝީދު

  ސަރުކާރުގެ ނާޤާބިލުކަން ނިކަން ދެކިބަލަ! އެބުނާމީހަކު އެ ދިޔައީ އެމީހާ ބޭނުންތާކަށްގޮސް، ބޭނުންކަމެއް ކޮށްގެން މި ސަރުކާރަށް ކުރެވުނު ހަމަ އެއްކަމެއްނެތޭ! ދެން ކޮން ވާހަކައެއްތޯ؟ ކޮން ފިޔަވަޅެއްތޯ؟

 15. ދައްކާވާހަކަ

  އާނ ދޯ! ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ބަލިޖެހިފަ ތިބޭމީހުން ރާއްޖެއަށް ގެނައުން ހިމެނޭ، އެކަން މިހާރުވަނީ ކޮށްނިންމާފަ