ހުރިހާ އޮފީތަކުގައިވެސް އިނގިލި ނިޝާން ޖަހުމުގެ ނިޒާމް ވަގުތުން ހުއްޓާލައި އެހެން ގޮތެއް އެކުލަވާލުމަށް ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު ޖަމާލް ވިދާޅުވެއްޖެއެވެ.

މިއަދު ކޮމިއުނިކޭޝަން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި މަލީހު ވިދާޅުވީި ފިންގާޕްރިންޓް ނިޒާމު ވަގުތުން ހުއްޓާލައިމ އޭގެ ބަދަލުގައި ޓެގެއް ނޫނީ ކާޑު ބޭނުންކޮށްގެން ސްޓާފް އެޓެންޑެންސް ބެލެހެއްޓޭ ނިޒާމެއް ނުނީ ޑޯރ އެކްސެސް ކޮންޓްރޯލު ކުރުމުގެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މަލީހް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށާއި، މާބަނޑު މީހުންނަށް ލުއިތަކެއް ދިނުމަށް މަޝްވަރާކުރާ ކަމަށް ވެސް މަލީހުވަނީ ފާހަގަ ކުރައްވާފައެވެ. އޭގެއިތުރުން މަލީހުވަނީ ކޮވިޑް-19 އާއި ގުޅިގެން އެމަޖެންސީ ހާލަތެއް އަތުވެއްޖެނަމަ ކޮމިއުނިކޭޝަންގެ އެސް.އޯ.ޕީތައް އިތުރަށް ރަނގަޅުކޮށް ޕްލޭންތަކެއް އެކުލަވާލާނެކަމަށް ވިދާޅުވެފައެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައިން އަތް ދޮވުމަށާއި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ބޭނުން ކުރުމަށް ހެލްތު ޕްރޯޓެކްޝަން އޭޖެންސީއިން ވަނީ އިލްތިމާސްކޮށަފައެވެ. އަދި މި ބަލީގެ އަލާމަތެއް ފެންނަނަމަ ލަސްނުކުރައްވާ ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް ހަތަރު މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީ މުއައްޒިފެކެވެ. އެމީހުންއަކީ ޗުއްޓީ ހޭދަކުރުމަށްފަހު މިމަހު 01 ވަނަ ދުވަހު ގައުމަށް ދިޔަ އިޓަލީވިލާތުގެ މީހަކާއި ބައްދަލުވެފައިވާ މީހެކެވެ. އޭގެއިތުރުން، ބަތަލާ ރިސޯޓުންވެސް ދެ ފަތުރުވެރިއަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މާލެއިން ވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި މީހަކު ވަނީ ފެނިފައެވެ. އަދި އިތުރު 15 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޥަފާ

    އޮފިސް ތަކުގެ އެޓެންޑެނސް ކާރޑަށް ބަދަލު ކޮށް ބާކީ ހުރި ދޮރުތަށް ހުޅުވާނީ ކޯއްޗަކުން

    10
    1
    • ބެއްޔާ

      އެއްދޮރު ކާޑުން ހުޅުވޭކަމަށްވަންޏާ ހުރިހާ ދޮރެއްވެސް ކާޑުން ހުޅުވޭގޮތް ހެދޭނެ.

    • ބޮޑި

      ބޮޑު މަރުތޭލުން

  2. ކައުންސެލަރު ?

    އަތަށް ލައްވާނެ ތުނި ރަބަރު އަންގި އޮފީހުން ދިނީމަ ނިމުނީ!

    2
    1
  3. ކުއްޖާ

    އަހަރެމެން އިއްޔެއިން ފެށިގެން ފިންގަ ޕްރިންޓް މެޝިން ދޫކޮށް ހަމަ އެކަނި ކާޑު ބޭނުންކޮށް އެޓެންޑެންސް ނެގޭ. ތޭންކްސް ޓު ދަ އައިޓީ ޓީމް. ދޭ ޕްރިޕެއާޑް ފޯ ތިސް ޓައިޕް އޮފް ސިޗުއޭޝަން އޮން 2016. ކާޑު ބޭނުންކޮށް ހުރިހާ ތަނެއް ހުޅުވޭ ގިތޮށް ހުރީ ކިތަށް އޮފީސް ކަމެއް ނޭނގެ.

  4. މުހައްމަދު

    ސިސްޓަމުން ކަރަންޓްކަޑާލުމުން ދޮރުތައްހުޅުވޭނެ.

    4
    1
  5. ާއަހުމަދު

    މީހާނަޔަސް ގިނަފަހަރަށް ހުންނާނީ ކާޑުޖެހިފައި

  6. Anonymous

    މިއުޅެނީ ހުސް މޮޔަައިންތާ.