އަލިދޫ ރިސޯޓްގެ މުވައްޒަފުންނަށް މުސާރަ ނުލިބި ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް މުވައްޒަފުން ބުނެފިއެވެ.

އަލިދޫ އައިލެންޑް ރިސޯޓަކީ ހއ. އަތޮޅުގައި ޔޮޓް ޓުއާޒް މޯލްޑިވްސްއިން ހިންގަމުން އަންނަ ހަތަރު ތަރީގެ ރިސޯޓެކެވެ.

އަލިދޫ ރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު "ވަގުތަށް"މަޢުލޫމާތުދެމުން ބުނީ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭތާ މިހާރު 8 ވަރަކަށް މަސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ދިވެހި މުވައްޒަފުން ވަޒީފާ ދޫކޮށް ގޮސްފައިވާ ކަމަށެވެ.

މިހާރު އަލިދޫ ރިސޯޓްގައި 15 ވަރަކަށް ދިވެހި މުވައްޒަފުންނާއި އެކު ރިސޯޓްގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން މަސައްކަތްކުރާއިރު އެމީހުންނަށްވެސް މަހުން މަހަށް މުސާރަ ނުލިބޭ ކަމަށް އޭނާ ކިޔައިދިނެވެ.

"ބިދޭސީ މުވައްޒަފުން ވަރަށް ގިނަ މިހާރު، ދިވެހި މުވައްޒަފުން މުސާރަ ނުދޭތީ ކެނޑިގެން ދަނީ، ބިދޭސީން ވެސް އެބައުޅޭ މުސާރަ ނުލިބޭ މީހުން، މުސާރަ ނުލިބޭތާ 11 މަސްވެފަ ތިބި މީހުން ވެސް އުޅޭނެ، އަސްލު އެހާ ގިނަ ބިދޭސީ މުވައްޒަފުން ގެންގުޅުމަކީ ވެސް މައްސަލައެއް،" މުވައްޒަފު ބުންޏެވެ.

ރިސޯޓްގައި މުސާރައިގެ އިތުރުން ކެއުން ވެސް ވަރަށް ފެންވަރު ދަށް ކަމަށް އޭނާ ބުންޏެވެ.

"މުގު ރިހަ އާއި ބަތް އާންމުކޮށް ހުންނަނީ ކާން،" އޭނާ ބުންޏެވެ.

މުސާރައިގެ މައްސަލާގައި މެނޭޖްމެންޓާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވީ ނަމަވެސް މިކަމަށް ހައްލެއް ވަނީ އަދިވެސް ވަނީ ނުލިބި ކަމަށް އޭނާ ބުންޏެވެ.

މި މައްސަލާގައި ޔޮޓް ޓްއާޒްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

3 ކޮމެންޓް

  1. އަލިދޫރެސޯޓް، ހޮލިޑޭރެސޯޓް، ޒިތާލީ، ފިލިތެޔޮ، ބަތަލާ، މެދުފުށި، މިހެންގޮސްގުނާލެވޭނެ ދިވެހިންހިންގާރެސޯޓުތަކެއްވެއްޖެ، ގިނަޢާއިލާތަކެއް..ގިނަމުވައްޒަފުންތަކެއް އެވަނީދިިގުއިންތިޒާރުތަކެއްކުރަންޖެހިފައި.. ޚުދު މަށަކީވެސްއެފަދަހިތްދަތިދުވަސްތަކެއް ގުނަމުންދާމީހެއް.. އެއްކުންފުންޏަކުންހިންގާ ދެރިސޯޓުގައިމަސައްކަތްކޮށްފިން.. އޭގެތެތެއިންފުރަތަމަރިސޯޓުން ތިންމަހުގެސާވިސްޗާޖާއި ދޮޅުމަސްދުވަހުގެ މުސާރަވެސްވަނީނުލިބިފަ..އަދިމިހާރުމިއުޅޭރިސޯޓުންވެސް ހަތްމަހުގެސާވިސްޗާޖުއަދިވަނީނުލިބި.. ވީމާހުރިހާކުދިންވެސްހިތްވަރުކޮށްލާތި... ރީތިގޮތުގަތިބޭތި..

  2. މ.މެދުފުށި ރިސޯޓް ގެ މުވައްޒަފުންނަށް ސާވިސް ޗާޖް ނުލިބޭ ވާހަކަވެސް ލިޔެލަބަަލަ.

  3. މީ ސަރުކާރުން ވަރަށްބޮޑު އިސްކާމެއްދެއްވައިގެން ބައްލަވަންވެއްޖެ ކަމެކެވެ. އެއީ މިކަމަކީ ބޮޑުވަމުން އަންނަ މައްސަލައަކަށް ވާތީ އެވެ.