ކޮވިޑް-19 އާ ގުޅިގެން ގައުމު ހުއްޓުމަކަށް ނައިސް ގޭގައި ތިބެގެން ސަރުކާރުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ގޮތްތައް ރޭވުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މަޝްވަރާތައް ކުރަން ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިޗާއިރު، ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ސަރުކާރުގެ މުވައްސަސަތަކުގެ އައިޓީ ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއެކު ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވީ ކާރިސާއެއް ދިމާވުމުން ވެސް މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންގަވާފައިވާ ކަމަށެވެ.
އަދި ކޮވިޑް-19އާ ގުޅިގެން ހުރިހާ އޮފީތަކުގައިވެސް އިނގިލި ނިޝާން ޖަހުމުގެ ނިޒާމް ވަގުތުން ހުއްޓާލައި އެހެން ގޮތެއް އެކުލަވާލުމާއި ގުޅޭ ގޮތުން މަލީހް ވަނީ ވާހަކަދައްކަވާފައެވެ.
މަލީހު ވިދާޅުވީި ފިންގާޕްރިންޓް ނިޒާމު ވަގުތުން ހުއްޓާލައި، އޭގެ ބަދަލުގައި ޓެގެއް ނޫނީ ކާޑު ބޭނުންކޮށްގެން ސްޓާފް އެޓެންޑެންސް ބެލެހެއްޓޭ ނިޒާމެއް ނުނީ ޑޯރ އެކްސެސް ކޮންޓްރޯލު ކުރުމުގެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
މަލީހު ވަނީ ކޮވިޑް-19 އާއި ގުޅިގެން އެމަޖެންސީ ހާލަތެއް އަތުވެއްޖެނަމަ ކޮމިއުނިކޭޝަންގެ އެސް.އޯ.ޕީތައް އިތުރަށް ރަނގަޅުކޮށް ޕްލޭންތަކެއް އެކުލަވާލާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހެކެވެ. މި ހަތަރު މީހުންވެސް ފެނިފައި ވަނީ ރާއްޖޭގެ ދެ ރިސޯޓަކުންނެެވެ.
ބައްލަވާ ގެއެއް އޮތްނަމަ އެއްނު ގޭގައި މަސައްކަތް ކުރެވޭނީ. މިއުޅެނީ 20 މީހުން 10 ފޫޓު ގޮޅިއެއްގައި. އެތާ އޮވެގެން ކިހިނެތް މަސަކަތަ ކުރާނީ.
އޮފީސް ކޮމްޕާއި ފައިލް ކެބިނެޓް ގެއަށް ބަދަލުކޮށްދީ! އޭރުން ކުރެވިދާނެ!
އަވަސް ގޮތެއްގައި ތިކަން ކަން ހަމަޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު
ޢަލީވަހީދު އާއި މަޖިލިހުގެރައިސްވެސް ވިދާޅުވީދެއްތޯ މިއީ މިހާބޮޑުކަމެއްނޫނެ ސައިބޯނިލައިގެން އަޔްދޮވެލީމަ ފުދޭނެޔޭ މިހާރު މިވަނީ ކިހިނެއް ؟