ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައެއް ގާނޫނުތައް އިސްލާމްދީނާއި ހިލާފަށް ބަދަލުކުރަން ހުށަހެޅީ އެކަމަށް ވާގިވެރިވާ އަދި އެފަދަ ނުފޫޒު ފޯރުވުމަށް ޖާގަ ދޭ ފަރާތްތަކެއް ދިވެހިންގެ ތެރޭގައި ތިބުމުން ކަމަށް އަދާލަތު ޕާޓީ އިން ވިދާޅުވެއްޖެއެވެ.

އީޔޫ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނަށް ނިސްބަތްވާ އަދާލަތުން މިހެން ވިދާޅުވީ އެ ޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި ބައިނަލަގްވާމީ މުއައްސަސާތަކާއި ގިނަ ގައުމުތައް އެކުލެވޭ ގުނަވަންތަކެއްގެ ބައިވެރިއެއްގެ ހައްސިއްޔަތުންނާއި ތަފާތު އެކު މުއާހަދާތަކުގެ ބައިވެރިއެއްގެ ގޮތުން ދިވެހިރާއްޖެ އަކީ ބައިނަލަގްވާމީ މުޖުތަމައުގެ ފަރުދެއް ކަމަށެވެ. އަދި ރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކުގައި ހިމެނޭ އިސްލާމްދީނާއި ފުށުއަރާ މާއްދާތަކުން ރާއްޖެ އަންނަނީ ޒަމާނުއްސުރެ ބަރީއަވަމުން ކަމަށާއި ނަމަވެސް އެކިއެކި މިނިވަންކަން ދިނުމަށް ތަކުރާރުކޮށް ބައިނަލަގްވާމީ އެކިއެކި ފަރާތްތަކުން ގޮވާލަމުން ދިޔުމަކީ ދިވެހި އެންމެހާ އަބްތާލުން އެކަމަށް ސަމާލުވެތިބެންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭޣެ ތާރީހަށް ބަލާއިރު ބޭރުގެ ފަރާތްތަކާއި ބާރުތަކުގެ ނޭދެވޭ ނުފޫޒު ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ މުއައްސަސާތަކުގެ ބާރުކެނޑި ރައްޔިތުން ބައިބައިވެ އަމިއްލަ އެދުމުގައި ދިވެހިންނަށް ގެއްލުން ދޭން ތިބި ހާއިނުންގެ މަދަދުވެރިކަން ލިބުން ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު މުއައްސަސާތަށް ވެސް ލުހެލާފައިވާ ކަމަށާއި ގައުމަށާއި ދީނަށް އިހުލާސްތެރި ފަރާތެއް ހުރި ނަމަ އެ ފަރާތެއްގެ އަނގަ ބަންދުކުރުވައި ބާރު ކަނޑުވާލައި ދީނާއި މިނިވަންކަން ހިމާޔަތް ކުރުމުގެ މަސްދަރުތައް ފުނޑުފުނޑު ކޮށްލާފައިވާ ކަމަށްވެސް އަދާލަތުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި މި ހާލަތީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު ފަހިވެފައިވާ ހާލަތެއް ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ދުސްތޫރީ މިނިވަންކަން ވައްކަމާއި ފަސާދައިގެ އަހުލުވެރިންގެ އަތް ދަށުވެ ގެއްލި ދިއުމަށް ޖާގަ ދީފިނަމަ ބައިނަލްއަގްވާމީ އެކި ނުފޫޒުތަށް ރާއްޖެ އަށް ފޯރުން ނުހުއްޓުވޭނެ ކަމަށާއި މިފަދަ ނަތީޖާއެއް ނުކުތުން ހުއްޓުވޭނެ ދިފާއަކަށް ތިބީ ދިވެހި ރައްޔިތުން ކަމަށް އަދާލަތުން ވިދާޅުވިއެވެ.

"މިއަދު ދިވެހިރާއްޖޭގެ ދީނާއި، ދިވެހިންގެ އަގީދާ އާއި، އިސްލާމީ އަހުލާގާއި، ދީނީ ޝިއާރު ހިމާޔަތްކުރަން ތިބި ހަމައެކަނި ބަޔަކީ ދިވެހިންނެވެ" އަދާލަތުން ވިދާޅުވިއެވެ.

މުއައްސަސާތަށް ނެތި ކިލަނބުވެފައިވާ މި ދަނޑިވަޅުގައި ދިވެހިން ހޭލާ ސަމާލުވެ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނައްތާލުމަށް މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކުގެ ކިބައިންނާއި އެކަމަށް ޖާގަ ތަނަވަސްކޮށްދޭ ދިވެހި ހާއިނުންގެ ވަކިތަކުން ދިވެހި ދައުލަތް ސަލާމަތްކޮށް އަންނަން އޮތް ޖީލުތަކަށް މި ގައުމު ސައްތައިން ސައްތަ އިސްލާމީ މިނިވަން ގައުމެއްގެ ގޮތުގައި ވާސިލުކޮށްދިނުމަށް ދިވެހި ރައްޔިތުންނާއި ސިފައިންނާއި ފުލުހުންނަށް އަދާލަތު ޕާޓީ އިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެނގޭތަ

    ރާއްޖޭގައި ނާއިންސާފާއި ކޮރަޕްޝަނަށް ހިތްވަރުދޭ ބަޔަކު ސަރުކާރު ތެރޭގައި ވެސް އުޅޭތީ ނޫންތޯ ސަރުކާރު ތެރޭގައި އެކަންކަން އެ ހިނގަނީ. ތި ވާހަކައަކީ ނުބުންޏަސް އެނގޭ ވާހަކަތައް.

  2. މަހަށްމަހަށް

    ތިޔާގެ ތެރޭގައި އެންމެ ކުރީގައި އުޅޭނީ އެމެންގެ ރަންރީނދޫ ޓްވިޓަރޭ އޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ..

  3. ާވަތުބަތާނަ

    ކޮބާތަ އަނާރާ އާއި ޢަލީ ޒާހިރު. ކޮބާ ކަލޭމެންގެ އަނގަ ބައްދައިގެން ވެރިކަން ހޯދަން ބަޔަކު އުޅޭކަން އެނގޭތަ

  4. ސޯސާ

    އޕ ތިއުޅެވެނީ އެބައިގަޑާއެކު

  5. ޙަބޭޝް

    ހަމަ އެކަނި ފަރުދީ ފެނވަރުގަ އެއް ނޫން ޖަމާޢަތުގެ ފެންވަރުގަވެސް ތި ތިބީނޫންތޯ އެމް ޑީ ޕީ އާއި އަދާލަތު ޕާޓީ އަކީވެސް އެކަމަށް ހިހްވަރުދޭ ބައެއް ނޫންނަމަ އެކަން ކުއްވެރި ނުކުރީ ކީއްވެ އަދި އެކަމަށް ޖާގަ ނުދިނުމަށް ސަރުކާރަށް ގޮވާނުލީ ކީއްވެ

  6. ޙަސަންބެ

    އެންމެ ކުރީސަފުގައި ތިބީ ކެލޭމެންނޭ އެބަ ކިޔާތަ؟

  7. ޑގޖ

    ބޭން އީޔޫ

  8. ޭއިހުގެ ބޭބެ

    ތިޔަހެންވިޔާ ކެނެރީގެ ޔަހޫދީ ކަލޭގެ ފަހަތުން އުޅޭ ދީން ހިމާޔާތް ކުރަން އެކަލޭގެ އަދާލަތުން ބުނާގޮތަކަށް ދިވެހިންގެ އިސްލާމް ދީން ހިމާޔަތް ކޮށްދޭނޭނެ

  9. ޑާކު

    އެއީ ތި 3 މީހުނާއި ކެނެރީގޭ ނަޝީދުއާއި އޭނާގެ އައުވާނުންކަމަށް ބެލެވެނީ. ހަމަގައިމުވެސް މަ ނުހިމެނޭނެ.

  10. މޫސާ

    މިހުރިހާކަމެއް މިވަނީ ޢަދާލަތު ޕާޓީ ވެސް ހިމެނޭ އިދިކޮޅު މީހުންގެފަރާތުން ކަން ޚުދް ޢަދާލަތު ޕާޓީއަށްވެސް އެނގޭނެ.

  11. ފަގުޑި

    ކޮންމެ ބަޔަކުވެސް ބޭނުމީ ވެރިކަން.

  12. ދިވެއްސެއް

    އަދިވެސް ވިސްނުން ތިހުރީ، ތިމާމެން އީޔޫ އާއެކު ތިބެފައި އެކަމުގެ ޒިންމާ ރައްޔިތުންގެ ބޮލައްކަނޑާލަން ދޯ..... އަދާލަތޯ ކިޔާ އަދިވެސް.......

  13. ހުމާމު

    ސިދާތާ ހާދަސަޅިއޭ! ވެދާނެ ޔޫރަޕު މީހުނާ ބައްދަލު ވާންފެށިފަހުން އެކަމުގެ އަސަރު!އޯ ގަދަ!

  14. ކޭޖޭ

    ހާދަ އަނހެނުން ކައިރި ކޮއްގެން ކޮން ސަކަރާތެއް އެބަޖަހާދޯ މީކޮން ކަމެއްބާ

  15. ވަކެ

    މަބުނީ ރާއްޖޭގެ މުވައްސަސާއެއްގެ ކޮންޓްރޯލް ގެއްލުނީމަ ނުވަތަ އިތުބާރު ގެއްލުނީމަ ޖެހޭތަ އައިރުދީން ގެންނަން ނުވަތަ އެމީހުންބައިވެރި ކުރުވާ ގޮތަށް ގާނޫނު ބަދަލް ކުރަން ؟

  16. ރީތި މޫސަ

    އެނުފޫޒުވެރިން އެމީހުންބޭނުންވި ގޮތްނުވުމުން އެތިބީ ރާއްޖެއަންނަންނުކެރިފަ

  17. ހަނާޒް

    ކަލޭމެން ތިއީ ތިފަދަ ހާއިނުންގެ މަދަދުގާރުން. ކަލޭމެންގެ ހިތްތަކުގައި ފޮރުވާފައިވާ ނުބައި ރޭވުންތަކާއި، ކަލޭމެން ހާއިނުންނާ ބައިވެރިވެގެން ކޮށްފައިވާ ސައްލާތައް، ﷲ ތައާލާ މޮޅަށް ދެނެވޮޑިގެންވާނެ. އިސްލާމްދީން ރަނގަޅަށް ދަނެތިބެ، ތިމާމެންގެ އަމިއްލަ އެދުމަށް، ޣައިރު މުސްލިމުންނާއެކު ބައިއަތު ހިފައިގެން ތިބެ ބިރެއްނެތި ނެރުނު ބަޔާނުގައި، ﷲ ގެ ނަންފުޅުގަނެފައިވެސް ނެތީދޯ.

  18. ލފކފހ

    ކޮރަޕްޝަނާ ފަސާދައަކީ، މުގައުމުގައި މޫލާފައިވާ ބަލާއެއް. އެކަން ޔަގީންވެ ކަށަވަރުވި 1 ފެބްރުއަރީގައި ނެރުނު އަމުރުން. އެއަމުރަކީ، އެއްވެސް ޤާނޫނީ ހައިސިއްޔަތެއްނެތް އަމުރެއް. އެއަމުރަކީ، ރޫލް އޮފް ލޯއާ ހިލާފަށް، ހުރިހާ ޤާނޫނުތަކަށްވުރެ މައްޗަށް އަރާ އެއަމުރު ނެރުން މީހުންނަކީ، ޤާނޫނީ ތަރަހައިން ބޭރުގައި ތިބި އެމީހުންގެ އަމަލުތައް ނުބެލޭނެ ބަޔަކަށް ހަދާފައިވާ ފަރާތްތަކަކުން ނެރުނު ބާތިލް އަމުރެއް. އެކަމަކު، ކަލޭމެން އިސްލާމީ އިލްމްވެރިންނޭ ކިޔައިގެން ތިބެ، ކަލޭމެން ހައްޤު ބަހުން ވާހަކަ ނުދެއްކި. ކަލޭމެން ރައީސް ޔާމީނަށް ހަސަދަވެރިވެ ކަލޭމެން ބޭނުންވި ކަންކަމަށް އާބަސް ނުބުނުމުން އެކަމުގެ ބަދަލު ހިފުން ނޫންކަމެއް ކަލޭމެންގެ ފުށުން މިހާތަނަށް ފެނިގެންނުދޭ. ކަލޭމެނަކީ، އަންނިއަށްވުރެވެސް ނުބައި ބައެއް. އެނގިތިބެ ހާއިނުންނަށް ވާގިދީ، ހައްޤަށް ނަސްރު ނުދޭ ބައެއް.

  19. ޒާހިރު

    ރާއްޖޭގެ މުއައްސަސާތަކުގެ ކޮންޓްރޯލް ގެއްލުނީމަ، އެވީ އެއްޖިންސުން ޖިންސީ ގުޅުން ހިންގަން؟ ބަލަ މިތިބަ އިބިލީހުންގެ ދަރިންނޭ. ކަލޭމެން ހަމަ އެއްވެސް ވަރަކަށް ﷲ އަށް ބިރުވެތިވުން ނެތީތަ މިހާރު؟

  20. އާބިދާ

    އޭގެތެރޭގައި ކަލޭމެން، ދީނީމީހުން ކަމަށް ހެދިގެން ތިއުޅޭ ބައިގަނޑު ހިމެނޭ