ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ބަންގްލަދޭޝް އަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ ގައުމުގެ ހަތަރު މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި،މި ބަލި ފެތުރެމުންދާ އެހެން ޤައުމުތަކަށްވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

ރާއްޖެ އިން މީގެ ކުރިން ވަނީ ޗައިނާ މީހުންނާއި އިޓަލީ މީހުން ރާއްޖެ އައުން މަނާކޮށްފައެވެ. އަދި ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުން ރާއްޖެ އަށް މީހުން އައުން ވެސް ވަނީ މަނާކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ، ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ޤައުމެއްގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށް ނަސޭހަތެރިވެފައެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ ދެފަތުރުވެރިންނާއި، އިޓަލީވިލާތުގެ ފަތުރުވެރިޔަކާއި ބައްދަލުވި ދެމުވައްޒަފެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަލަމާރި

  މިހެންކިޔާފަ މި ޝާހިދު މުޅިދުނިޔޭގައި ދަތުރު ކުރުން ކަމަކީ. އަޅެފަހެ މީނާ ކަރަންޓީނު ކުރާކަށްނުވޭތަ

  42
 2. ލަދެއް

  ލަގެޖު ބޯއި އާއި ކާރޕެޓު އަދި ލިފްޓު ކޮންމެތަނަކައް ދިއަޔަސް އޯކޭ.

  31
 3. މާމީ

  ސައުތު ކޮރެއާ އިން ކިތައްމެ ވަރަކަށް މީހުން އަޔަސް އޯކޭ ދޮންމީހުން ވީމަ ، ބަގުލަދޭޝް އިން އަންނާނީ ކަޅު މީހުން މަސައްކަތު މީހުން ވީމަ ކާރޕެޓު ކަންބޮޑުވަނީ ،،،،

  30
 4. ޑިންތަލަބޯ

  ކާކުތަ ބަންގާޅުދޭހަށް ނުދެވިގެން އުޅެނީ .. ޗީ ފޮރިން މިނިސްޓަރ ތިހެން ނުބުނުއްވިޔަކަސް ނޫޅެމޭ ދާކަށް އެތާކަށް ކޮންތާކަށް އެތަނަށް؟ ޗީ

  10
  2
 5. ތެދުބަސް

  ދެފައި އެއްތަނެއްގައި މައިތިރި ނުވެގެން މިއުޅެނީ ތިޔަ ކާރޕެޓް.ކާޕެޓް ވީމަ ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް ގެންދެވޭ އަދި ގެނެވޭ.އެއްމެ ހައި ރިސްކް ތަންތަނަށްވެސް މީނަ ހިތުހުރި ގޮތަކަށް ގޮސްސަ އައިސްފަ އެއުޅެނީ.3 ދުވަހުން 450000ރ ދައުލަތުން ދިރުވައި ލާގެން.މުސީބާތެއްނުންމީ.

  21
 6. ސިކަންދަރު

  ތިޔަ ބޭފުޅާ ވަރިހަމަޔޯ ދުނިޔޭގެ ކޮންމެ ތަނަކައް ދިޔަސް މިހާރު ބުރުނާއީގައި އެބައުޅޭ ދެން ކީކޭތޯ ތިޔަ ވިދާޅުވަނީ

  16
 7. ހުސޭނުބޭ

  ކާޕެޓް ވަގު ގެންގޮސް ބަނގުލަދޭޝަގައި ކަރަންޓީނުކުރޭ!

  14
 8. ޞށހސ

  ދެން އިންޑިޔައޯ މަގިނަ މިހުން ޕޮސިޓިވް ވި އެގައުމުން

  20
 9. ޢާދަނު

  ކީއްވެ އިންޑިޔާ އަަށް ދިއުމާއި އިންޑިޔާއިން އަންނަ މީހުނަށް އެއްވެސް ހުރަހެއް ނެތީ..އިންޑިޔާގަ މާގިނަ މީހުނަށް ޖެހިފަވަނީ މާބާރަށް ފެތުރެމުން ދަނީވެސް. މިކަމުގަ ވެސް .މުސްލިމް ގައުމުތަކާ އެހެން ގައުމުތައް ތަފާތު ކުރާތަން ފެންނަމުންދަނީ

  24
 10. އަޖައިބު

  އިންޑިއާ އިން ޕޮޒިޓިވް ވީ 43 ބަނގްލަދޭޝް އިން އެއްމެ 3...އިންޑިއާ އަދި ހުޅަނގުގެ ގައުމުތަކުގެ ފައި ބުޑަށް ވެއްޓުނަސް ބޮޑު ވަރު... އިޓަލީ ގައި އިންފެކްޓް ވެފައި ތިބި މީހުން 1700އަށް ވުރެ މަތި.. އަދި ކިރިޔާ އެތަނުން ވެސް މީހުން އައުން މަނާ އެ ކުރީ.

  15
 11. އެމަންޖެ

  ކަލޭވެސް ބޭކާރު ވާހަކަ ނުދައްކާ އިސްތިއުފާދީ، ރައްޔިތުންގެ ލާރިގަނޑު ކައިގެން ދުނިޔެވަށާ ބުރުޖެހޭތޯ ބަލާބަލަ.

 12. އަޖައިބު

  އިންޑިއާ އިން ޕޮޒިޓިވް ވީ 43 ބަނގްލަދޭޝް އިން އެއްމެ 3...އިންޑިއާ އަދި ހުޅަނގުގެ ގައުމުތަކުގެ ފައި ބުޑަށް ވެއްޓުނަސް ބޮޑު ވަރު... އިޓަލީ ގައި އިންފެކްޓް ވެފައި ތިބި މީހުން 7000އަށް ވުރެ މަތި.. އަދި ކިރިޔާ އެތަނުން ވެސް މީހުން އައުން މަނާ އެ ކުރީ.

 13. ނަޝީދު

  އިންޑޮއާގެ ނަންވެސް ކިޔާލާކަށް ހަމަލާހިކެއްނޫން އޮންނާނީ ރަނގަޅަށް ކަޅުމޭލިކޮށްލާފަ!

 14. މިއަދު

  މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ބަންގްލަދޭޝް އަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ޢަބުދުﷲ ޝާހިދު،މިހާލަތރުގައިވެސް ގައުމުގެ ބައިތުލްމާލުން ތިކުރައްވާ ދަތުރުތަކަކީ ކޮންމެހެން ކުރަންޖެހިގެންކުރާ ދަތުރުތަކެއްތޯ ؟ ތިދަތުރުތައް ނުކޮށް ގައުމު ހިންގޭނެ އެއްވެސް ގޮތެއް ހަމަނެތީތޯ؟

 15. Anonymous

  ހާދަވަރަކަށޭ ގެރިމޯދީއަށް އަޅުވެތިވެފައި ތިވަނޫ.

 16. ޑޮކްޓަރު

  ބަންގްލާދޭޝް އަށް ޖެއްސުމެއް ކުރީ. މޯދީ އުފާ ކުރަން

 17. ހިބަރު ވަނދު

  ހިއްވަރެ ހުރިނަމަ ނެރަލަބަލަ އިންޑިޔާއަށް ދިއުމާމެދު އެޑްވައިޒަރީއެއް..ނު ކެރޭނެ.. އިންޑިޔާގަ ކޮވިޑް ފެތުރެނީ ދިވެހިން ކޮއްމެ ދުވަހަ ކުއައިސް ގޮސްހަދާ ސިޓީގަ.. އަދަދުވެސް މާގިނަ އިންޑިޔާގަ ބަލިޖެހިފަތިބި...ބަންގާޅުގަ އެއްމެމީހެއް..އިންޑިޔާއާ ދެ ކޮޅު ބަހެއްވެސް ބުނެފިނަމަ މަރިޔަމް މަލުންފެން ކިޔަވާފަ ވެރި ކަން ވިއްސަފާނެ އޭރުން ހުރިހާ ހިބަރެ ހުންނާނީ ބޭނިފަ...

 18. ސާބިތު

  މީ ހާދަ ކުޑަ ގޮތެއްނެތް މީހެކޭ މީނަގެ ކަމަކީ ދައުލަތުގެ މާލީއްޔަތު ދަވާލާއިގެން މުޅިން ބޭރު ޤައުމުތަކަށް ދަތުރުކުރުން ހަޔާންކުޑަ ގޮތްކުޑަ މީހެއް