ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 06 އަށް އަރާފައެވެ.

މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނަކީ ކުރެއްދޫ އިން ޓެސްޓް ކުރި މީހުންގެ ތެރެއިން ދެމީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކުރެއްދޫ އިން މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ދެބިދޭސީން ކަމަށެވެ. އެމީހުން ނިސްބަތްވާ ގައުމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި މިރޭ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީވިލާތުގެ ދެމީހެކެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އިޓަލީވިލާތުގެ ހަތަރު މީހަކާއި އެހެން ދެމީހެކެވެ. އެދެމީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ފުރައިގެން ދިޔަ އިޓަލީވިލާތުގެ މީހާ ގައިންނެވެ. އަދި މިހާތަނަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުކުރެވުނު މީހާގެ މަޢްލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް މިރޭ ވަނީ އަމުރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ސަރާ

    ﷲ އަަޅަމެން މިކަމުން ސަލާމަތް ކޮއްދެއްވާށި . އާމީން

    313
    6
    • ނުރަބޯ

      ދެން ސައުދީޔޯ؟

      3
      4
  2. ނަމަ

    ހީވޭ ހީވޭ ހަތަރު އުދަރެސް ފެނުޖެހުނީ ކަންނޭގެމި

    69
    25
    • ޕިސްޕިސް

      ސަބާސް

      2
      48
  3. ޔާމީނު

    މިިއީ އެ އަނީ ގެ ބަލާ

    9
    6
  4. ދެރަ

    ޙުރި ބިރެއްގެ ބޮޑުކަ މާ ?
    ﷲ މި އަޅާ މެނައް މާފުކޮއްދެއްވާ އަފޫކޮއްދެއްވާ

    10
    1
  5. ދުއާ

    إنا لله وإنا إليه راجعون

  6. ކުރަފި

    ކޮބާތަ އިލްމު ވެރީން. އެމީހުން ވެއްޖެ އެއްނު ނުކުމެ އިރުޝާދު ދޭން. ފިލާތިބެ ހަމްދު އަޅާނެ ކަމެއް ނެތް ކޮންމެހެން.

    5
    14
  7. Anonymous

    މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކެނެރީގެ ބުއްޅަބޭ

    140
    36
  8. މުހައްމަދު

    މިވަގުތުން ފެށިގެން އަޒުމް ކަނޑައަޅަންވީ އަމަލުތައް އިސްލާހުކުރަން !މިއީ އިސްލާހުވާން ދެއްވި ފުރުސަތެއް ކަމުގައި ދެ ކިގެން! ދަރިންނޭ

    11
    1
  9. އަލީ

    އެހެން ދޯ ވާނީ، ފުރަތަމަ ޕޮޒިޓިވް ވީ ދެމީހުންގެ ތެރެއިން މާލެ އަތޮޅު ކޮރަންޓީން ފެސިލިޓީއަށް ގެނައީ ޑްކްޓަރ އެކަނި، ޑައިވް ސްކޫލް ބޮޑުމީހާ ހުރީ ކުރެއްދޫގަ އަދިވެސް.

  10. Anonymous

    ޔާމީން ސަރުކާރުގަ ސްކޫލް ދަރިވަރުންނަށް ދިން ޓެބްލެޓް އެކުދިންއަތުން މިނާގާބިލް ސަރުކާރުން ވަނީއަތުލައިގެންފާ! އެ ޓެބްލެޓު ނުހޯދާ އޭގެއިން ބޭނުންކުރުމުގެ ފުރުސަތު ދިންނަމަ މިއަދު މިވައިރަސްގެ ސަބަބުން ސްކޫލް ބަންދުކުރަންޖެހުނަޔް ގޭގަތިބެގެން ޓެބްލެޓް މެދުވެރަކޮށް ޓީޗަރުންނަށާ ދަރިވަރުންނަށް ކިޔަވައިދިނުމާއި އުނގެނުމާއިގެން ކުރިއަށްދެވުނީސް! ރައީސް ޔާމީނަކީ ދުރުވިސްނޭ ގާބިލް ބޭފުޅެއް!މިސަރުކާރު ހޮވިމީހުންނަށް މިހާރު މޮޔަހީވާނެ

    26
    3
  11. ޑަބިޔާ

    ކެނެރީގެ ބުއްޅަބޭ ޒިންމާނަގަން ޖެހޭނެ. މީނަގެ އަނގަޔާހަދާގެން ވާހާގޮއްމީ. ﷲ ބިރުވެތިނުވެ މީނަ ބޭނުންހާ އެއްޗެއް ގޮވަމުން މިދަނީ. އަދިވެސް ކެންޕެއިން ކުރެވޭތޯބަލަިނީ މީހުން ކޯފާ 19 ޖައްސަން. ނަސީދު ކަލޭ އަށް މިބަލިޖެހޭނަމަ ކިހާ ހޮޔޮ

    7
    2
  12. ޝުބާ

    މިކަހަލަ ހާދިސާތައް ދިމާވެގެން އުޅޭއިރުވެސް މިދިވެހިން އުޅެނީ އެކަކު އަނެކަކާ އަރާރުންވެ ފިތުނަ އުފެއްދުމުގަ. ވަކި މީހަކު މީގަ ބުލޭމް ކުރަންވި ވަގުތެއް ނޫން މީކީ، މިކަމުން ސަލާމަތްވުމަށް އެދި ﷲ އައް ދުޢާ ދެންނެވުމުގަ ޝާމިލްވެ ތިބެންޖެހޭ ވަގުތު މިއީ.

    110
    6
    • އަޙުމަދު އަލީ

      ވަރަށް ރަނގަޅު ވާހަކައެއް. މިވަގުތަކީ ވަކިމީހަކާދިމާލަށް އިނގިލިދިއްކުރުމުގެ ބަދަލުގައި، ﷲގެ ހަޒްރަތުގައި އިޙްލާސްތެރިކަމާ އެކު ދުޢާ ދަންނަވަންވީ ވަގުތު!
      ޔާﷲ ކޮރޯނާ ވައިރަހާއި، ނުރައްކާތެރި ބަލިތަކުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ.

      16
    • Anonymous

      ﷲއީ އެއްކައުވަންތަ އިލާހުކަން ޤަބޫލުނުކުރާ ބަޔަކު ދުޢާކުރާނެތައް. އެމީހުން ޤަބޫލުކުރަނީ އެމީހުންގެ މޮޅުކަމުންކަމަށް ހުރިހާ ކަމެއްވަނީ

    • އަހްމަދު

      ކޮން މެ ކަ މެއްވެސް ވާނީ ރަނގަޅަށް
      އިބްރަތެެއްް

  13. ބްރޯ

    3މިކަމުގެ ޒިންމާ ނަގަންޖެހޭނީ ވެސް އިޓަލީން މީހުން ގެނައުން ނުހުއްޓުވުމުގެ ޒިންމަާ އަކުން ސާލިހްއާއި ނަސިދަށް ރެކެވޭނެ ގޮތެއްނޯންނާނެ . ސަބަބކީ އެމީހުންގެ މަސްލަހަތު ހިމެނެ ރެސޯޓް ތަކަށް މީހުންގެއައުން ހުއްޓިއްޖެ ނަމަ ކުންފުނި ބަގުރޫޓް ވުންދުރެއްނޫން . އެއީ އެ ކުންފުންނަށް އަންނަ ގެސްޓުންގެ ބޮޑުޕަސެންޓަކީ އިޓަލީން އަންނަ މީހުނަށް ވުން. އިތަލީ ގެ ވިކަންޡީ އަކީ ކެރަފަ ސިއްކަ ގެ ވިޔަފާރި ބައިވެރިޔާ މީހުންއައުންމަނަނުކުރީ މިހެންވެ /

    2
    2
  14. ނާ

    ފުވައްމުލަކުގައި ހުންނަ ނައިބްރައީސް ފައިސަލްގެ ގެސްޓްހައުސްގެ ފަތުރުވެރިންގެ ތެރެއިން ދެފަތުރުވެރިޔަކު މިއަދުވަނީ ވަރަށް ސިއްރުން ހެލިކޮޕްޓަރގައި ހުޅުލެއަށްގެނެސް ފޮނުވާލާފައި. މީ ސަރުކާރުން ސިއްރުން ހިންގި ބޮޑު ޖަރީމާއެއް.

    9
    2
  15. ޓޫވެލް

    ރާއްޖެ އިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ..

  16. Anonymous

    ކުރީޒަމާނުގައި ބަލިމަޑުކަމެއް ފެތުރޭނަމަ މުޅި ރަށުތެރޭ ތަކުބީރު ކިޔަމުން ކަތްރާނިން ދުންބުރުވާ ހަދާ.... ﷲ ގެ ރަހުމަތުން އެކަމެއް ރަށުތެރެއިން ފިލައިދެއި

  17. ކަނޑުކޮހާ

    ކޮބާ ތަމެންގެ ހާސްކަމެއް އެބަހުރިތޭ ހާސް ކަމެއް ނެތް ދޯ ހާސްކަމެއް އެބަހުރިތޭ ހާސް ކަމެއް ނެތް ދޯ ހާސްކަމެއް އެބަހުރިތޭ ހާސް ކަމެއް ނެތް ދޯ ...

  18. ކުޅުނީތޭ

    ރާއްޖެ އިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއޭ އެހެންތޭ ހާސް ކަމެއް އެބަހުރިތޭ ތަމެންގެ ނޫން ނެތް ދޯ ތަމެންނަށް ކޮން ކަމެއް ސަރުކާރުގެ މާލިއްޔާ އިން ފައިސާ ނަގަ ނަގައިގެން މުސާރަ ބަނޑުފުޅު އަޅުއްވައިގެން ކޮމިއުނިކޭޝަން ކަޓް ޖެއްސީމާ ނިމުނީ ނޫންތޭ ދޯ ދެން ވިއްކާލާނީ އެއާރޕޯރޓްގެ ފަޅު ކަމަށް މަމެންނަށް ހުވަފެނުން ފެނެއޭ މަމެން ބުނަން ނެތީމޭ ތަމެން ގެއަށް ކަނޑާލަން ވިސްނާހުށި ކަމޭ މަމެން ބުނަން ނެތީމޭ އާރފްޓަރ އޯލް ދީސް ޑޭޒް ތަމެން އޮވްވަޅު ގޮނޑި

    2
    2
  19. ކާފަ

    ސަރުކާރުން އިޓަލީން އެތެރއވި މީހުން ނުހިއްޓުވިމުގެ ހިތި ނަތީޖާ.މަދު ބަޔެއްގެ މަސްލަހަތު އިސްކުރުމުގެ ނަތީޖާ، ސަރުކާރުން އަދިވެސް ދުވަނީ ވައިރަސް ފަހަތުން. ޥައިރަހުގެ ކުރިޔަށްއަރަިގެން ނޫނީ މިކަމުން އަރައިނުގަނެގޭނެ.

    8
    1
  20. ބުއްޅަބާއި

    ކައުންސިލް އިންތިހާބައް އެމްޑީޕީއަށް ކެންޕެއިން ކުރަން އުޅެންވީ.

    4
    1
  21. އިބްރާހީމް

    އުޅެވޭގޮތުން އެއީ
    އަވަހަށް އިސްލާހުވޭ

  22. ކައްވާރަ

    މަ ހިތަށް އަރާ ކޮރޯނާ ވިރިޑެއި އާ ފްލޯ ވިރިޑެއި އާ އެއްކޮށް ޖެނެޓިކަލް ވެލްޑެއް ކޮށްފިޔާ ހަމަ ސަތޭކައިން ދުއިސައްތަޔަށް ވަރުގަދަ ވާނޭ!!!!