މިރޭ ވެސް ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނަކީ އިޓަލީ ދެމީހުން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ކުރެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ދެ ބިދޭސީން ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 06 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އިޓަލީ މީހުންނެވެ. އަދި މިހާތަނަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އިޓަލީވިލާތަކީ ކޮވިޑް-19 އެންމެ ހަލުވިކަމާއި އެކު މިހާރު ފެތުރެމުން އަންނަ އެއް ގައުމެވެ. ފެބްރުއަރީ މަހު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީވިލާތުންނެވެ. ނަމަވެސް މާޗް މަހުގެ 08 ވަނަ ދުވަހުން ފެށިގެން އިޓަލީވިލާތުން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.

އިޓަލީވިލާތުން ރާއްޖެ އަށް މީހުން އައުން މަނާކުރީ އެފިޔަވަޅު ނާޅައި މާބޮޑަށް ލަސްކުރުމުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހނ

  އަމާ ބުނީތީ ފަރަށް ދާ އުސޫލުން ވިއްޔާ ކަންތަށްކިރީ

 2. ހުދުހުދު

  ދެރަކަމެއްނު އިޓަލީ ހުރިހާ މީހުން މިގައުމުން ބޭރުކުރަންވެއްޖެ އެއްނު ދެން. ސަރުކާރުގެ އަމިއްލަ އެދުން ބޮޑުކުން މިހުރިހާ ކަމެއް މިވީ

 3. މޫސަ

  އިޓަލީން ޓްއަރިސްޓުން ރާއްޖެ އައުން މަނާކޮށްފައި ވާކަމަށްބުނެ ސަރުކާރުން ވަނީ ރައްޔިތުންނަށް އޮޅުވާލާފަ. ރޭ ވެސް މިއަދުވެސް އިޓަލީގެ އެތައް ފަތުރުވެރިންނެއް ވަނީ ރާއްޖެ އައިސްފަ. ސަރުކާރުން ރައްޔިތުންގެ ފުރާނައަށްވުރެ ޑޮލަރު ބޭނުންވެގެން އުޅޭ މަންޒަރު މި ފެންނަނީ.

 4. ޙެހެ

  އަދިވެސް ޓުރިސްޓުން ގެނެވެތޮ ބަލަ މިހަލަތުގަވެސް

 5. ނުރަބޯ

  ކީއްވެހޭ އެ 2 ގެސްޓް މީހުން ކަރަންޓީނު ފެސިލިޓީއަށް ނުގެންގޮސް ރިސޯޓްގަ ބައިތިއްބާފަ ތިބީ އަދިވެސް. އެތާތިބި އެހެން ސްޓާފުންނާ ގެސްޓުންނަށް ހަމަ އިތުރު ރިސްކަކަށް އެކަންވާނީ.