ނޫސް އަދި މަޖައްލާތަކުގެ އެޑިޓަރުންގެ ގޮތުގައި ތިބި ޝަރުތު ހަމަނުވާ އެޑިޓަރުން ބަދަލުކުރުމަށް ހޯމް މިނިސްޓްރީން އަންގައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު އަންގާފައިވަނީ ނޫސްވެރިކަމުގެ ދާއިރާ ނުވަތަ ގުޅޭ ދާއިރާއަކުން ޝަތުރު ހަމަނުވާ އެޑިޓަރުން ތިބިނަމަ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެޑިޓަރުން ބަދަލުކުރުމަށް އެ މިނިސްޓްރީއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ޝަރުތު ހަމަނުވާ އެޑިޓަރުން އެމާއްދާގައި ބުނާ ޝަރުތުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމަށެވެ.

ހޯމް މިނިސްޓިރީން ވިދާޅުވެފައިވަނީ ޑިގްރީ ފެންވަރަށް ކިޔަވާފައި ހުރުމާއެކު އެ ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއްގެ އެޑިޓަރެއްގެ ގޮތުގައި ފަސް އަހަރު އުޅެފައި ނުވާނަމަ އެޑިޓަރު ކަމުގެ ޝަރުތު ހަމަނުވާނެ ކަމަށެވެ.

އަލަށް އެކުލަވާލި ގަވާއިދު ބުނާގޮތުން ނޫސްމަޖައްލާތަކުގެ ކޮންޓެންޓް ބެލެހެއްޓުމަށް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެޑިޓަރެއް ހުންނަންޖެހޭނެ އެވެ.

އަދި އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިރުކުރާ ނޫހެއްގައި ފަސް އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ އެވެ. އަދި ފާއިތުވި ތިން އަހަރުގެ ޝާއިއުކުރި ލިޔުމެއްގެ ސަބަބުން ހުކުމެއް އައިސްފައިނުވާ ފަރާތަކަށް ވެސް ވާންޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ތިޔައީ ބަރާބަރު ޤަވާާޢިދެއް ތިޔަކަމަށް މަރުހަބާ ކިއަން
    ހަމައެކަނި ސިވިލްސާވެންޓުންނެއްނޫން ޑިގްރީ ހަދަން ޖެހޭނީ