ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އދ.ވިލަމަންދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މޮނިޓަރ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިންގ" ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ވިލަމަންދޫ ރިސޯޓަށް އަރައި ފޭބުން މަނާ ކުރުމުން އަރައި ފޭބުން މަނާކޮށްފައި އޮތް ރަށްތަކުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. އެއީ ވިލަމަންދޫ ރިސޯޓާއި ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާއެވެ. މިނޫން އެއްވެސް ރަށަކަށް އަރާ ފޭބުން ހުއްޓާލުމަށް އަންގާފައެއް ނުވެއެވެ.
މިހާތަނަށް ރާއްޖެ އިން ވަނީ ހަމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. ދެން ޕޮޒިޓިވް ވެފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިޓަލީވިލާތުގެ ފަތުރުވެރިޔަކަށް ޚިދުމަތް ދިން ދެ މުވައްޒަފެކެވެ.
އަދި މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކާ "ކޮންޓެކްޓް" ވެފައިވާ އަށް ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޭ ދަންވަރު އެޗްޕީއޭ އިން ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ދެއުޅިހަމަނުވާ އެމްޑީޕީ މަރުމޯލުންތައް އިންތިހާބާހެދި މަރުދަކުހިފައިގެން ކިޔޭނުކިޔޭއެއް ވެސްނޭޭ ހިބަރުތަކައް ކެނެރީގޭ އުބޯވައް ނަސީ100އެތިފަހަރުޖަހަންވެފަހު ން ނޭގޭވަރުން ބަސްނުކީމަވީއެއްނޫން
ކަލޭ ތީ ހަމަ ޕީޕީ ގަނޑެއް ދޯ!
ޢއ ކުރަމަތި ރިސޯޓޮ އޯ؟