މާފަންނު ގެއެއްގައި ހިންގަމުން ގެންދާ އޮފީހެއްގައި ސެކިއުރިޓީ ގާޑަކަށް ހުރި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 8:00 އެހާއިރު ކަމަށެވެ.
ނިޔާވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 46 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ އޮފީހުގެ ސެކިޔުރިޓީ ގާޑަކަށް ހުއްޓައިކަން ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ އަނިޔާއެއް ހުރިކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިސަރުކާރު އައިފަހުނ ގޮތްނޭގޭ މަރާއި ކުއްލިމަރުވާކަން ފާހަނގަކުރަން އަސްލު މިކަން ބަލާ ދިރާސާއެއް ހަދަންވީ ބަލިތައް ގިނަވެ ރައްޔިތުން އުޅެން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި މީ ދޮގެންތޯ
إنا لله وإنا إليه راجعون
ނާމާންކަމާއި ބިރުވެރި ކަންތައްތަކެއް އާމްވަމު ދާމިސަރުކާރު އިސްތިއުފާ ދޭކަށް ނުވޭތޯ ވަގުންތަކެއް ވައްކަން ރައްތަތުން ގެވޯޓުން ވައްކަންކުރު މުގެސަބަބުން މިއަދު މިވަނީ މުޅި ދިވެހި އުއްމަތައް ދުވަކުކުރި މަތިލާންނުޖެހޭ ވަރުގެ ބިރުވެރިކަން ތައްތަކެ އްއާމްވަމުން މިކަމުގެ ހަމަކަނިއޮތް ހައްލަކީ ރީނދޫ ވަގުންގެ ސަރުކާރު އިސްތިއުފާ!
ނުކުޅަދޭ ސަރުކާރު އިސްތިފާ!
މިވަގު ސަރުކާއައި ފަހުން ވާނުވާއެއް ނޭނގޭ ކިތައް މަރުތޯ؟
ކޮބައިތޯ މަރު ކޮމިޝަން
ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތަކަށް ނުވޭތޯ؟
ޤަވްމަށާއި ރައްޔިތުންނަށް ލޯތްބެއް ހުރިއްޔާ މި ސަރުކާރު އިސްތިޢުފާ ދިނުމަށް ގޮވާލަމެވެ. މުޅި ޤަވްމު ނާމާންވެ ބަލިމަޑުކަމާއި ކުއްލި މަރުތަކުގެ ބިރުވެރިކަން މި ޤަވްމަށް ވެރިވެ ނާމާންވެއްޖެއެވެ. މި ސަރުކަރު ހުވައިކުރިދުވަހުންފެށިގެން މިހާތަނަށް ވަމުންމިދާ ގޮތް ވިސްނާލުން މިއީ ރަގަޅު ކަމެކެވެ.
ޤަވްމަށް މި ކުރިމަތިވަނީ ވޯޓުން ވައްކަންކުރުމުގެ ނަތީޖާއެވެ. ބަޔަކަށް ވިސްނޭވަރަށް ، ﷲގެ ކުޅަދުންވަންތަވެރިކަމުގެ ކަންތައްތައް މިދަނީ ފެންނަމުންނެވެ. ކުރިމަތީ އޮތީ އަނދިރިކޮށެވެ.
ކޮވިޑް ގެ މީހުން މަރުވެގެން މަގުމައްޗަށް ވެއްޓޭ. ތިމީހާ ޓެސްޓްކޮށް ބަލާ މަރުވީ ކިހިނެތްތޯ.
ހެޔޮނުވާނެ މިރާއްޖެ ފަނާނުކޮށް ރައްޔަތުން ނަށް ހެޔޮއެދެއްޏާ އިބޫ އިސްތިއުފާ ދީބަ!