ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އިން މިހާތަނަށް 125،000 އަށް ވުރެ ގިނަ ބުކިންސް ކެންސަލް ކުރިއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބުނު ހީނަރުކަމެކެވެ. ހަމަ އެ ހީނަރުކަން އޮވެމެ، އިންޑަސްޓްރީގެ އެކި ފަރާތްތަކުގެ މަސައްކަތުން މިހާތަނަށް ތިން ލައްކަ އަށް ވުރެ ގިނަ ބުކިންސް ހޯދައިފިއެވެ. އެއީ އިންޑަސްޓްރީ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު، އެ ހިތްހަމަޖެހުމާ އެކީގައި ވެސް ކުރަން ހުރި މަސައްކަތް ގިނައެވެ.

ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީގައި ހުރީ އުންމީދީ ވިސްނުމެކެވެ. ހާއްސަކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވީ މި އަޑިގަނޑުން އަރައިގަނެ، ރާއްޖެ ނަގާ ކޮޅަށް ޖަހަން އަތުކުރި އޮޅާލައިގެންނެވެ. ރާއްޖޭގެ ރީތިކަން ދެކިލަން ބޭނުންވެފައި ތިބި އެތައް މިލިއަން ބަޔަކަށް އެ ފުރުސަތުތައް ހޯދައި ދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.

ރާއްޖޭގެ އިގުތިސާދުގެ 75 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީ އަށް ނެގި "ބޮޑު ރާޅާ" ކުރިމަތިލާން އަލީ ވަހީދު ހުންނެވީ ތައްޔާރަށެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައިއިރު، އަލީ ވަހީދުގެ ވިސްނުމަކީ އެ އަދަދު އެއަށް ވުރެ އިތުރު ކުރުމެވެ. އެކަމަކު، އެކަން ކުރުމަށް ސަރުކާރާއި އިންޑަސްޓްރީގެ ތެރެއިން ގިނަ ކަންކަން ކުރަން ހުރި ކަމަށް އަލީ ވަހީދު ގަބޫލު ކުރައްވައެވެ.

އިންޑިއާ އިން ރާއްޖެ އައި ފަތުރުވެރިންތަކެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތަށް" އިއްޔެ ދެއްވި ހާއްސަ އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު ރަނގަޅު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އެކެއް ނޫނީ ދެ ހަފްތާ ތެރޭގައި ވިޔަފާރިިތަކާ އެކީގައި މަޝްވަރާކޮށް އިގްތިސާދަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

"ބޭންކްތަކާ އެކުގައި ވެސް މި ދަނީ މަޝްވަރާ ކުރަމުން. ބައެއް ބޭންކްތަކުން އެ ނިންމަނީ ލެންޑް ކުރަން. ފައިސާ އިތުރަށް ދޭން. ސަރުކާރުން ވެސް ފައިސާ ހޯދޭނެ އިތުރު ގޮތްތައް މިދަނީ ބަލަމުން،" ޓޫރިޒަމް މިނިސްޓްރީގައި އިންނަވައި ދެއްވި އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި މި މަހުގެ ތެރޭގައި އަލަށް ދޫކުރާ ރިސޯޓުތަކަށް ބިޑް ފޮތްތައް ވިއްކަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށް އާމްދަނީ ވަންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"އޭގެއިތުރުން އަޅުގަނޑުމެން ސަރުކާރު އައިއިރު، ހުއްޓިފައި އޮތް 70 ރަށެއްގެ ވާހަކަ އަޅުގަނޑު މީޑިއާގައި ދަންނަވާފައިވާނެ. އޭގެ ޑިސްޓްރެކްޓް އައިލެންޑް ރިޕޯޓްސް ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ އެ ރަށްތަކުގައި ވެސް ނުނިމި ހުރި ބައިތައް ނިންމަން ބާރު އަޅަން މި އަހަރު ތެރޭގައި ފެށޭނެ،" ކޮރޯނާ ވައިރަސްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ވަޒީރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިޤުތިޞާދީ ހަރަކާތްތައް ރާއްޖޭގައި ހިނގާނެ ކަމަށެވެ.

ފައިސާ ވަންނާނެ މަގުތައް ހޯދައި، ޔޫރަޕް ވެސް ކޮންޓެއިންވާ މިންވަރަކަށް ބަލާފައި އެ ބައްރުގެ އެކި ހިސާބުތަކުންނާއި އެހެން މަންޒިލްތަކުން ޑައިރެކްޓް ފްލައިޓުގައި އިތުރު ފަތުރުވެރިން ގެނެވޭނެ ގޮތްތައް ބައްލަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"އެއީ އިތުރަށް މީހުން ގެންނާނީ ސޭފް ކަން އެކަށައެޅުނީމަ. މި ހުރިހާ ކަމެއް ހިނގާނެ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި. އެހެންވީމަ އެ މަސައްކަތަށް ބަލާފައި މިއަދުގެ ހާލަތަށް ބަލާފައި މިދަންނަވަނީ ސެޕްޓެމްބަރު-އޮކްޓޯބަރުގައި އާ ޓޫރިޒަމް ސީޒަނާ އެއްކޮށް މީތި އަލުން ރީބައުންޑަކަށް ދެވޭ ވަރު ވާނެ. އަޅުގަނޑު ވަރަށް ޕޮޒިޓިވްކޮށް މިކަމުގައި މިހުރީ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރި މަސައްކަތުން ތިން ލައްކަ އަށް ވުރެ ގިނަ ބުކިންސް ލިބުނީ އިންޑަސްޓްރީ އާއި ސަރުކާރާ ގުޅިގެން ކުރި މަސައްކަތުންނެވެ.

"ރާއްޖެ މާކެޓުވުމުގައި އެންމެ ބޮޑު އިސް ރޯލެއް އަދާކުރަމުން ދަނީ. ޓޫރިޒަމް އިންޑަސްޓްރީ. އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން އެންމެން އެއްކޮށް ކުރާ މަސައްކަތުގެ ނަތީޖާ މިއީ. ޓޫރިޒަމްގައި މިހާތަނަށް ނިންމި ހުރިހާ ނިންމުމަކީ އިންޑަސްޓްރީގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހިޔާލާ އެއްކޮށް ނިންމާފައިވާ ނިންމުންތައް،" އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އ. ޖ. އ

  ސާބަސް ކުރައްވާ ހިއްވަރަށް

  9
  50
 2. މަޖުބޫރީހާލަތް

  ކެރަފާ ވައިރަސް 19 ކޮރޯނާ އެއްނޫން 19 ދިވެހިން ޝަހީދު ކޮއްލި ސިއްރު އެޖެންޑާ 19

  62
  6
 3. Anonymous

  ބޮޑު ވަގު ސަރުކާރު ވިލިވަރު ކަރަންޓީނު ފެސިލިޓީހަދާށޭ ކިޔާފަވެސް ބޮޑުބައި ދިރުވާލީ މިއަށްވުރެ ބޮޑު ވައްކަންކުރާ ސަރުކާރެއް އަދިނާދޭ އެކަމަކު ނަންވާނީ ޔާމީން!މިވެރަން މިކުރާ ވައްކަން ކުޑަތަ ފެނޭތަ ވޯޓުލީ މީހުންނަށް

  60
  3
 4. އ.ޖ. އ

  ތިދޭ ސާބަސް ފިރުއައުނު އަށް ދޭ ސާބަހޭކޭ އެއްފަދަ

  50
  4
  • ޏުންނު

   އަދިވެސް މީނައުޅެނީ މީހުންނުގެނެވިގެން އަހަރުން ކޮންމެދުވަހަކު ޑިއުޓީގަ މިއުޅެނީ ބިރުވެރި ކަމުގަ މުޅިންދައްކަނީ ރިސޯޓް ކުދިންގެވާހަކަ އެއާޕޯޓް ގެ މުވައްޒަފެއްގެެ ވާހަކައެއް ނުދައްކާ ބަލަމިތާގަ މާބަނޑު ކުދިންވެސް އުޅެޔޭ .. ލާރިޔާހެދި ހޭބަލިވިޔަސް ބޮޑުވަރު..

 5. Anonymous

  މި އެމްޑީޕީ މީހުންނަށް ވެފަމިތިބޭ ގޮތެއްދޯ!މިއީ ޔާމީނުގެ ސަރުކާރެއްނަމަ މިއެމްޑީޕީ ބައިގަނޑު މިހާރު ތިބޭނީ މަގުމަތީގަ މުޒާހަރާގަ ރައްޔިތުންނަށް ކޮވިޑް ޖައްސައިފިއޭ ކިއާ ކަރުބުޑުން ހަޅޭއްލަވާލަ މިބައިގަނޑުގެ ކިބައިން ގައުމު ސަލާމަތްކުރައްވާށި

  70
  4
 6. މިތުރު

  އއަޑިގަނޑުން ސަލާމްތވެފަ މިހާރުވެސް ތިހުރީ ނަފްސު ވިއްކާލަިގެން ލިބުނު ލާރިތައް ހުސްނުވަނިސް މުއްސަނދިންގެ ޖީބަށް ފުއްމާލައިގެން ރަށްތަކާ ފަޅުތަކާ ގެސްޓް ހައުސްތައް ދީގެން މިހާރު ހުންނާނީ ޑޮލަރުން ޖީބުތައް ފުރިފަ އެހެންވީމާ ތިޔަ ނަޒާހަތްތެރިޔާ އަޑިގަނޑޫން އަރައިގެންފަ މިހާރު ހުންނާނީ ހާސްވާކަށް ނުޖެހޭނެ ބާކީބައި ބޮޑުސޭޓު ދީފަ ހުރީ

  29
 7. ބާރީ

  ޖަނާ ރިސޯޓް ވިލިވަރަށް ލާރި އޮއްސާލީ ...ކަރަންޓީން ފެސިލިޓީ އޭ ކިޔާފަ..

  28
  1
 8. ރޮވޭ

  ދިވެހީންމިއަދުރޮށްވައި
  ފިޔޭނެތުމުން ރައީސް ދިވެހީމިއަދުބޭނުން
  ވަނީޔާމީން ރައީސް

  37
  4
 9. އަފީ

  ދިވެހިރާއްޖޭގެ އިގުތިސާދީ އެންމެ ލެނާރުކަމުގައިވަނީ ފަތުރުވެރިކަން. މި ވުޒާރާގެ މިނިސްޓަރުގެ މަގާމަށް ކިޔަވައިގެން ހުރި މި ދާއިރާއިން ރައްޔިތުންނަށް ލާބަޔާ މަންފަ ގެނެވެނެ ވަރުގެ ވަޒީރަކު އައްޔަން ކުރުމަށް އިބްރަހީމް މުހައްމަދު ސޯލިހަށް ގޮވާލަން! ސިޔާސީ އޮއިވަރުގައި ޖެހި ނުކިޔަވާ ތިބި ކަމަށް ގާބިލް ނޫން މީހުންނަށް ވަޒީރުކަން ނުދިނުމަށް ގޮވަލަން!

 10. ކައްނެލި އަލީ

  ބަލަ ގައުމުކޮޅައްޖެހޭނީ ގައުމުގެ ރައްޔަތުން ސިއްހަތުސަލާމަތުން ދިރި ދުނިޔޭގަ ތިބިއްޔާ ހަދީސް ތަކައް ގޮންޖަހާލާ ހިތުހުރިގޮތަކައް އުޅޭނަމޭ ހިތާއުޅުނަކަސް އެކަމެއް ނުވާނެ ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި މާތް ﷲ އައް ކޮބާބާރެއް ނިއުކުލިޔަރ ހަތިޔާރު ހަދާ މާބާރުގަދަކަމައް ދައުވާ ކުރާގައުމުތަކުގެ ޓެކްނޮލޮޖީއާ ވަސީލައްތައް ކުޑަ ކުޑަ ލޮލައް ނުފެންނަ ސުވިއްޕެއް ސަރުކާރުތަކުގެ ނިދި އަރާމު ނަގާލާ އިގްތިސާތް ފުނޑުފުނޑު ވެގެން އެދަނީ އަދިވެސް ހޭއަރާ ވިސްނާ މާތް ﷲއައް ތައުބާވެވޭތޯ ބައްލަވާ މީކުޑަކުޑަ ފަނާދަނިވި ވަގުތުކޮޅެއް ވިސްނާ

 11. ޗޮންނު

  ނުޖެހިކޮމެންޓް