ކައުންސިލް އިންތިހާބު ފަސްކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސް ކަމުގެ ހުންނެވި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އިންތިޚާބު ފަސްކުރަން ޖެހެނީ ކޮވިޑް-19 ގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރަން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
In keeping with the stringent measures in force to protect our people from the threat of #COVID2019 I would like to urge the government to delay local council elections to a later date. @ibusolih @ElectionsMv @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) March 10, 2020
އެމްއާރްއެމް އިން ވެސް ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އެޕާޓީން ކެމްޕޭން ހަރަކާތްތަކެއް ކުރިއަކަށް ނުގެންދެއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނިފައި ވާތީ ކައުންސިލް އިންތިޚާބު ލަސްކުރަން ބައެއް އެހެން ފަރާތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ވެސް ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސްކުރަން އަދި ނިންމާފައި ނުވާކަމަށެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާތީ ސިޔާސީ ޕާޓީތަކުން ވަނީ މިހާރު އިންތިޚާބުގެ ކެމްޕޭން ވެސް ހުއްޓާލާފައެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ ހަމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭގެތެރޭގައި އަދި ދިވެއްސަކު ނުހިމެނެއެވެ.
ބެއްޔާ! ބެއްޔާގެ ޕާޓީން މީހަކު ވިތަ ނުކުންނާނެ އެ އިންތިޚާބަށް؟ ލަދުވެސް ނުގަންނަ މީހެއް!
އެމްއާރުއެމް (މިސްޓަރމައުމޫން) އިން ކުރިމަތިލާނެ މީހަކުނުވީ އުތަ؟
މީ ހުރިހާވެސް ނުބަޔަކީ.
ކައުންސިލް އިންތިހާބު ފަހެއް ނުކުރާނެ ތަންތަނުން އެވަރަށް ލާރިނަގާފައި ގޮހޮރަށް އަޅާގެން ތިބީމަ އެކަމެއް ނުވާނެ. އަނެއްކޮޅުން ނަޝީދުހުރީ ކޯލިޝަން ބުރުއްސާލާ ސަރުކާރު އޭނަގެ އަތްމައްޗަށް ނަގަން ތައްޔާރުވެގެން. ސާލިހް ހުރީ ހޭނައްތާ އިންޗެކްޝަން ޖަހާފައި. ވާއެއް ނުވާއެއް ނޭގޭ. އަންހެނުންގެ އަވަައިގަައި ވާވެފައި ހުރި ކަހަލަ. އަނެއްކާ މިއޮތީ ބައްޔޭ ކިޔާ ސަލާން ޖަހަން ފުރުސަތު ލިބިފައި. ދެރައީ މުޅިދުނިޔެ މިބަލީގެ ތެރޭގައި ތިބި އިރު އެހީނުވާނެކަން ބީތާއިންނަށް އެގޭވަރު ކުޑަކަން. ނޫނީ އެދުން އަރާހުރިވަރުން ގަބޫލު ނުކުރެވެނީ
ބެއްޔާ ބުންޏަސް އެ ރަގަނޅު ވާހަކައެއް....އިންތިހާބު ފަސްކުރަންޖެހޭ....އިންތިހާބަށް ވުރެ މުހިންމީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން...ކުރިންވެސް އަޅަންޖެހުނު ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ރާއްޖެއިން ކޮވިޑް 19 ފެނިއްޖެ... ދެންވެސް އަދިވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށްވުރެ މުހިންމު ވާންވީ އިންތިހާބުތަ...މިއޮތީ ވާ ސަރުކާރެއް...ހޭބޯނާރާތިބެ މި ޖާހިލު ރަހުމްކުޑަ ސަރުކާރު ގެނައި މީހުނައް ހަމަ ސާބަސް...މިހާރުވެސްތިބޭނެ ބާރަށް ހީހީފަ އަތްޖަހަން....ޕިސް ޕިސް...ޔާﷲ.. މި ނުރައްކާތެރި ބަލިމަޑުކަމުން ދިވެހިން ސަލާމަތްކުރައްވާފާންދޭވެ....!!!އާމީން!!!
ކައުންސިލް އިންތިޚާބު ފަސްކުރިޔަސް އަވަސް ކުޔަސް ކޯލިޝަން ފެއިލް އިންޝާﷲ
ލ.ގަމުން ބެއްޔާގެ އެކަކު އެބަހުރިނިކުމެ އެވެސް ހަމައެއްނޫން އެއިރަކު ވައިޖެހޭ އަތަތަކަށް!
ޖައްސާގޭމް. އެމްޑީޕީ އިން ބޭނުން އަސްލުވަނީ މިވަގުތު ރައްޔިތުން ނުރުހިފަ ތިބީމަ އިްތިޚާބް ލަސްކުރަން. އެކަމަކު ބުނަމުންދަނީ ތިމަންމެން ބޭނުމެއްނޫނޭ ލަސްކުރާކަށް. އެއީ ޕީޕީެމުން ލަސްކުރަން ގޮވާލާތޯ ކުރާކަމެއް. އެ ކަން ހާސިްލނުވީމަ، މައުމޫން ލައްވާ ލަސްކުރަން ގޮއްވީ. ބޮޑުގޭމެއް! ރައްޔިތުން މިފަހަރު ވަރަށް ރަގަޅަށް ތިޖައްސާގޭމް ތަކުގައި ރައްޔިތުން އަބަދަކު ނުޖެއްސޭނެކަން ދައްކާނެ.
ވިސްނެންވެއްޖެ. ރައީސް މައުމޫން އަބަދުވެސް އިސްކުރައްވަނީ ގައުމު. އެކަން ތާޜީހުން އެބަ ހެކިދޭ މިގައުމައް އެނމެ ގިނައިން ބޭރުފައިސާ ވަދެވަދެ ހުރި ސިޕިންގް ލައިން ހުދުކާފޫރައްވެ ނެތިދިޔައީ މަސައްކަތުމީހަކުވެސް ކުއްވެރިނުވޭ އެއަރލައނެއް ބަނގުރޫޓްވި ޕިޔޯނަކުވެސް ކުއްވެރިނުވޭ 1978 އަހަރާ ހަމޔައް ހިލޭ ބޯހިޔާވަހކަމުގަ އުޅެއުޅެތިއްބާ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ތަކުގައި ރައްޔަތުން ކުއްޔައް އުޅެންޖެހުނީ ބިންތައް ހިސޯރުކުރީ ދޭތެރެ ދުރުކޮއް 3ޖީލް ނައްތާލި މިއަދު މިގައުމުގަނެއް މަސައްކަތެއް ކުރާނެ މީހަކު މަހައް ފަރައް ދަރައް ރުކަކައް އަރާލެވޭނެ މީހަކުވެސްނެއް އެއީ ވެރިކަމައް ނިކަމެތި އާއިލާޔަކުން ނަމަވެސް ކުރާނެ ރަނގާޅު މީހަކު އަތުވެދާނެ ކަމުގެބިރުގައި ކަމައް ލަފާކުރެވެނީ ސިޔަރަތު އަންނަހެން މޫސާގެ ފާނު ފާޅުކުރައްވަފާނެ ކަމުގެ ބިރުގައި ފިރުއައުނު ފިރިހެން ކުދިން މެރިހެން ސުކޫލް ތަކުގަ ޑުރަގް އިސްތިހާރު ކުރި ކުރީނުން ޒުވާން ޖީލް އެއްކޮއް ކަހަލަ ގޮތަކައް ޑުރަގައް ހުސްވީ ފަޓާސް އެތެރެނުވޭ ޑުރަގް އެތރެވޭ ބޮޑު އަރަތެއް