ރާއްޖެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރި ތިން މީހަކު ބައްޔަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.
އޭގެ ތެރޭގައި ށ.އަތޮޅު ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ މުވައްޒަފާއި ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ އިޓަލީ ފަތުރުވެރިޔާ ދިޔަ ޔުނިވާސަލް ޓިކެޓް އޮފީހުގެ މުވައްޒަފަކު ވެސް ހިމެނެއެވެ.
ފޯކައިދޫގައި ހުރި ކުރެއްދޫ މުވައްޒަފުގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމުން ފޯކައިދޫ އައިސޮލޭޝަންގައި ބެހެއްޓުމަށްފަހު އިއްޔެ ވަނީ ފަރުކޮޅުފުއްޓަށް ގެނެސްފައެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޓެސްޓްތަކުން ނެގެޓިވްވި ކަން ލިޔުމަކުން މިހާރު ވަނީ ފޯކައިދީ ކައުންސިލަށް އަންގާފައެވެ.
ފޯކައިދޫ އައިސޮލޭޝަންގައި އަށް މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ކުރެއްދޫގައި މަސައްކަތް ކުރި އިތުރު މުވައްޒަފަކު ވެސް ހިމެނެއެވެ. ނަމަވެސް އޭނާ ވަޒީފާ އިން ވަކިވިތާ ދުވަސްތަކެއް ވެއްޖެއެވެ. ދެން އައިސޮލޭޓް ކޮށްފައި ތިބީ ދެމުވައްޒަފުންނާއި ކައިރީގައި އުޅުނު މީހުންނެވެ.
އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ކޮވިޑް-19 ޖެހިފައިވޭތޯ ޔަގީން ކުރުމަށް ތިން މީހަކު ޓެސްޓް ކުރިއިރު އެތިން މީހުން ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޔުނިވާސަލްގެ ޓިކެޓިން އޮފީހުގެ މުވައްޒަފަކާއި ފޯކައިދޫ ކޭސް ހިމެނޭ ކަމަށެވެ. ތިން ވަނަ މީހަކީ ކޮބައިކަން އެޗްޕީއޭ އިން ވިދާޅެއް ނުވެއެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ ހަމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.
އަލްޙަމްދު ލިއްﷲ
އަލްޙަމްދު ލިއްﷲ ބުނެ ކޮމެންޓު ކުރުމުން ޑިސްލައިކު ދިނުމަކީ ކުރުން އެދެވޭކަމެއް ނޫން....މާތްﷲ އަށް ހަމްދުކުރުމްކީ މިފަދަވަގުތެއްގައި ވ މުހިންމުކަމެއް...އެއްވެސް ދިވެއްސެއްގެ ފުށުން ކޮވިޑް 19 އަދި ފެނިފައިނުވުމަކީ މާތްﷲ ގެ ް
ކަލޭ ކިޔާ އަލްހަމްދަކަށް މިހާރަކު ނުގުޑާނެ ކަމެއް ނޭނގޭތަ؟
الحمد لله
އަލްޙަމްދުލިﷲ
ކަލޭ އަލްހަމްދަށް ގުޑާ ދުވަސް އެބައޮތް ކަލޭގެކުރިމަތީ.
މި ސަރުކާރަކުން ނޫޅޭނެ މި ލޮލްގެ އައިޕީ އެޑްރެސް ހޯ ދާކަށް. ޢެކައްޗެއް ވިއްޔާ.
ދިވެހި ކާފަރުން ރުޅި އަންނަ ކޮމެންޓަށް އެމީހުން ޑިސްލައިކް ދޭނެ. ފޮރުވިގެން އުޅޭ ކާފަރުން ބައިވަރު މިގައުމުގަ.
الحمد لله???
الحمد لله
Alhamdhlilaah
އަލްހަމްދު ލިއްލާހި.
الحمد لله
އަލްހަމް ދު ލިއްﷲ
ނައްސިގެ މާނަ އަކީ ކޮބައތޯ
އަދި އެއްފަހަރު ތަންކޮޅެއް ލޯބޮޑު އައިނެއް އަޅައިގެން ލިޔުން ކިޔާލަބަލަ ހެޔޮނުވާނެ!!!
ސުރުޚީ ކިޔާފަ ދޯ ކޮމެންޓް ތިކުރަނީ!!! ކީކޭ ދެން ބުނާނީ!!! ?♀️?♀️
ހަމަ ނުފެނިވެސް ދާނެތޯ އަދި ތިވަރުވާކަށް ނުޖެހޭނުން
ނައްސި (ނެގެޓިވް)
ފައްސި (ޕޮޒިޓިވް)
އެމީހާ ނަޖިސްވީވާހަކަ
الحمد لله???
15REPLY
އަލްހަމްދުލިއްލާހި
އަލްހަމްދުލިއްﷲ
ނައްސިވެއްޖެ ???
މީގެ މާނަ ވަގުތު މީހުން ބުނެބަލަ
އެކަމަކުވާ ދޯ!!! އަޅެފަހެ ޚަބަރު ކިޔާފަތަ ތި ކޮމެންޓް ކުރަނީ!!؟؟؟ ނުފެނޭތަ އެބަހުގެ ކައިރީގައި ބްރެކެޓް ކޮށްފަ މާނަ ލިޔެ ދީފަ އޮތްތަނެއް؟؟!!!
ތަނެއްދޮރެއް ވަކިނުވިޔަސް ކޮމެންޓް ކުރެވޭތޯ ބަލާތި!!!
ޕައްސިވެއްޖެއްޔާ ގޯސްވީ ދޯ
ނައްސިވެއްޖެ. ވަގުތު ނޫހުން އައްސިވެއްޖެ.
އަލްޙަމްދު ލިﷲ
އެމީހާއަށް ވީ ކިހިނެއްތަ އަޅެ؟
ނައްސި މީ ދެން ކޮންކަހަލަ ބަހެއް މިބަސް ހެދި މީހާ އަށް ވަރައް ވެދުން. ޢައްސި އެރިގަޑީ ގައި ހެދި ބަހެއް ކަންނޭގެ މީ
މީކޮން ފަްސި އެކާ ނައްސި އެއްތަ ރައްޔިތުންނައް ވާނުވާ ނައަންގަން ބޭނުކުރަންފެށީ މާމޮޅު ބަހެއްކަމަދޯ އަހަރެން ކޮއްސި ވެއްޖެ
މާރަނގަޅުވާނެ މޮއްސާލާފިޔޭބުންޏަސް ކީކޭ ބުނާ ނީ ކޮއްމެއެއްޗެއް ކިޔުނަސްހެޔޮ ވިއްޔަ އެހެން ފާޑު ފާޑުގެ ނަންކިޔަމުންގޮސް ހުދު ތިނަން ފަތިވަރުހަދާ މީހުނަކަށްވެސް ނޭންގޭނެ ދެވަނަފަހަރު އެހެން މީހަކު އަހަލާފިއްޔާ ބުނާކަށް
އަލްޙަމްދު ލިއްﷲ?
"ރައްޔިތުންގެ މަޖިލީހަށް" ޤަރާރެއް ހުށަ ނެހެޅޭ އެއްވެސްކަމެއް މިޙާރު މިރާއްޖެއަކު ނެތެވެ!!
އެހެއްޏާ ފަހެ - ކޮވިޑް-19 އާއި އެނޫނަސް ޞިއްޙަތާއިބެހޭ ކަންކަމުގައި ބަސްބުނެ/ކަންކުރުމާއި އިރުޝާ ދު ދިނުމުގައި ހެލްތް މިނިސްޓަރާއި ޑޮކްޓަރުން އެއްފަރާކޮށް - "ރައްޔިތުންގެ މަޖިލިސް"އިން އެކަމަށް އަތްބާނައި ވެރިވެގަނެ ކަންތައް ކުރަންވީ ގޮތާއި ޞިއްޙީ އިރުޝާ ދާއި/ލަފާ ދޭން ފެށުމުން ޙައިރާނެއް ފަހެ ނުވާނެތޯ؟! ޢިމާރާތް ކުރުމުގެ ދާއިރާގައި ކޮންކްރީޓް ގަށަންވާ ގޮތުންފެށިގެން ނަރުސް- ބަލިމީހާ ބާއްވަންވީގޮތާއި އިންޖެކްށަން ޖަހަންވާ ތަނާއި ގޮތްވެސް "ރައްޔިތުންގެ މަޖިލީހުން" ބުނެ ދޭން ފެށީމާ ޙައިރާންވެ އަންތަރީސް ވިޔަސް އެ"މަޖިލިސް" އެނބުރި ފަސްވެސް ނުބަލާނެކަން ޔަޤީނެވެ. ކޮރޯނާ ވައިރެސް ޖެޙޭ މީހާ ބާއްވަންވާތަން ("ރަށުގެ ސިއްހީ މަރުކަޒުގައި"ކަން) އަންގަވަނީ "ރައްޔިތުންގެ މަޖިލިސް"ގެ ރައީސް އެވެ. ޙުރިހާކަމެއް "އަންބޮނޑި"ޖެހީ ނިމި ދިޔަ ސަރުކާރުން އެކައްޏެވެ!!! މި ސަރުކާރުން އެފަ ދަކަމެއް ނުކުރާނެ! ދެއްތޯ؟!!!!
الحمد لله
މިއީ ވައިރަހާ ގުޅިގެން އައު ބަސްތައް ހަދަން ރަގަޅު ވަގުތެއްނޫން.
ލިޔުން ހިތުން މޮޅު ކޮށްލުމަށް ދިވެހި ބަހެތް ލިޔެފަ އެކަމަކު އެންމެ ފަހުން ނިންމާލި އިރު ނޭންގުނު އެކަމެތް.
އަލްހަމްދު ލިއްﷲ ނެގެޓިވި ކުއްޖާއަށް ފޯކައިދޫ މީހުން ކުރި ނަފްސާނީ ގޯނާ ބަލައެއް ނުގަނެވޭ. އެކުއްޖާ ވަނީ ނަފްސާނީ ގޮތުން ވަރަށް ބަލިވެފަ މިކަމުގެ ޒިންމާ ފޯކައިދޫ ރައްޔިތުން ނަގަޖެހޭނެ
ނައްސިވެއްޖެ ޖަހާފައޮތީމަ ކިރިޔާ ޝޮކެއްނުޖެހުނީ ދިވެހިބަހަކަސް ހީވަނީ އައްސިވުމުގެ އެޑްވާންސް ސްޓޭޖަކަށްދިޔައިމަ ކިޔާގޮތެއްހެން ސޯދުބޭ ތިބޭފުޅާވާ ރަނގަޅު
އެކަކު ފޮއްސިވީ އަނެކަކު ފައްސިވީ
ﷲ ގެ ޒިކުރު ކުރުމާ ދެކޮޅު ޔަހޫދީން ފައި ދަށުން ބިންގަނޑު ދަމާލެވޭނެ
އަލްޙަމްދުلله
*ބަސް ހަ ދާ ކޮމިޓީގައި ކަން ހިނގާ ދިޔަ ގޮތް*
ص: މިއަ ދު އެޖެންޑާގަ އޮތީ މިހާރު އެންމެ ކިޔަންޖެހޭ "ނެގެޓިވް" މި ބަހަށް ދިވެހި ބަހެއް... ޢޭ... ޢިއްޔެ ހިފެހެއްޓި މީހާވެސް ނެގެޓިވް އޯ.
ޢިޔާޒު: ނައިސް!
ص: ނައިސް ؟... ނެގެޓިވް... ޥީމަ ނައިސް... ޢެހެންވީމަ "ނައްސި"!
އަނެއްކާ ކާކު އައްސިވެގެން ތިއުޅެނީ.