އއ. ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ އެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ ރިސޯޓުގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓުތައް ކުރަމުންދާ ކަމަށެވެ.

އަދި އެ ރިސޯޓަށް އަރާ ފޭބުން މިހާރު މަނާކޮށްފައިވާކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެ މީހާއަކީ އެ ރިސޯޓުގެ މުވައްޒަފެއް ކަމެއް ނުވަތަ ފަތުރުވެރިއެއް ކަމެއް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއީ އަރާ ފޭބުން މަނާކުރި ހަތަރު ވަނަ ރިސޯޓެވެ. މީގެކުރިން ވިލިމަންދޫ ރިސޯޓާއި ކުރެއްދޫ ރިސޯޓާއި ބަތަލާ ރިސޯޓް ވަނީ މީހުންނަށް އަރާ ފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓުން ފައްސި ވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ފަތުރުވެރިއެވެ. އަދި ބަތަލާ ރިސޯޓްގެ ދެ ފަތުރުވެރިއަކުވެސް ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރީ

    ކިހާދެރަ ކަމެއްތޯ އައްސި ފައްސި ވެގެން އުޅޭނެކަމެއްނެތް! ދިވެހި ބަހުގެ ހަލާކު

  2. Saman

    މިހާރު ރާއްޖެ އަށް ވީމަ 19 އިން 9 ބަ ދަލުވީ ދޯ