ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ނުކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ގޮވާލާފައިވާއިރު ނުސީދާކޮށް ނަޝީދުވެސް އެކަމަށް ތާއީދު ކުރައްވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވާފައެވެ.
އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުންގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހުއެވެ. އެމްޑީޕީގެ މެންބަރުން ވަނީ އިންތިހާބު ފަސް ކުރުމަށް ދެކޮޅު ހައްދަވާފައެވެ. ބައެއް މެންބަރުން ވިދާޅުވީ އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ހާލަތެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ބައެއް މެންބަރުން ވަނީ އިންތިހާބެއް ފަސް ކުރުމަކީ ގައުމަކަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ގެއްލުން ކަމަށް ވިދާޅުވެފައެވެ.
މި ވާހަކަތައް އަޑު އެއްސެވުމަށްފަހު ނަޝީދު ވިދާޅުވީ ކިއު ހަދައިގެން ތިން ފޫޓުން ތިން ފޫޓުން ދުރުގައި ވޯޓު ފޮށި ބަހައްޓައިގެންވިއަސް އިންތިހާބު ބާއްވަން މެންބަރުން ބޭނުންވާކަން އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރި ކުރުމަކީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކައުންސިލަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"އާންމު ސިއްހަތު ރައްކާތެރިކޮށްދިނުމަކީ ގާނޫނު ބުނާ ގޮތުން ސީދާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް އަދި ރޯގާއިން އަރައިގަތުމަށް ކުރަން އޮތް މަސައްކަތެއް ފުރަތަމަ ދަރަޖައިގައި ކުރަން އޮތީ ކައުންސިލަރުން،" ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިލެކްޝަންސް ކޮމިޝަން ޓެގު ކުރައްވާ ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ. އެއީ ކޮވިޑް19 އަށް ރައްކާތެރި ފިޔަވަޅަކަށް ވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު މިހާރު އޮތް ގޮތުން އެމްޑީޕީން ވަނީ އެޕާޓީން ކައުންސިލް އިންތިހާބަށް ކުރަމުން ދިޔަ ކެމްޕެއިންތައް ވެސް މަޑުޖައްސާލައިފައެވެ. އެމްޑީޕީގެ އިތުރުން ޕީޕީއެމް އިން ވެސް ވަނީ އެޕާޓީގެ ކެމްޕެއިންތައް މަޑުޖައްސާލައިފައެވެ.
ދެކޮޅު ހަދާނެތާ ފަސްވި ވަރަކަށް މި ބައިގަނޑު ދެކެ ރުޅި އަންނަ ރައްޔިތުން ގިނަވާނެކަން ޔަޤީންވާތީ.. ދުވަހެއް ދުވަހެއް ތާއީދު ދަނީ ދަށަށް. ހައްސަކޯށް އިޤްތިސާދު މަޅިޖެހި ހިދުމަތްތައް ނުދެވި ލަސްވާ ކޮންމެ ލަސްވުމަކާއެކު އަތަށްގޮވާ ތާއީދު ގެއްލޭނީކަން ޔަޤީންވާތީ އަވަހަށް ނިންމާލަން އެއުޅެނީ.....
މިއަށް ކިޔަނީ ހައްދު ފަހަނަ އެޅުމެވެ.
ބުއްޅަބެޔަކީ ކޮވިޑް 19 އަށްވުރެވެސް ނުރައްކާތެރި ވައިރަހެކެވެ.
މިސޮރަށް ވުރެ ވިހަ ނުބައި ވައިރަސްއެއް ބެކްޓީރިއާ އެއް މިގައުމަކު ނޫޅޭނެ ބޯހަލާކު ކީރިތި ރަސޫލާ އަށް ފުރައްސާރަ ކޮށް އެނޫން އެހެން އަލްޓަނޭޓިވް ނެރަޓިވް އެއް ހޯދަން އުޅެން ހަދައިގެން މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެ
ﷲ އަށް ބިރުވެތިނުވެ ތިމާހާ ގަދަފަދަ މީހަކު ނެތިގެން އު ޅޭހެން ހީވަނީ.
އޭ ދައްޖާލާ އިސްތިއުފާ ދީފަގެއަށްދޭ!
ނަޝީދު ބުނެފިއްޔާ ރޭގަނޑަކީ ދުވާލު... މިއުޅެނީ އިންތިޚާބުތަ ނުބޭއްވިގެން..
1 ވަނަ ދަރަޖައިން 2 ވަނަ ދަރަޖައިން 3 ވަނަ ދަރޖައިން ނެއްޓި އިމަރޖެންސީ ދަރަޖައަށް ދިޔައީމާ ދެން އެކަކު އަނެކަކުގެ ބޮލައް ކަނޑާލައިގެން ނުވާނެ. ތިޔަ ބަހުސަކާހެދިވެސް އެތަކެއް ލަސްތަކެއް ކުރިމަތިވަމުން އެބަދޭ. މައްސަލައަކީ އަމީނެއްނޫން.
ޢިންތިހާބް ބައްވާފިއްޔާ އިރާދަ ކުރައްވާފިއްޔާ ބޮޑުތަނުން ބަލިވާނެ އެހެންނޫނީ މީހުން ނުނިކުންނާނެ. ފަރުދީ ޒިންމާ ނަގާ ވޯޓް ލާން ނުނިކުތުމަށް ގޮވާލަން