ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރުނު ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ މިވަގުތު އެންމެ ރަނގަލު ގޮތަކީ ސްކޫލްތައް ބަންދު ކުރުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް ހަ މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި މިހާތަނަށް ޖެހިފައި ވަނީ ހުސް ބިދޭސީންނަށެވެ. ކޮވިޑް-19 އިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް ސެކްރެޓަރީ އަހުމަދު ސޮފްވާން ޑރ. ނިޔާފް ޓެގް ކުރައްވައި ޓުވިޓާގައި ވަނީ ސްކޫލް ޗުއްޓީއަށް އެކި ރަށްރަށާއި ގައުމުތަކަށް ދިޔަ ފަރާތްތައް އެނބުރި ރާއްޖެ އަންނަން ގާތްވެފައި އޮތް އިރު، ސްކޫލްތައް ހުޅުވަން ރައްކާތެރިތޯ ސުވާލުކޮށްފައެވެ.

"ހާއްސަކޮށް މި ބަލި ފެނުނު ގައުމުތަކަށް ޗުއްޓީ އަށް ގޮސް، މިއަދު ޗުއްޓީ ނިންމާފައި އެނބުރި ގައުމަށް އައިސްފައި މާދަމާ ސްކޫލަށް ފޮނުވީމަ ވާނީ ކިހިނެއް؟ ސޮފްވާން ޓުވިޓާގައި ކުރި ސުވާލުގައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނިޔާފް ވިދާޅުވީ މިވަގުތަކީ ސްކޫލްތައް ހުޅުވުން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

 

ޑރ. ނިޔާފް ވިދާޅުވީ މަތީ ސާނަވީ ހާސިލް ކުރާ ދަރިވަރުންގެ އިތުރުން ކޮލެޖްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޮންލައިން ޕްލެޓް ފޯމެއް މެދުވެރިކޮށް ކިޔެވުން ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އަދި އަނެއް ދެ މީހުން ޕޮޒިޓިވްވެފައި ވަނީ ބަތަލާ ރިސޯޓުންނެވެ.

ސަރުކާރުން ވަނީ ކުރެއްދޫ އާއި ބަތަލާ އާއި ވިލަމެންދޫ އާއި ކުރަމައްޗަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒައިޝާ

    ކިތައްމެ ވަރަކަށް ޑޮކްޓަރުން ބުންޏަސް މި ސަރުކާރުން ހިތަކަށް ނާރާނެ ކަހިރަވެކޭވެސް. އަދިވެސް އައްސި އަކާއި ފައްސި އަކާއި ކިޔާ ބޭކާރު ކަންތައްތައް ކުރެވޭތޯބަލަނީ . ދިވެހިންނާއި ދިވެހި ބަހަށް ވެސް ހުރި ލަދެއްމީ

    71
    4
  2. ޢެޑްމުންޑޯ

    މިއަހަރު އެއްކޮށް ކިޔެވުން ގެއްލުނަސް ކޮބާ މައްސަލައަކީ ، ދަރިވަރުންގެ ފުރާނަ މާމުހިއްމުވާނެ

    83
    1
  3. Anonymous

    ޑރ. ނިޔާފް ވިދާޅުވި ފަދައިން، މިވަގުތު ބުއްދިވެރި ގޮތަކީ ސްކޫލްތައް ބަންދު ކުރުން! އަދި ކުޅިވަރުތައް ވެސް މިވަގުތައް މަޑުޖައްސާލުން!
    މިއީ ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައާއި! އެންމެންގެވެސް ސަލާމަތަށްޓަކައި!

    76
    1
  4. ހުސޭނުބޭ

    މީ އަހަރެމެންގެ އެއްމެ ބޮޑު މައްސަލައަކީ! މިފަދަ ނުބައި ދަނޑިވަޅެއްގައިވެސް ޗުއްޓީހަދާލަން އެކި ޤައުމުތަކަށް ފުރައިގެން ދާންޖެހޭ! ގައިމު ކީއްވަނީ އެހެން ބަންދަކު ޗުއްޓީހަދާލަން މަޑުކޮށްލިނަމަ!

    61
    1
  5. ކޮރަކަލި

    ނާހަމަ ތެދެއްތަ

    20
  6. އެޑްވަޑް ބާމުންޑޭ

    ނިޔާފް ކިހިނެއްވެތޯ ކުރިން ވިދާޅުނުވީ އިޓަލީން ގެސްޓުން ނުގެނައުމަށް. ބަނގުލަދޭސް އިން ކޮވިޑް ފެނުނު ދުވަހު އެޤައުމުން މީހުން އައުން މަނާކޮށްފި.

    23
    4
  7. ޙަލީ

    ޙަމަ އެކަނި ސްކޫލް ތަކެށް ނޫން ކުޑަކުދިން އެންމެ ގިނައިން ދާ ޕާކު ތައް ވެސް ބަންދު ކުރަން ވީ ..އެހެން ނޫނީ ތިޔަތަންތަނަށް ދިޔުމެއްވެސް ނުހުއްޓޭނެ

    52
  8. ލޮންސި

    ބޭރު ގައުމަކުން އަންނަ ކޮންމެމީހަކު 14 ދުވަސް ވަންދެން ގޭގައިހުރުމަށް އޮން އެރައިވަލްގައި ޕޮލިހުން ހޯމްސްޓޭ ނޯޓިސް ދޭން ކެރޭނެބާ!

    17
  9. އެމަންޖެ

    މަޑުކުރޭ ސަރުކާރުން ސުކޫތައްވެސް ބަނދުކުރާނެ އަތްނުފޯރާފަށައް މި ބަލި ފެތުރިނީމަ އޭގެ ކުރިން ހިޔެއްނުވޭ އެއްޗެއް ވިސްނޭނެ ހެނެއް.

    30
  10. ބިކުރު

    ތީމިހާރު ހުރިހާ ކުދިން ބެނުން ވާގޮ

    17
  11. ތެދުބަސް

    ހުރިހާ ބެލެނިވެރިން އެއްމެން އެކަށްޗެއް ކިޔާފަ ސްކޫލަށް ކުދިން ނޮފޮނުވީމަ ސަރުކާރުން ކުރާނެ ކަމެއް ނޯންނާނެ.ސަރުކާރުންތާ ބަންދު ނުކުރާނީ ބެލެނިވެރިންގެ ފަރުދީ ޒިއްމާ ނެގީމަ ހުންނާނީ ރަގަޅަށް.އެމީހެއްގެ ދަރިންގެ ސަލާމަތާ ރަށްކާތެރިކަން ހޯދާނީ އެބެލެނިވެރިޔަކު.މިދުވަސްކޮޅު ސްކޫލަށް ތިމާގެ ލޯބިވާ ދަރިފުޅު ބޮޑު ޖަމާއަށް އޮއްނަ ތަންތަނަށް ފޮނުވުމަކީ އަމިއްލަޔަށް ތިމާގެ ދަރިންތަށް އަނދަވަޅަކަށް ވަށްޓާލުން ކަމުގައި ނޫނީ ނުވާނެ.