ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދުގެ ދަށުން، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ 1700 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، އެ ޔުނިޓްގެ ބިންގާ އަޅާ ދެއްވީ ޕްޕޭލިންގ މިނިސްޓަރ މުޙައްމަދު އަސްލަމެވެ.

މި މަޝްރޫއުގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މިއީ ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިންގ ޔުނިޓްގެ 11 ޓަވަރުގެ 15އަދި 16ބުރީގެ ޢިމާރަތްތަކެއް ހެދިގެންދާނެ ކަމަށެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަޑަކަށްކަށް 133،127،000 ޑޮލަރު ޚަރަދުވާ، މިމަޝްރޫގެ ޢަމަލީ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓްރީން ލަފާ ކުރެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ފަހިދިރިއުޅުމެއް ހޯދައިދިނުމާއި އަދި ބޯހިޔާވަހިކަން ހޯދުމަށްޓަކައި ރައްޔިތުން އުފުލަންޖެހިފައިވާ ބުރަ ލުއިކޮށްދިނުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުޙިއްމު އެއް ސިޔާސަތުކަމަށްވުމާއިއެކު، ބޯހިޔާވަހިކަން ދިނުމަށް ހިންގޭ ހުރިހާ މަޝްރޫޢުއެއް ކާމިޔާބުކަމާއެކު ރާވާ، ހިންގާ، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދާނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ތެދުބަސް

    ފެށުން ވަރަށް ރަގަޅު.ނަމަވެސް ބިންގާ އެޅުމަކީ އަދި ތިޔަކަން ވުމެއްނެތް.ރައީސް ޔާމީން ގެ ސަރުކާރުގައި އެކިއެކި މުއައްސަސާ ތަކުގެ ބިންގާވެސް އެޅި އެއަށްވީގޮތެއް އެނގޭ މީހަކު މިހާރަކުނެތް.އެހެންވީމަ ބިންގާ އެޅުމަކީ ރަށްޔިތުންގެ ލޮލުގައި އަޅުވާ އަނދުނަކަށް ވުމަކީ އިތުތަށް ރަށްޔިތުންނަށް މާޔޫސް ކަމެއް ލިބި ސަރުކާރާ ދޭތެރޭ ނަފުރަތު އުފެދިގެން ދިއުން.ރައީސް ޔާމީންގެ ސަރުކާރުން 7000 ފުލެޓް ވަނީ އަޅާނިންމާފަ އެކަމަކު މިސަރުކާރުން އެފުލެޓްތަށް އަދިވެސް އޭގެ ހައްޤުވެރި ފަރާތޮތަކަށް ދެވޭގޮތެއް ނުވޭ.ދެން އާފުލެޓް ތަކެއް އަޅައި ދޭނަމޭ ބުންޏަސް އެއީ ޤަބޫލު ކުރަން ދަތިވާހަކައެއް.އެޅިއްޖިއްޔާ ކިތަށްމެހާވެސް ރަގަޅު.

    22
    11
    • ޒަކް

      ތި 7 ހާސް ފުލެޓު އަޅަން ފެށުނީ ދައުރުގެ 4 ވަނަ އަހަރު.. ހަމަ ތިގޮތަށް ޔާނު ވެރިކަމުގަ ބިންގާ އަޅާ ރައްޔިތުން ވެއްދި އެންމެ ފުލެޓެއްވެސް ނެތް އޭރު ހުޅުމާލެއިނއނާ މާލޭ ގާކޮށިން ދިން ފުލެޓުތަކަކީ ނަޝީދު ވެރިކަމުގަ ފެށި ފުލެޓުތަކެއް..

      20
    • ކޮކަޑި19

      އޭނަ ކުރި ކަންތައްތަ ކިޔާދޭން ނޫޅޭ މިގައުމުގަ ހަމަޖެހިގެން މުސްލިމުންނަ ދިރިނޫޅެވިގެން މިއުޅެނީ ތިޔަނަޝީދު ކުރާ މަސައް ކަތުގެ ސަބަބުން...ރޔާމީން 4ފަހުން ފްލެޓްއަޅަންފެށީ ކިތައް ރަށުގަ ކިތައް މަޝްރޫހިންގަމުން. ރޔާމީން ޖެހި ކަޑައެއް މަސައް ކަތްނުފެށި އޭގެ ރައްޔިތުންނަ އެ ކަމަ ކުން ޙިދުމަތް ލިބޭ ކަމެހުރިނަމަހުރީ ސަރު ކާރު ބަދަލުވިފަހުން މިސަރު ކާރުން މަޑުޖައްސާފަ ނޫނީ ހުއްޓުވާފަހުރި ކަމެއްގަ..ރައްރަށުގަ މަގުހަދަން ގެންގޮއްސަހުރި ސާމާނުތައް ފީވެ ދަބަރަށްވެ ހަލާ ކޔވެފައެހުރީ ކޮންބައެއްގެ ސަބަބުން. ތި17ހާސް ފުލެޓަ ކީ ރޔާމީންގެ ޔޫތުސިޓީގެ މަޝްރޫގެބައެއް. ކުންފުނިތަ ކާއެ ކު ސަރު ކާރާއެ ކު 25ހާސް ހައުސިންގ ބޮޑު މަޝްރޫއެއްފަށައި ފައިސާހޯދާ މަސައް ކަތް ހަވާލު ކޮއްފަހުރި ކަންތައްތަ މިސަރު ކާރުގެ މަސައް ކަތެއް ކަން ދައް ކަން އުޅުނަސް ﷲދެނެވޮޑިގެން ހައްގުތެދު..މިސަރު ކާރަ އޮޅުވާލެވޭނީ ތި ކަހަލަމީހުންނަ އަމިއްސި ކުނޑިން ނުވިސްނާމީހުންނަ..

      10
  2. Anonymous

    ކޮންތާކުން ފައިސާ ހޯދީ؟ ދައުލަތުގައި ގައިމު ލޯލާރިއެއްވެސް ނެތް. މާލޭ ރައްޔިތުން ލޮލުގައި އަނދުން އަޅުވައި ގުނބޯ ހައްދަނީ ދޯ؟

    39
    1
  3. އަލީ

    ވޯޓަށް ޖައްސަވާ ކެމްޕެއިން ކަޑަ ދެއްތޯ؟ އެދުވަސް ހިނގައްޖެ!

    37
    1
  4. ޑައެލޯގް

    ބަލަ 900 އަކަފޫޓުގައި 3 ކޮޓަރި ކުޑައޭ މިސަރުކާރަކީ ޔާމީނުގެ ވެރިކަމުގަ އެޅިފްލެޓް ތަކުގެ ކޮޓަރިތައް ކުޑަވެގެން އުޅުނުމީހުން މިހާރުވެސް ކޮޓަރިތައް ކުޑަވާނެ

    30
  5. ޚިޔާލު

    މީހުން އެއްވާ ތަންތަނަށް ނުދައްޗޭ ކިޔާފަ ކޮން ގުނބޯގަނޑެއްތަ ތިހައްދަނީ؟؟؟

    39
    1
  6. ޙުދުދު

    މިހާރު އަޅާފހުރި ފްލެޓްތައް ނިއްމާނުލެވުނު ބަޔަކަށް ކޮންފްލެޓް އެއް އެޅޭނީ

    32
  7. ސސ

    ކުރިޔައްއޮއްއިއްތިހާބުނުފެނޭތަކަލޯމެނަން ނުވިޔަސްފުޓޯދައްކައްޖެހޭނެންނުންދޯ

    22
  8. ސސސ

    ދޮއްކެއޮވަކަކުއްތަރައްގީކުރިމީހުއް ދަޑިފަނުންފުލެޓުއަޅައްބާމިއުޅެނީ ރަގަޅުވޯޓުލިބޭނީތިފަދަދޮގުތަކާދިމާލައްގޮސްގެ ހޭނުޖެހޭކުދިއްއައްޖަހާނެ

    20
  9. ބާރީ

    ޢިންޑިޔާގެ ހެޔޮއެދުން ތަކާއެކު ދޯ؟؟؟

    20
    2
  10. Anonymous

    ދޮގެއްގެ ބިންގާ ތިއެޅީ. ކޮބައިތަ ބިންގާއަޅާ ރައީސް. ބައްޔަށް ބިރުން އަމިއްލައަށް އެކަހެރިވެގެންތަ މިހާރު ހުރީ؟

    13
  11. ނޫނޭވާ

    ޔާމީނުގެ ފަސް އަހަރު ނިމުނުއިރު ކިރިޔާ ބިންގާ އެޅުނީ، ދެން ކޮން ފުލެޓެއް ނިންމި ވާހަކައެއް. އެއީ 5 ވަނަ އަހަރު.

    3
    12
  12. ޙދެދ

    2500 ހައުސިން ޔުނިޓް ކޮބާހޭ

    11
  13. އެމަންޖެ

    2 އަހަރުވަނީ އަޅާފަ ހުރި ފުލެޓުތަކެއް ނުނިމެގެން އުޅޭތާ، ގަބޫލު ކުރެވޭ ވާހަކައެއްނޫން ތިޔަ ދައްކަނީ ބިންގާ އަޅައިގެން 2 އަހަރުތެރޭ ނިންމަން، ތިޔަ ބިންގާއެއް އަންނިއާ އިބޫ ބޯމަތީ އެޅިނަމަ މާރަނގަޅުވާނެ.

    10
  14. ދަވްތޫރް އަބުދުލް އަޒީޒު

    މިހާރުވެސް އެއުޅެނީ ތުލުސްދޫއިން ގޯތި ދޫކުރަން ރައްރަށުގަ ގޯތި ދެވެންޏާ މި މާލޭގެރައްޔަތުންނައްވެސް ދެވެންޖެހޭނެ ރައްރަށުގަވެސް ގޯތި ދެނީ ބިންހިއްކާފަ ވޯޓް ލެވޭނީ ތުލުސްދޫ މީހާޔައްވެސް އެއްވޯޓް މާލޭގެ ރައްޔަތުމީހާޔައްވެސް އެއްވޯޓް އެކަމަކު ގޯތިދޭންވީމަ މާލޭމީހާޔައް ނުލިބޭ ތުލުސްދޫ މީހާޔައް ލިބޭ މީކޮންކަހަލަގެ ނާތަހުޒީބު އަމަލެއްތޯ ސަރުކާރުން ގެންގުޅޭ ނަސްލީ ތަފާތު ކުރުމެއްނޫންތޯ މިއީ ކަޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހަމަހަމަކަން ނަގާލެވޭ ހަމ،ަހަމަ ފުރުސަތުން އެއްކިބާ ކުރުމަކީ ގާނޫނުއަސާސީއާއި ޙިލާފުވުން 17) .ހ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤްތަކާއި މިނިވަންކަން، މި ބާބުގައި ތަފާތުނު ކުރުން ބަޔާންކޮށްފައި ވާގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިޙައްޤު ތަކާއި މިނި ވަންކަން ލިބުމުގައި އެމީހުއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމަކަށް، މިޙައްޤު ތަކާއި މިނި ވަންކަން ލިބުމުގައި އެމީހުއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ.

    6
    1
    • ޢަލިފުޅު

      ގެސްޓްހައުސް ހަދާފަ ވިޔަފާރި ކުރާ ކަށް މާލެ މީހުންނަ ކަށް ގޯތި ނުދެވޭނެ..

  15. އީޖާބޭރާއްޖެ

    މާލޭގައި ދިރިއުޅޭ އާއިލާއަކައް ލިބެނީ 15،000-50،000ރ.ދެމެދުގެ އާމްދަނީއެއް އޭގެ ތެރެއިން 8،000 އާއިލާއައް 30،000-50،000ރ. ދެމެދުގެ ގެދޮރުގެ ހަރަދަށް، އާމްދަނީގެ 40 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ހަރަދު ނުކުރެވޭނެ ކަމަށް ލޯނުދޭ ފަރާތްތަކުން ގަބޫލުކުރާ ކަމަށެވެ. މީގެން އެނގޭ އެއްޗަކީ ސަރުކާރުން ބޭނުމެއް ނުވޭ ރައްޔިތަކައް ހިދުމަތެއްދޭކައް ބޭނުންވަނީ ރައްޔަތުންނައް ލިބޭއެއްޗެއް ބަލާފައި ބިންތައް ހިސޯރުކޮއް ދަތިކޮއްފައި ނިކަމެތިކޮއް އަޅުވެތިކުރަން ރައްޔަތުންނަކީ ގެސްޓުންކަމައް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް މީގަ އެންމެ ހެއްވާކަމަކީ މުޅިދިވެޖިރާއްޖޭވެސް ގޯތި ނުދެވޭނީ މިމާލޭގެ ރައްޔަތުންނައް އެކަނި ހަގީގަތުގަމީ ގާނޫނު އަސާސީގެ 2ވަނަ ބާބުގަބުނާ ހަމަހަމަކަމުގެ ގާނޫނާ ޙިލާފް ނާތަހުޒީބް ނަސްލީ އިމްތިޔާޒެއް ވޯޓް ހޯދަން ވަޑައިގަތީޫމާ މާލޭގެ ކޮންމެ ރައްޔަތަކުވެސް މިވާހަކަ ދައްކަވާ ވޯޓް ހޯދަން ވަޑައިގަންނަވާ ބޭފުޅުން ނާއި ސުވާލް ކޮއްލައްވާ ކޮބާތޯ ގާނޫނުން ލިބިފައިވާ ހަމަހަމަކަމުގެ ހައްގު ވެދުން

  16. ދަވްތޫރް އަބުދުލް އަޒީޒު

    ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުޙިއްމު އެއް ސިޔާސަތުކަމަށްވުމާއިއެކު، ބޯހިޔާވަހިކަން ދިނުމަށް ހިންގޭ ހުރިހާ މަޝްރޫޢުއެއް ކާމިޔާބުކަމާއެކު ރާވާ، ހިންގާ، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދާނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ މީގެ މަންފާ ކުރަނީ ރައްޔިތުންނަކައްނޫން ތިޔަ ހީކުރައްވަނީ ހުރިހާ ރައްޔަތުންނަކީ ގަމާރުން ކަމައްތޯ ތިޔައީ ސަރުކާރުން މަންފާހޯދަން ކުރާ ވިޔަފާރިއެއް 1700 ގުނަކޮއްލަބަލަ 6000 މީ އެންމެ ދައް އަގުކަމައް ބެލިޔަސް މަހަކު ސަރުކާރައް އާމްދަނީއެއްގެ ގޮތުގައި ގާއްގަޑަކައް 10200000 ސަތޭކަ ދެމިލިޔަން ރުފިޔާ ނިކަމެތި ރައްޔަތުން ދާއޮހޮރުވައިގެން ހޯދާލާރިން މީހިދުމަތެއްތޯ މީވިޔަފާރި ރައްރަށުގެ މިހުންނައް ހިލޭ ބިންދޫކޮއްފައި މިމާލޭމީހާޔައް ފުލެޓްކުލިދައްކައިގެން އުމުރައް މީތޯ އިންސާފަކީ ވޯޓް ހޯދަންވީމަ ރީތި ވާހަކަ ދައްކާފައި އަމަލާބާ ދިމާނުވޭ މިކަމަހެދި ރައްރަށުގެ މީހުންގެ ފުރައްސާރަޔާ ރުޅިވެރިކަން މިބާލަނީ މިމާލޭގެ ނިކަމެތި މީހާޔައް މުއްސަދިން ދިގުމުއްދަތައް މާލޭގެ ގޯދި ހަދަފައި ރައްރަށުމީހުންނައް ބޮޑުއަގުގައި ހުރިހާ ފަލީހަތެއް މާލޭގެ ނިކަމެތި ރައްޔިތާޔައް

    3
    1
  17. ލުޓޭރުންގެ ސަރުކާރު

    މިސަރު ކާރަށްވާނަމަ މިސަރު ކާރުގެބޮޑުން ހިތްރުހޭ އަންހެނެހުއްޓަސް މިމީހުންގެ އަންބަ ކަށް ހަދައިފީސް..މީހެއްގެ އަންބަ ކަށްވިޔަސް...އޮޅުވާލުމާ ދޮގާ މަ ކަރާ ހީލަތާ މިހުރިހާ ކަމެއްގެ އެއްމެމަތީދަރަޖައިގެބައެއްމީ.. ކަންތައްތަ އޮޅުވާލަންވީމަ ފުރަތަމަ ކުރާ ކަމަ ކީ މީޑިޔާތައް އަތުއަޅުވާލަނީ.ނޫސްވެރިންނަ ސައިދީފަ ސަރު ކާރުން ބޭނުންވާގޮތްބުނެފަ ސަރު ކާރުންބޭނުންވާގޮތަށް ހެޑްލައިން އަޅާނެ ކަމުގެ ޔަގީން ކަންހޯދާފަ ދެން ކުރާ ކަމެ ކުރަނީ..ދެން މީޑިޔާތަ ކުން ޖެހިގެންއަންނަދުވަހު ސަރު ކާރުންހިންގާ ޖަރީމާތަ ކުގެ ހެޑްލައިންއަޅާނެ ސަރު ކާރުއެދުނުގޮތަށް ލޯ ކަނު މައްމަންބައެއްފަދަ ނޫސްވެރިން މިހާރު. މިޕްރޮޖެ ކްޓަ ކީ ރޔާމީންގެ ސަރު ކާރުގެ 10ހައުސިންގެ މަޝްރޫއެއް ކަމާ މިފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 10ހާސްމީހުންނަ ދީފައޮތް ކަން ނޫސްވެރިންނަނޭގުނީމަ ތަން ކޮޅެ ނޫސްވެރިން މިނިވަންވެއްޖެތާ ތެދުހާމަނު ކުރެވޭވަރަށް. ޗައިނާގެ ދަރަނިދަންތުރައިގަ މިސަރު ކާރުން ނުޖެހޭނެ ކަން..ރޔާމީން ޗައިނާއިން ލޯނުހޯދާ އިންވެސްޓަރުންހޯދާ މަސައް ކަތްހަވާލު ކޮށް ނިމިފަހުރި ކަމެއް ކަން މީޑިޔާއަށް ނޭގުނު. ލަދު ކޮބާ އަސްލަމު އެހެންބައެއްގެ ބުރަމަސައް ކަތްުގެ ފޮނިބޯން.

  18. ރީޑަރ

    އަސްލަމް ބުނީ މިދިއަ ސަރު ކާރުން ފްލެޓް އަޅަން ފެށީ އެމީހުންގެ ވެރި ކަމުގެ 4 ވަނަ އަހަރުގައޭ ދައުރު ނިމުނު އިރުވެސް ފްލެޓކަކަކ ކަށް މީހުން ނުވައްދައޭ ތިމަންމެން އަހަރަ ކާ ދުވަސް ކޮޅެއް ތެރޭގަ މިފެށީ ފްލެޓް އަޅަންށޭ ތަފާތު އަމިއްލަޔަށް ވަޒަން ކޮށްލާށޭ.. އަސްލަމް، ޔާމީން ޙަވާލުވިއިރު ފްލެޓް އަޅާނެ ބިމެއް ނެތް އެސޮރު ޖެހުނީ ބިމެއް ހިއް ކަން ހިއް ކި ބިމަ ކީ ހުޅުމާލެ ފޭސް 2 އަދި އޭގެ ފަހުގައި ބިންގަނޑު ހަރުވެ ފްލެޓް އަޅަން އެބިންގނޑު ދޮންވެ ފައް ކާ ވީމާ މިއަދު އަސްލަމް ތި ބިންގާ އެޅި ބިމުގެ ފަހަތުން ތިފެންނަނީ ޔާމީން އެޅި ފްލެޓްތައް ކަޑަ؟

    (ހަމަ މިގޮތަށް މި ކޮމެންޓް މިހާރު ނޫހުގަ ހުރި މިޚަބަރަށް އަހަރެން ރޭގަ ޖެހިން އަދި އެމީހުން ކޮމެންޓ ޖަހަންވެސް ޖެހި ކޮމެންޓް ގިނަބަޔަ ކަށް ކަމުވެސް ދިޔަ އެ ކަމަ ކު މިހާރު އެ ކޮމެންޓް ވަނީ ޑިލީޓް ކޮށްލާފަ، ޑިއަރ ސަރު ކާރު މިއީތޯ ތިޔަބޭފުޅުން ބުނާ މިނިވަން މީޑިއާ އަ ކީ؟ ރައީސް އޮފީހުން އަންގައިގެން މުޅި މީޑިއާ ކޮންޓްރޯލް ކުރިޔަސް ޙަޤީޤަތް ބަދަލެއް ނުވާނެ ޔާމީން ފްލެޓް އެޅީ ހުޅުމާލެއަށް ވުރެ ބޮޑު ބިމެއް ހިއް ކައިގެން އަދި ފަސޭހަ ކޮށްދޭން މަގުވެސް ހަދާދީފަ އެއޮތީ. ސަލާމް)

  19. ޢަލީ

    ބަލަ ތީ ޔާމީނު ސަރުކާރުން 2 ކޮޓަރީގެ 2500 ފްލެޓްގެ ބައި، ތިބައިގެ ފައިސާއާ ކޮންޓްރެކ ކްޓަރ ހަމަޖެހި ސޮއިނު ކުރެވި އޮއްވާ ސަރު ކާރު ބަދަލުވީ މިހާރު މިހެދީ 2 ކޮޓަރީގެ ބައެއް 3 ކޮޓަރި އަށް ހަދާ ފްލެޓް މަދު ކުރީ އަދި މި މީހުންގެ މަޝްރޫއަ ކަށްހެދީ،

  20. ޙަސަނާ

    900 އަކަފޫޓުގަ 3 ކޮޓަރި އޭ ބުނީމަ ދެން މިސަރުކާރުގެ ފެންވަރު އެގިއްޖެ މިހާރު 2 ވަނަފޭހުގަ ހުރީ ކޮތަރު ކޮށި ކަމައްވަންޏާ ތި 3 ކޮޓަރި ކުޅަދުރު ހަތާ ފެންވަރުގަ ކުޑަވާނެ އެހެންވީމާބަޔަކައްފާޑުނުކިއަސް ވެރިކަން ރަގަޅައްކުރެވިދާނެ ދަންނަވަންތޯ މިގައުމުގަ ކަންކަން ރަގަޅުނުވެގެން މިއުޅެނީ ޕާޓީ އެކުޓިވިސްތުންނައް ޒިންމާދާރު މަގާމުތައްދޭތީ ޕލޭނެއްނެތް އިލްމެއް ތަޖުރިބާ އެއްނެތަސް ޕާޓީއައް ޕުރެސަރުކޮއްގެން ތަންތަނައް ބޯ މަހާތީ ކުރަންއިގޭހާވެސްކަމަކި ޓުވީޓުކުރުން ދެންކޮފީ މޭޒު ގައުމައްލިބޭ އާމްދަނީ ދަނީ ސިޔާސީމީހުންގެ ޖީބުތަކައް ދެންކޮން ކޮތަރުކޮއްޓެއްތޯ..