މިދިޔަ ސަރުކާރާއި، މި ސަރުކާރާއި އަޅާ ކިޔާނަމަ، ބޯހިޔާވަހިކަމުގެ މަސައްކަތް ލަސް ނުވާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ 1700 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެެ.
އަސްލަމް ވިދާޅުވީ، އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދައްކާ އެއްވާހަކައަކީ ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ދާ މިންވަރު ލަސްކަމުގެ ވާހަކަ ކަމަށާއި، އެހެންނަމަވެސް ދެ ސަރުކާރު އަޅާ ކިޔާ އިރު މި ސަރުކާރުގެ މަސައްކަތްތައް އަވަސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަސައްކަތެއް ފެށުނީ އެމަނިކުފާނުގެ ދައުރުގެ 4 ވަނަ އަަހަރު ކަމަށާއި، މި ސަރުކާރުން އެ މަސައްކަތް ފަށާފައި މިވަނީ ދައުރުގެ ދެވަނަ އަހަރުގެ ތެރޭގައި ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.
" އެ ބޭފުޅުން ގެއެއް އަޅަން ފެއްޓެވީ 2017 ވަނަ އަހަރު. އެ ބޭފުޅުން ކުރެއްވި ކަމަކީ، އޭގެ ކުރީގަ 2013، 2014، 2015، 2016 ކުރެއްވި ކަމަކީ އޭރު އަޅުގަނޑުމެންގެ ސަރުކާރުން ކުރަން ފަށާފައި ހުރި މަސައްކަތް ކުރިއަށް ގެންދިއުން. ދައުރުގެ 4 ވަނަ އަހަރު އެ ބޭފުޅުންނަށް މަސައްކަތެއް ފެއްޓެވުނީ، ގެދޮރު ބިނާ ކުރުމުގެ. މިއީ އަޅުގަނޑުމެންގެ 2 ވަނަ އަހަރު." އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވަނީ މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ގިނަ މައްސަލަތަކެއް ހުރުމުން ދަތިތަކާއި ކުރިމަތިވީ ކަމަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަން ބޭނުން ވަނީ ހަމައެކަނި ދަށް ފަންތީގެ ފަރާތްތަކަށް ނޫން ކަމަށާއި، މެދު ފަންތީގެ ފަރާތްތަކަށް ވެސް ފްލެޓްގެ ބޭނުން އިންތިހާއަށް ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ބިންގާ އެޅި މަޝްރޫޢުގެ ދަށުން، 3 ކޮޓަރި އާއި 2 ކޮޓަރީގެ އެޕާޓްމެންޓްތައް ހަދަމުންދާ އިރު، 3 ކޮޓަރީގެ އެޕާޓްމެންޓެއްގައި 900 އަކަފޫޓު، 2 ކޮޓަރީގެ އެޕާޓްމެންޓެއްގައި 680 އަކަފޫޓު ހުންނާނެ ކަމަށާ، އެއީ އާއްމުން ދިރިއުޅުމަށްޓަކާ ބޭނުންވާ އެންމެ މަދު މިވަރުގެ ޖާގަ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މިސަރުކާރުގަ މިތިބީ އިރާދަކުރެއްވިއްޔާ ދޮގާ،މަކަރާ، ހީލައްތެރިކަމުން ޕީއެޗުޑީ ނަގާގެން ތިބިމީހުން ،
ޖީބު ބޮޑުވިވަރަކަށް މަނިކުފާނަށް ތިހެން ހީވާނެ!
މިވަގުތަކީ ފޮނިކަޑަންވީ ވަގުތެއް ނޫން، ކަމެއް ކުރެވޭނެ ބަޔަކު ފޮނި ނުކަޑާނެ
ޤަމާރާ އެއްވެސް ކަމެއް ލަސްވިތަ... ޤަމާރު ސުލޯ ކިބޫ
އަދި ކިރިޔާ ބިންގާ ތި އެޅުނީ . ތި ބިންގާ ހުރެދާނެ ތިގޮތައް ދައުރު ނިމެންދެއްވެސް ޕުރޮޖެކުޓު އެއްކޮށްނިމުނީމަ ތިކިޔާއެއްޗެއްކިޔާބަލަ.
ތިބިންގާ އިން ވިނަކަޑަން ނުޖެހެއްޖިއްޔާ ކިތަންމެހާވެސް ރަގަޅު
ކަލެއަކަށް ލަހެއް ނުވާނެއެއްނު. ކަލޭ އުޅެނީ ނުލާހިކު އަރާމުގަވިއްޔަ.
ކަލޭ ނުދެނަ ހުރިންތަ ޔޫތު ސިޓީ އޭ ކިޔާފަ ބޮޑު ބިމެއް ހިއްކާ އެތަނުގެ މަގުތައް ހަދާ ކަންކަން ޔާމީން ކުރި ކަމެއް؟ ކަލޯ އެއީ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެތެރެއިން ކުރެވި ފައިވާ ކަންކަން، ކަލޭ ތިފާހަގަ ކުރީ ހަމަ އެކަނި ފްލެޓް ތަކުގެ ވާހަކަ ދޯ!؟ ޔާމީން އެ ބިން ހިއްކާ މަގުހަދާ ކަންކަން ނުކޮށް އޮތްނަމަ ކަލޭމެން ފްލެޓް އަޅާކަށްވެސް ނޫޅުނިސް! ހައުސިންގ މިނިސްޓަރޭ ކިޔާތީވެސް ކަލެއަށް ލަދު!
މުއީޒް މިނިސްޓަރ ކަމުގަ މާލޭގެ ރައްޔަތުންނަށް ހުޅުމާލޭ 2ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ބުނީމަ އެކަމައް ހުރަސްއަޅާ އޭސީސީން ނުނިކުމެ ދައްތައަކާބޭބެއެއް އުޅުނު ހަދާން އަަދިނުނެތޭ އެކަން ހުއްޓުވީވެސް ހަމަ ތިޔަޕާޓީގެ ބޭބެއްޔާއިން މިއަދުވޯޓްހޯދަންވީމަ ތިޔަސްޓަންޓް ޖަހަނީ ޙުދުތިމާޔާތިމާގެ އަނބިދަރިންގެވެސް ހައްގެކޭ މިމާލޭން ގޯތި ލިބުމަކީ ރައްރަށުގެ ޒުވާނާޔައް ގޯތި ލިބިފާ މާލޭގެ ޒުވާނާޔައް ނުލިބޭ ވޯޓްލާންވީމަ މާލޭޒުވާނާ ބޭނުންކުރަނީ މިހީވަނީ މާލޭގެ މީހުން ދުނިޔެއައް ފޮނުއްވީ މިގައުމައް އަންނަ ވެރިން ބުނާ ގޮތަކައް ބުނާބަޔަކައް ވޯޓް ދޭން އެކަނިހެން އަސާސީ ބޯހިޔާވަހިކަމުން މަހުރޫމް ކޮއްފައި
މަނިކްފާނުމެން ގެ ސްޕްޑަކީ ކާރީގައޮތް އިންޑިއާގެ ނާތަހުޒީބީ ސްޕީޑް ދެން ލަހޭ އަވަހޭ ކަސޯޓީގަ ކިޔާހެން ކިޔާ، ގެރި ހިމަޔާތްކުރުން ނޫން ކަމެއް ކުރޭތަ މޯދީ
ވަރަށް ލަސް، ކުރީ ސަރުކާރޭ ކިޔޭވަރުގެ ބައެއްނޫން ތިއީ
މާލޭގެ ރައްޔިތުން ތިބީ މައިންބަފައިންގެ ގެ 8 ބައި 9 ބައި ކޮށްލީމަ ލިބޭ ކުޑަ 300 އަކަފޫޓްތަންކޮޅެއްގައި ނުވަތަ އެތަންކޮޅު ކުއްޔަށްދީފައި ލިބޭ ލާރިކޮޅާއި ބުރަމަސައްކަތްކޮށގެން ލިބޭލާރިކޮޅުން ތަންތައް ކުށްޔަށް ހިފާގެން ނަމަވެސް މި ވީހާތަނަށް އިއްޔެ މެންދުރު އަންނަ މާލޭގެ ގެދޮރު ނެތް މީހާއަށް ފުލެޓް ދީފަ ހުރީ، ކުރީގެ ރައީސުންނަށް ކެންޕެއިން ކޮށް ދިން މީހުންނާއި، ގާތްތިމާގެ މީހުންނަށް، މާލޭގެ ރައްޔިތުން ތިބީ އަދިވެސް ހަމަ އެހާލުގައި ވޯޓް ލާން ކައިރީމަ "ނަނާހުވަފެން " ދައްކާނެ
ބަލަ މިހިރީ ގަމާރު މިނިސްޓަރު އަސްލަމް ހަމަނުދަންނަނީ ރައީސް ޔާމީނުގެ ދައުރުގައި ފުރަތަމަކޮޅު މުޒާހިރާ؟ ދެންސަރުކާރުވައްޓާލަން ؟ދެން މޭޑޭ ؟ދެން ފެބުައަރީ ކޯޓުން؟ އެވަރުންވެސް ދެވަފޭސްހިއްކާފއި މަގުހެދުމާއި؟ ފެން؟ކަރަންޓު ގުޅާލާ ބުރިޖްސޯޅަޓަވަރު ؟ވިހާފާސްޓް މަސައްދިޔަލެއް ހަމަ ވެރިކަންބަދަލްވުމާއެކު ހުރިހާކަމެންލަސްވީ ގަމާރު މީހަކުވެރިކަމަންގެނާމާވީގޮތްދޯ ؟؟ ދެން ކާރި ކުދިކޮޅައްބަދަލްދިނުން އެބުނާ ބަޖަޓުގައި ޖަހާގެން ދެން ދީނައްފުރައްސާރަކުރުންމިވެރިންގެކަމަކަންމިއޮތީލާދީނީ ޖަމުއިއާހަދާގެ ގައުމުގެ އިސްމަގާމުގާތިބެގެން ސަހިންދާވެސް ހަމީދުވެސް ދެންވެސް މިގައުމުތަރައްގީވާނީރައީސްޔާމީނުވެރިކަމަންގެނައިސްގެން؟؟
ލަހެއްވާނުވޭ 800 ފުލެޓްގެ ލާރިގަނަޑު ދިރުވާތިލީީ މިދިޔަސަރުކާރުގަ ހިލޭ އެހީގެދަށުން އަޅަންނިންމި 2500 ފުލެޓްތީީ 1700 ފުލެޓް ބިންގާ އެޅިޔަސް 2500 ފުލެޓްގެ އަގުބދާނެ މީ ވަރަށް ވާހަކަ
ބިން ހިއްކާފަ ޕްލޭންކޮށްފަ ބިންގާއަޅާފަ ކޮންކްރީޓް ނިންމާފަ ހުރި ތަންތަން 2 އަހަރުން ނުނިންމުނީމަ ކުރީ ސަރުކާރޭ މައިސަރުކާރޭ ކޮޓަރިކުއްޖޭ ނުކިޔާ ދެންވެސް ކަމެއްކޮއްދެވޭތޯ އުޅެބަލަ ،ރައްޔިތުންބޭނުންވަނީ ބޯހިޔަވަހިކަން ،ކުރާނެގޮތް ނޭގޭނަމަ އެގޭމީހުންކައިރީ އަހާގެން ކުރިއަށްދޭ