ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖެއަށް ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ކެބިނެޓުގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ،ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާަހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިޥް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމަށް އަލި އަޅުވާލައްވާފައެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހާލަތަށް ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ، ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަން ފާހަގަކުރައްވާފައެވެ.

އަދި މި ޖަލްސާގައި ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެޑްމުންޑޯ

    ޚަރަދުތަށް ކުޑަކުރާށޭ ކިޔާފައި މަހަކު ދެތިންހަތަރުމީހުންނަށް ޑިޕިއުޓީ ނުވަތަ ސްޓޭޓް މިނިސްޓަރ ކަންދިނީމާ ރަގަޅުވާނެ ،

    36
  2. އިންޑިޔާ

    އިޚްލާސްތެެިކަމެއްހުރިނަމަ ސިޔާސީމަގާލުތަކުގެވ މުސާރަކުޑަކުރަންކެރުނީސް

  3. Anonymous

    ހުރިހާ ސިޔާސީ މީހުން ވަކިކުރޭ! ޕްރޮޑަކްޓިވް ކަމެއް ކުރާ އެކަކު ނޫޅޭ. ސިވިލް މީހުނަށް ނޮހޮރުއްޕާން ކުރުން އެމީހުންގެ ވަޒީފާ ބަޔާނުގައި އޮތީ.

  4. ޗާލު

    ޚަރަދު ކުޑަކުރަންވީ ސިވިލް ސާވަންޓުން. ދައުލަތުގެ ބޮޑެތި މަގާމް ތަކުގައުޅޭ ވެރިންނާއި މަޖްލިސް މެމްބަރުން ޚަރަދު ކުޑަކުރުމެއްނެތް. ރައްޓެހިންނަށް ބަދަލު ދިނުމުގެ ނަމުގައި ވައްކަންކުރުން ކުރިޔަށްދަނީ. ކޮމިޝަންތައް ހެދުން ހުއްޓައެއްނުލާ ސިޔާސީ މަގާމަށް ޕާޓީގެ ކުދިން ހެސްކިޔާފަ ވައްދަނީ.

  5. އަލީ

    އަދި ޙަރަދު ކުރާނެ ގޮތްތަށް ރާވާ ހިންގަން ކޮމެޓީއެއް އެކުލަވާލެއްވުމަށް ކޮމެޓީ ރައީސަށް ދަންނަވަން. މިއާ އެކު ޙަރަދު ކުޑަކުރަން ރައީސަށް ލަފާ އަރުވަން އެމްބެސެޑަރެއް ވެސް މިނިސްޓަރުންގެ ފެންވަރުގަ އައްޔަން ކުރުމަށް ދަންނަވަން.

  6. ޝަޒީލް

    ބޭކާރު ކޮމިޝަންތައް އުވާލާ.. އެތަނަކުން ކުރަމުން ދިޔަ މަސައްކަތްތައް 1 ފުރާޅެއްގެ ދަށަށް ގެންގޮސް ޑިވިޜަނުގެ ފޮތުގައި ހިންގާ. ކޮންމެ ކޮމިޝަނެއްގެ 5 މެންބަރުންގެ މުސާރައަށް އެކަނި 2 ލައްކަ ނާރާ ކޮމިޝަނެއް ނުހުންނާނެ. ބޮރޯޑްކޮމް. އިންފޯކޮމް، އިންޓެގްރިޓީކޮމް.... ދެންވެސް މިހެން ހުރި ހުރިހާތަނެއް އެއްކޮށްލަބަލަ. 2 މިލިއަން މަހަކު ސަލާމަތްކުރެވޭ. އެއީ ބޭކާރުތަންތަން.

  7. ޢަލިބެ

    ކޮވިޑް19 ރާއްޖެއަށް އަންނާނެކަމަށް މޑޕ ގެ ރޫޙާނީ ލީޑަރު ވިދާޅުވެފައި އޮތީ. އަދި އިޓަލީގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދިޔައިރުވެސް އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިން އައުމަށް ހުއްޓުމެއް ނުގެނެސް ސަރުކާރުން ބެލީ އެމީހުންގެ އަތުން ޑޮލަރު ލިބޭތޯ. ޓުއަރިސްޓުން ރާއްޖެނައުމަށް ކިހާވަރަކަށް މީގެކުރިން ރޫޙާނީ ގޮވިކަން ހަނދާން ނެތުނީތަ؟

    9
    2
  8. އެންދެރި

    އަދިވެސް ކައުންސިލް އިންތިހާބު ފަސް ކުރަން ކުރީގެ ރައީސް އެއްބަސް ނުވެ އެވެ.

  9. އިންނު

    ވަޒީރުންގެ މުސާރަ އާއި މަޖިލިސް މެންބަރުންގެ މުސާރައިން ޚަރަދު ކުޑަކުރަންވެގެން އެއްވެސް ކަމެއް ނު ކުރަނީ ކީއްވެތޯ

  10. ކާފަބޭ2020

    އެންމެޚަރަދުކުޑަކުރެވޭނީ މަޖިލިސްގެއިދާރާއަށް މިހާރުގެންދާ ކެއުމާސައި ދެގުނައިތުރުކޮށްގެން އެމެންބަރުންނަށް ހުރިހާއިނާޔަތެއްއެއްކޮށް މަހަކުއެއްލައްކަރުފިޔާއަށްވުރެގިނައިންލިބޭއިރު އަދި އޭޝިޔާގެގައުމުތަކުންބޭސްފަރުވާލިބޭއިރު އެއުޅެނީ އަދިވެސް އިތުރުއެލަވަންސެއް ކޮވިޑްގެ ހިލުންގަނޑުވެސް މަތިންނޫނީދަށުންނަމަވެސްހޯދާށެވެ. އިތުރުގަޑީގެ ލާރިކޮޅުވެސްނުލިބޭގޮތްހެދީ މަހަކު8ހާސްރުފިޔާވެސް ނުލިބޭ ސިވިލްސާވިސްގަމަސައްކަތްކުރާމީހުނަށެވެ. ރައީސްމީހާގެ ލަދުކޮބައިތޯ؟ ވޯޓުލާންވީމަ ލަސްތަކެއްނުވެ މުސާރައަށް ހެޔޮބަދަލެއްއަންނާނެ! ޢެންމެކުޑައުޖޫރަ ކަނޑައަޅާއަތްމަތިނަވަސްވާނެ ހުރިހާހުރިހާކަމެއް ނަމުންކޮށްދޭނެ ފަހުންސޮރީ!!!!

  11. ހުސޭނުބޭ

    ކަލޯ ކިނބުލާ! ޚަރަދުތަކޭ ކިޔާފައި އަހަރެމެންނަށް ތިކުރަނީ މަލާމާތްތަ؟

  12. ތެދުބަސް

    ސަޕްރައިސްވީ ފޮޓޯ އިންފެންނަނީ އެންމެންވެސް ވަރަށް ހިންހަމަ ޖެހިގެން ވަރަށް އުފާވެފަ،އަދި ހެވިފަ ތިބިތަން ފެނުނީމަ.މިކަހަލަ ހައްސާސް ދަނޑިވަޅެއްގައި ހެވި ދިއްލިފައި ނުވަތަ ކޮލްގެޓް އިސްތިހާރު އަޅުވައިގެން ތިބުމަކީ ރަށްޔިތުންނަށް ކުރާ މަލާމާތެއް.

  13. Anonymous

    އެމީހުން ހަރަދު ކުޑަކުރާ ގޮތް ބަލާލަން އެގޭގޭ ނޯކަރުންނާ އިންޓަވިޔޫ ކޮށްލަން ފެނޭ