ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި،"ކޮންޓެކްޓް"ވުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުރަމަތި އައިލެންޑް ރިސޯތުގައި މަސައްކަތް ކުރާ ދިވެއްސަކު ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުންދާކަން ހާމަކުރީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ.

އެ ރިސޯޓުން މީގެ ކުރިންވެސް ވަނީ ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓުތައް ހަދަމުންދާކަން ހާމަކޮށްފައެވެ.

އަދި އެ ރިސޯޓަށް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ގިނަބަޔަކަށް މިހާރުވެސް ދަނީ އައިސޮލޭޓްކޮށްގެންނާއި، ކަރަންޓީންކޮށްގެން ޓެސްޓުތައް ހަދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭ ހިޔާލު

    ތިޔަ ބުނާ ރިޒޯޓުން މިއަދު މީހަކު ނޭކުރެންދޫ އަށް ދިޔަކަމަށްވޭ ހަބަރު ބަލާލަބަލަ ؟