ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ ބިދޭސީ ކުޑަކުއްޖެއްގެ ގައިންކަން ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް 19 އާއި ގުޅުގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ކުޑަ ކުއްޖާގެ ކިބައިން ރޯގާގެ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ.

މިރޭ އެކުއްޖާގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި އެ ރިސޯޓަށް އަރާ ފޭބުން މަނާ ކޮށްފައިވާކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

މީގެ ކުރިން މިއަދު އެޗްޕީއޭ އިން ވަނީ ވިލަމެންދޫގައި މަސައްކަތް ކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ޓެސްޓުތައް ހެދުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެ ރިސޯޓަށް ވެސް އަރާފުރުން މަނާކޮށްފައިވާއިރު ކުރަމަތި އައިލެންޑް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެ ރަށަށް އަރާ ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

މި ދެ ރިސޯޓްގެ އިތުރުން ކުރެއްދޫ ރިސޯޓާއި، ސޭންޑީސް ބަތަލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބައެއް ފެނިގެން އެ ދެ ރިސޯޓަށް އަރާ ފުރުން ވަނީ މަނާކޮށްފައެވެ.

ރާއްްޖެއިން މިހާތަަނަށް ހަ މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އަދި އެ ބައްޔަށް ޝައްކު ކުރެވޭ ބައެއްގެ ޓެސްޓުތަކެއް މިހާރުވެސް ދަނީ ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލިކޮއި

    އެއްސުވާލު ، އެއްސުވާލު... ރައިސު މިރާއްޖެ ހިންގަނީ ކުޅޭކުޅޭގޮތަކަށް ކޮންމެ ކަމަކަށް ކޮމިޝަން ހަދާ އައު މަންދޫބުން އައްޔަންކޮށްގެން ، ދާއިރާތަކާ މުއަސަސާތަށް އުވުނީތޯ ؟

  2. މާރިޔާބޭރި

    ކަނޑޫމާ ރިސޯޓުންވެސް ފެނިގެން އެކަން ސިއްރުކުރަން އުޅެނީ

  3. މަ

    ދުވާލަކު އެއްފަހަރު ނަމަވެސް ވެލާނާ އެއާޕޯޓް ޑިސއިންފެކްޓް ކޮށްބަލަ، ކޮންމެވެސް ކަމެއް ކޮށްބަ މީތި ފެތުރުން ހުއްޓުވަން

  4. ޤަފޫރު

    ޕޮލިސް އިންވެސްޓިގޭޓް، ސުރުހީބަދަލުކުރަން އެންގުން، ޕީޖީ އާއި މަހުލިސް ހުރިހާތަނެއް މަސްހުނިކޮށް، އަގާގަ ޓޭޕް އަޅާ، މަޖުލިހީހުން ހުރިހާ ކަމަކަށް ގޮއި ކިޔާ ކުޅިމަޖާކޮށް، އިންޑިއާަގެ ނާތަހުޒީބް މީހުންދަށުވެ، ލާދީނީ އެޖެންޓުންގެ ކުޅި މެކްސް އަށްޖައްސާ، ވެރިމީހާ ފޮޓޯނެގުމުގަ ، ދެން ބަތްކައްކާ ކުޅޭބަޔެއް މީ ފައްކާ، މަބްރޫކް ކިޔާމީހަކު ލާފައި އޭނަ ކާރިޔަށް ހޭނާރާ ޅަކުދިން ގެނެސް ނިއުސް ކޮންފަރަންސް ބުނިހާ ގޮތަށްއެބަދޭނުން .

  5. ހަކު

    އަމީނު ހިންގުންތެރިވީމަ ، ރީދޫބައިގެ ހާދަބަޔަކު އަމީން އާއި ޖައްސާލައިގެންނޭ އުޅެނީ، ޕޮޕިއުލާވެދާނީ މިމީހުން ހާދަބިރެކޭ ގަންނަނީ ، ކޮން މަބްރޫކެއްތަ މީ . މިއޮތީ އަތައްގޮވާފަ

  6. ރިސޯޓް ބޯއީ

    މި މަބުރޫކަކީ ލާ ދީނީ ގުރޫޕޮގެ ބޮޑެއް މެރާކީގަ ޑިމޮކްރަސީ ކޮފީ ގެ ނަމުގައި ނުބައި ކަންތައް އާއްމު ކުރަން އުޅޭމީހަކު ތެދެއް ހަދާނެތަ