ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ދައުވާއަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިންކާރެއް ނުކުރެއްވިއެވެ.

ދައުވާގެ ދެވަނަ އިބްތިދާއީ އަޑުއެހުން މިރޭ ބާއްވާފައިވާއިރު އަބްދުﷲ ސައީދުގެ ފަރާތުން ވަނީ 5 ވަކީލަކު ކޯޓަށް ވަޑައިގަންފަ އެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ވާހަކަފުޅު ދެއްކެވީ، ހިސާން ހުސެއިންނާއި ނޫރުއްސަލާމް އަބޫބަކުރު އެވެ.ދެވަނަ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ބަދަލުވެފައިވުމާއި ގުޅިގެން ދިފާއީ ވަކީލުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައި ވެއެވެ. އެއީ ދައުލަތުންނާއި ދިފާއީ ވަކީލުން ގާޒީ ބަދަލުކުރަން ނޭދުނުއިރު، ގާޒީ ބަދަލުވާންވީ ސަބަބެއް ހާމަ ނުކުރެވެމުންނެވެ. ނަމަވެސް ސަރީއަތުގެ ގާޒީ ނިންމީ، މިއަދުން ފެށިގެން އަބްދުﷲ ސައީދުގެ މައްސަލަ ދެން ބައްލަވާނީ އެ ގާޒީ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އިތުރަށް އެކަމާއި ބެހޭ ވާހަކަތަށް ނުދައްކާ، ޝަރީއަތް ކުރިއަށް ގެންދެވުމަށެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަވަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ދައުވާކޮށްފައި ވަނީ 2018 ފެބްރުއަރީ 4 އަދި 5 ވަނަ ދުވަހު ބައެއް ލިޔުންތައް ފޮނުވާ ނިމުމުން ޖެމްގެ ހިދުމަތް މެދުކަނޑާލާފައި ވާތީ ކަމަށެވެ.

ދައުވާ އިއްވެވުމުން ދިފާއީ ވަކީލުން ވަނީ ދައުވާއާ ގޫޅޭ ގިނަ ލިޔެކިޔުންތަކެއް ނުލިބޭ ކަމަށް ބުނެ އެ ލިޔުންތައް ހޯދައިދިނުމަށް އެދިފަ އެވެ. އެގޮތުން ގިނަ ޕޯލިޔޯ ނަންބަރުތަކެއް މަދު ކަމަށާއި އެއީ ހެކީގެ އަދަދުތައް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ކޯޓުން އަމުރެއް ނުނެރެ އެއްވެސް ލިއުމެއް ސިއްރު ނުކުރެވޭނެ ކަމަށާއި ވަގުތީ އަމުރެއް ނަމަވެސް ނެރެގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ޕީޖީގެ ވަކީލު ވިދާޅުވީ ދައުވާ ފޯމްގައި ހިމަނާފައި ނުވާނީ ހެކިންގެ ސިއްރުކުރަން އެދިފައިވާ މައުލޫމާތު ކަމަށާއި އެހެން ހުރިހާ ލިޔުންތަކެއް ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި ޕޯލިޔޯ ނަންބަރުތަކަކީ ދައުލަތުގެ އިދާރީ ބޭނުމަށް ޖަހާފައިވާ ނަންބަރުތަކެއް ކަމަށާއި އެއީ ހެކީގެ އަދަދުނޫން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އޭގެ އިތުރުން ދައުލަތުން ވިދާޅުވީ ޖިނާއީ އިޖުރާއަތު ގާނުނުގެ ދަށުން ސިއްރު ހެކިންގެ ހެކިތައް ސިއްރުކުރެއްވުމަށް ދައުލަތުންވާނީ ސިޓީއިން އަންގާފައި ކަމަށެވެ.

ސިއްރުކުރާ ސަބަބެއްގެ ގޮތުގައި ދައުލަތުން ވިދާޅުވީ ސިއްރު ހެކި އާންމުކުރުމުގެ ސަބަބުން ހެކިވެރިޔާއަށް ޖިސްމާނީ އަނިޔާތަކެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. ނަމަވެސް އެކަމުގެ ދިފާއުގައި ހިސާން ހުސެއިން ވިދާޅުވީ އަބްދުﷲ ސައީދަކީ މިހާރުވެސް ބަންދުގައި ހުރެއްވި ބޭފުޅެއް ކަމަށާއި ޖިސްމާނީ އަނިޔާއެއް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ހެކީގެ ނަން ހާމަނުކޮށް ހެކި ހުށައަޅާފައިވާ ކަމަށާއި ސިއްރު ހެކިވެރިޔާގެ ނަން އުނިކޮށްފައި ހެކި ހުށައެޅުމަށް ވަނީ ވިދާޅުވެފައި އެވެ.

ނަމަވެސް ދިފާއީ ވަކީލުންނަށް، އެކަމަށް ރައްދު ނުދެއްވާ ގާޒީ ވަނީ ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ލިޔުންތައް ސިއްރުކުރުމަށް ވަގުތީ އަމުރެއް ނެރެދެއްވާފަ އެވެ.

އޭގެ އިތުރުން ދައުލަތުން ވަނީ 4 ކަމެއް ފާހަގަކުރައްވާފައި އެވެ. އަބްދުﷲ ސައީދުވަނީ މާއްދީ ގޮތުން ހުރަސްއަޅާފައި ނުވަތަ ރަސްމީ ވާޖިބަށް ހިލާފުވެގެން ނުވަތަ ތަނުގެ މުވައްޒަފުންނަށް ހުރަސްތަކެއް ކުރިމަތިކޮށްގެން ނުވަތަ އެ ނޫންވެސް ހުއްދަނޫން އަމަލުތަކެއްގެ ތެރެއަށް މި މައްސަލަފެތޭކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަދި އެގޮތަށް ވިދާޅުވުމުން، ދިފާއީ ވަކީލުން ވަނީ އަބްދުﷲ ސައީދުގެ މައްޗަށް 4 ކަމެއް ސާބިތުވާ ކަމަށް ދައުލަތުން ދެކޭތީ އެ 4 ކަމުގެ ތެރެއިން 1 ކަމެއް ފާހަގަ ކުރެއްވުމަށް ވިދާޅުވެފައި އެވެ. އަދި ނުވަތަ ބޭނުންކޮށްގެން ނުބުނެވޭނެ ކަމަށާއި އެތަނުން ކޮންކަމެއްކަން ސާފުކޮށްދިނުމަށް ތަކުރާރުކޮށް އެދިފައި އެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ދައުލަތުން ސާފުކޮށްދޭންޖެހޭ މިންވަރަށް ސާފުކޮށްދީފި ކަމަށާއި މައްސަލަ ސާފުކުރުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ވިދާޅުވެފައި އެވެ. އަދި އުއްތަމަ ފަނޑިޔާރު ވަކި އެއްޗެއް ހާމަ ނުކުރުމުން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެއީ ދައުވާ އަށް އިންކާރު ކުރީ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ދައުވާ އަށް އިންކާރު ނުކުރެއްވި ނަމަވެސް ދައުވާ އަށް އިއުތިރާފް ވެފައެއް ވެސް ނުވެއެވެ. އަދި ދައުލަތުން ކުރާ ދައުވާ އަށް ވަކި އެއްޗެއް އުއްތަމަ ފަނޑިޔާރު ވިދާޅުނުވާ އެންމެ ބޮޑު އެއް ސަބަބަކީ މައްސަލަ ސާފުނުވާތީ ކަމަށެވެ.

އަދި ދައުލަތުގެ ޝަރީއަތް ފެށުމުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތައް ދެ ދުވަސްތެރޭ ހުށައެޅުވުމަށް ނިންމާ ދެ ދުވަސްފަހުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވެ އަޑުއެހުން ނިންމާލާފައި އެވެ.

މިއަދު 15:00 އަށް ތާވަލްކޮށްފައިވާ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން ފަސްކުރުމަށްފަހު، ޝަރީއަތް ފެށިފައިވަނީ ވަނީ 18:45 ގައި އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ގިނަ ދެބަސްވުންތަކެއް އުފެދުމަށްފަހު ޝަރީއަތް ވަނީ ދޮޅު ގަޑިއިރަށް ދެމިގެންގޮސްފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވ ިިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ލާދީނިއަނޭ ދަ ކާޅު ހެދުން ލައޭ ތަމެންނަަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ފަތީލާ

    ޢުއްތަމަފަނޑިޔާރައްއެގޭ ނޮވެމްބަރު ގެ ފަހުން މިސަރުކާރެއްނޯންނާނެކަން ޢެންމެންމިނިވަންވާނެ އެހެންވީމަ ދޮގުތަކެއްނުހަދާ މަޑުންހުންނަނީ

    • މައުމޫން

      ނޮވެމްބަރު ގެ ފަހުން ވެސް އޮންނާނީ އިރާދަ ކުރެއްވިއްޔަ ޔާމީން ގެ ސަރުކާރު.

  3. ޖޮއްބެ

    ޢިއްޒަތްތެރިކަމާ ގަދަރުވެރިކަމުގައި އުޅެންނޭނގި އިޚްލާޞްތެރިކަން ފައިސާ އަށް ވިއްކާލުމުން ވާނެގޮތް އުއްތަމަ ބެއްޔާއަށް އެވީ. އިދިކޮޅު ރީނދޫ މަސްހުނިގަނޑުގެ ގުއިރޯނުގައި ނުޖެހުނުނަމަ ކިހާރަނގަޅުވީސް.....؟؟؟ ބުނެވޭގޮތުގައި މިކަލޭގެ ބޮލަށް ޗިޕްޖެހުމުގައި އިދިކޮޅު ރީނދޫ މަސްހުނިގަނޑުން ގެންގުޅުނު ޓޫލަކީ ހުދުޖަނގިޔާކަޅޭ. އެކަލޭގެ މިބެއްޔާގެ ފޫކޮޅުގައިކޮއްޓަމުންގޮސް މިބޭ އެ ގުއިރޯނުގައި ޖެއްސިކަމަށްވަނީ.

  4. ހަމީދު

    ސިއްރު ހެކި ހުށައަޅާގެން ސަރިޔަތް ސިއްރު ކޮށްގެން ދައުވާގެ ލިޔެކިޔުންތައްވެސް ސިއްރު ކޮށްގެން ކޮންފަދަ ޖަރީމާއެއް ހިންގަންތޯ ތި އުޅުއްވަނީ. 1 ފެބުރުވަރީގަ ސްޕުރީމް ކޯޓުން 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމުގަ ވެސް އޮތީ ތިގޮތަށް އަދުލު އިންސާފުގެ ނިޒާމުގެ ބޭރުން ސަރިޔަތް ނުކުރުމަށް އަންގާފަ. އަނެއްކާވެސް ކޯޓުން ތިކުރައްވަނީ ހަމަ އެކަންތައް.

  5. ޙަފްޞާ / މާލެ

    އުއްތަމަ ފަނޑިޔާރަށް ދޮގުހެދޭކަށްނެތް! އޭނައޮތީ އެ ނިުބައި ޢަމަލު ހިންގާފަ! ދެކޮޅުހަދައިފިނަމަ ދައުލަތުން ކާފީހެކި ހުށައަޅާނެ! އޭނަ ރަގަޅަށް ބެދޭވަރަށް ހެކިހުރީ ލިބިފަ! މާތްﷲގެ ރަޙްމަތްފުޅާއެކު ނޮވެމްބަރުގެފަހުންވެސް ދެމިއޮންނާނީ މިސަރުކާރު! "ފަތީލާ" ތި ހުންެވީ ޒާތެއްގެ ހުމެއް ޖެހިފަ!

  6. އާބިދާ

    ޢަބްދުﷲ ސަޢީދު ތިޖަރީމާ ހިންގީ އެންމެގެ ކުރިމަތީގަ ނޫންތޯ، ދެންކޮން ދިފާޢީ ވަކީލެއް