ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ގެ ވަބާ ފެތުރެން ފެށި ފަހުން ރާއްޖޭގެ އިގްތިސާދަށް މިހާތަނަށް އައިއިރު، 500 މިލިއަން ޑޮލަރުގެ ގެއްލުންވަމުންދާ ކަމަށް މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ސައީދު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 50 ޕަސެންޓު ކަނޑަމުންދާ އިރު ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާ ތަން ނުފެންނަ ކަމަށެވެ.

"ދިވެހި ސަރުކާރުގެ ހިސާބުތައް ބުނާ ގޮތުން އެއްލައްކަ ބުކިންސް މިއަދާ ހަމައަށް ކެންސަލްވެއްޖެ. ރާއްޖޭގައި އެވްރެޖްކޮށް ޓޫރިސްޓަކު 4.6 ރޭގެ އެވްރެޖް ހުރުމެއް ހުންނަ ކަމަށްވާ ނަމަ، 4.6 ރޭގެ ސްޓޭއެއް ހުންނަ ކަމަށްވާ ނަމަ، އަދި މިއަދު ރާއްޖޭގެ ގާތްގަނޑަކަށް ކޮޓަރިއެއްގެ ރޭޓަކީ 300 ޑޮލަރާއި 400 ޑޮލަރުގެ ރޭޓަށް ވުރެ ކުޑަކޮށް ބެލިކަމުގައިވިޔަސް، މި ވަބާ ދުނިޔޭގައި ފެތުރެން ފެށި ފަހުން 500 މިލިއަން އެމެރިކާ ޑޮކަރުގެ ގެއްލުމެއް ރާއްޖެ އަށް ވަމުންދަނީ،" ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ މައްޗަށް ވެރިކަން ކުރައްވަންތޯ ނޫނީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރައްވަންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. ސައީދު ވިދާޅުވީ މިފަދަ ހާލަތްތަކުގައި ގައުމުތަކުގެ ވެރީން ބަސް ބުނާ ކަމަށާއި ނަމަވެސް ރާއްޖެއަށް މި ބަލި އައިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެ ވިތަނެއް، އުޅުއްވާ ގޮތެއް، ކައިރީގައި ގެންގުޅޭ މީހުން ފިޔަވައި އެނގޭ ދިވެއްސަކު ނެތް ކަމަށެވެ.

ސައީދު އެގޮތަށް ވިދާޅުވި އިރު، މިއަދު މެންދުރު ފަހު، ރައީސް ސޯލިހް ގައުމާ މުހާތަބް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސައީދު ވިދާޅުވީ އީވާން ނަސީމް މަރާލި ދުވަސްވަރު އެކަމާ ގުޅުވައިގެން އައިޓީބީ ފެއާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލެއްވި ކަމަށާއި މި ސަރުކާރަށް މިއަދު ލިބެމުން މިދަނީ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ.

"އީވާން ނަސީމު މަރާލައިގެން ޖަލުގައި ހިނގި ކަންކަމަށްފަހު އައިޓީބީ ފެއާގައި ނަޝީދު އިސްވެ ހުރެގެން ގޮވީ ރާއްޖެއަށް ފަތުރުވެރިން ނުދާށޭ. ބޮއިކޮޓް ކުރާށޭ. ނުދާށޭ. އަޅުގަނޑުމެންނަށް ދުނިޔޭގައި ތިއްބާ ލިބޭ އިބްރަތް ބައްލަވާ. މިއަދު ހަމަ އެ ރައީސް، ހަމަ އޭނާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ ގޮވަނީ ހެޔޮނުވާނޭ ބޮއިކޮޓް ކުރަން ހެޔޮނުވާނޭ ރާއްޖެއަށް ފަތުރުވެރިން ނާންނަން ގޮވަން. އަހަރެމެން މިއޮށް ބަނޑަށް ޖެހެނިއްޔޭ. އަހަރެމެން ކަނޑުވަނިއްޔޭ. އަހަރެމެން ފަގީރު ވަނިއްޔޭ. ފަތުރުވެރިން އަންނާށޭ. ކިހިނެއްތޯ މިވީ؟" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެލިވަރުން މަސްދަޅު އެކްސްޕޯޓު ނުކުރާތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އޭގެ ސަބަބުން މަސް ފެކްޓްރީގައި އެތައް ހާސް މަސްދަޅު ކޭސްތައް ފުނިޖެހިފައި އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލިއުޝާ

    ތިމާ ފޭހުނު އިލޯށިގަޑު ތިމާގެ ލޮލަށް. ލާދީނީ ނަޝީދުއައް އޮންނާނީ މިހާރު ރާކަނިމަސް ކެވިފަ.

    19
    1
  2. ކާފަބޭ2020

    ކީއްވެހުއްޓާލަނީ ކަލޭމެންގެ ވެރިމީހާބުނަނީ ދެމަފިރިންގެދެމެދުގަ ގެސްޓުންނިންދަވައިގެންވެސް ޑޮލަރުހޯދާށޭ އޭރުންނޭފަރަންޖީންއުޅޭގޮތްދަސްވެ އެމީހުންގެފަރާތުން ބޯކ ކޮށްޑޮލަރުލިބޭނީ ވީމަ އަދިހުއްޓާލާވަރެއްނުވޭނޫންތޯ؟

    12
    1
    • ޛ

      ކުރިން އީޓަލީގެ ފަތުރުވެރިން އައުން ނުހުއްޓުވުމުގެ ސަބަބުން މިހާރު ރިސޯޓްތަކުގަ އެ ވައިރަސް... ހިތާމަ ހުރި