އައްޑޫ ސިޓީގައި އިންޑިއާގެ އެހީގައި ހަދަމުން އަންނަ ފުލުހުންގެ ޓްރެއިނިން ސްކޫލާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އަދިވެސް އެބަ ހުރި ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް "ވަގުތަށް" ވިދާޅުވީ އައްޑޫގައި ހަދަމުން އަންނަ ޓްރެއިނިން ސްކޫލާ ގުޅޭ ގޮތުން މީސްމީޑިއާގައި އާއި އިންޑިއާގެ ބައެއް މީޑިއާގެ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ މައުލޫމާތުތަކާއި ދިވެހި ސަރުކާރުން ހާމަކުރައްވާ މައުލޫމާތުތަކާއި ދިމާނުވާ ކަމަށެވެ. ޚާއްސަކޮށް އެއީ މިލިޓަރީ ބޭސްއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެކަށީގެންވާ ޖަވާބެެއް މި ސަރުކާރުން ނުދެއްވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ޓްރެއިނިން ސްކޫލެއް ހުރުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރާ އިރު އާންމުންގެ ހިތުގައި ޝައްކު އުފެދޭ ފަދަ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ ކަމަށެވެ.

"އަޅުނޑަށް ވެސް އެނގޭ ސުވާލު ކުރުމަށް ހޯމް މިނސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، ވިދާޅުވި ކަން އެއީ މިލިޓަރީ ބޭސް އެއް ނޫން ކަމަށް. އެކަމަކު އިންޑިއާއިން ދައްކާ ވާހަކައަކާ އެ ވާހަކައަކާ ދިމައެއް ނުވޭ. އެއްވެސް ގައުމެއްގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ ކަމެއް ނޫން." ލަތީފް ވިދާޅުވިއެވެ.

އައްޑޫގެ ޕޮލިސް އެކެޑެމީ އަކީ މިލިޓަރީ ބޭސްއެއް ކަމަށް ބުނެ ފެތުރޭ އަޑުތަކާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ރައްޔިތުންގެ މަޖިލިހަށް ހާޒިރުކުރިއެވެ.

އޭރު އިމްރާން ވަނީ އައްޑޫގައި ހަދަނީ ޕޮލިސް އެކެޑެމީ ނުވަތަ ޕޮލިސް ޓްރެއިނިން ސްކޫލެއް ކަމަށާއި އެތަން ތަރައްގީ ކުރަނީ، ޔުނިވާސިޓީއެއްގެ ގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސް އެއް އަޅަން ހުއްދަ ދީފައި ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ޓްރެއިނިން ސްކޫލް އިމާރާތް ކުރަން އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ދީފައިވެއެވެ. ފުލުހުންގެ އާ ޓްރެއިނިން ސްކޫލެއް އާއްޑޫ ސިޓީގައި ގާއިމް ކުރަން ނިންމީ އެ އަތޮޅު ހިތަދޫގައި ކުރިން ގާއިމް ކޮށްފައިވާ ފުލުހުންގެ ޓްރެއިނިންގް ސްކޫލް 2012 ވަނަ އަހަރު ރޯކޮށް އަންދާލާފައިވާތީ އެވެ.

އައްޑޫގައި އިމާރާތްކުރަމުންދާ ޕޮލިސް ޓްރޭނިން ސްކޫލްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދީދީ

  ދިވެހި ސަރުކާރުން އައްޑޫ ރައްޔިތުން ގުނބޯ ހައްދާފައި އިންޑިޔާގެ ނޭވީ ބޭހެއް އައްޑޫގަ ބިނާކޮށް ނިންމާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ މަކަރާއި ހީލަތުން އައްޑޫ ރައްޔިތުން އޮޅުވާލަން.

  44
  1
  • ޙަބަރުގެ

   ހާދަ އިނގެޔޭދޯ ނޫނީ ހަމަ ފިތުނަވެރިކަމެއް އުފެއްދޭތޯ ވަރަށް ބުތަމަސައްކަތް ކުރަނީދޯ

 2. މަރޭ

  އެއީ މިލިޓަރީ ބޭސްއެއް ނޫން. އިންޑިޔާއިން ރާއްޖޭގައި ޖާސޫސްކުރަން ފޮނުވާފައި ތިބޭ ހުރިހާ ފަރާތްތައް ތިބުމަށް އަޅާ ހެޑްއޮފީސް. އެތަނުގައި އެކިއެކި ކޯސްތައް ހިންގަން ކަމަށް ހެދިގެން އައިސް އޭގެ ބޮޑު ބައިގަނޑެއް އަބަދުވެސް ތިބޭނެ. އެތަނުން ރާއްޖޭގެ ކަންކަމަށް ދަަނޑިބާނާ ގެރި ކައްކަން މިޝަންތައް ހިންގުން ނޫން ކަމެއް ނުކުރާނެ. ރާއްޖޭގައި އުޅޭ ޕާކިސްތާން މީހުންނާއި ޗައިނާ މީހުން ފައްސަން އެކިއެކި ޖެއްސުން ކުރުން

  40
  1
 3. މޯދީގެ ގެރި

  ވެރިކަން ފޮރޮޅާލަން ބުއްޅަބޭއަށް ފަސޭހަވާނީ އިންޑިޔާގެ ގެރިންނާއެކު އުޅުމުން، އެހެންވެ އިންޑިޔާމީހުން ދާއިމަށްބެހެއްޓުމަށްޓަކާ ހަދާތަނެއް ތިއީ!

  40
  1
 4. ޓަކަފިރޯށި

  އައްޑޫމީހުން ތިއެއްވެސް ބައެއްނޫން މާލޭމީހުން ކުޅެންގެންގުޅޭބައެއތި ދަށައްޖަހާފަ ބޫޓަށްއަރާފަ ލޯކަޅުއައިނުއެޅުނީމަ އެނިމުނީ ކިޔަވާއެއްޗެއް ބޮލަކުނުހުންނާނެ ކިޔަވާނީ އަބުރުވެރިކަމާއެކު ދުނިޔޭގަ އުޅޭކަށްނޫން ސެޓްފިކެޓްހޯދަން ވަރަށްދެރަވެފަ މިހަގީގަތް މިބުނީ

  26
  75
  • ތަދިއްލާމަދިއްލާ

   ކަލޯ ކިތަންމެ ރުޅިއަޔަސް އައްޑޫމީހުންނޭކިޔައިގެން ހަމަބޭނުން އެއްޗެއްކިޔަންވީ!ކަލޯ ގެ އަނގަޔަށް ބާރުކުރާނީ!މޭވާއަޅާ ގަސްގަހައް ތިކަހަލަ ވާލުތައް އަރާނެ!މީވަރަށްވާހަކަ!

   9
   1
 5. ޫތޔތ

  ހަގީގަތުގައިވެސް އައްޑޫ މީހުންނަކީ ވނުވިސްނޭބައެއް

  16
  21
 6. އައްޑޫ މީހުން

  ޓަކަފިރޯށި ކަލޭ ތީދެން މާމޮޅު މީހެއްދޯ. ސަރުކާރުން ކުރާކަންކަމަށް ހަޖީޖަހާ އައްޑޫމީހުނަށް އެތިވަރު ގޮވަން ކަލޭތީ ކާކު؟ ކަލޭގެ މޮޅުކަމުން ނުވަތަ މާލޭމީހުންގެ މޮޅުކަމުން ސަރުކާރުން ކުރާ އެއްވެސް ކަމެއް ހުއްޓުވިފަ އެބައޮތްތަ. ތީ ޢައްޑޫމީހުން ދިނީމަ ކައިގެން އުޅޭ ކާޅެއް!

  54
  8
 7. ސަދސަ

  މަގޭ ވޯޓް ލަތީފަށް.
  ނަމަވެސް ތިކަމާއި ވާހަކަ ނުދައްކައިފިނަމަ އެހިސާބުން އިތުބާރެއް ނުކުރާނަން.

  3
  1
 8. ައައްޑޮ

  އިންޑިއާ ނޫސްތަ ކުން ފެނުނު ވާހަކަވެސް ހިއްސާކޮއްލިނަމަދޯ؟