މި ސަރުކާރުން 1700 ހައުސިން ޔުނިޓްގެ ބިންގާ އެޅި ކަމަށް ބުނެ، އޮޅުވާލާފައިވާ ކަމަށާއި އެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޝުޖާއު "ވަގުތަށް" ވިދާޅުވީ އެ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ސޮއިކުރި މަޝްރޫއެއް ކަމަށާއި އެކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައުލޫމާތުތަކުން ހާމަވާނެ ކަމަށެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓާއި ބޭންކް އޮފް ޗައިނާގެ ލަންޑަންގެ ބްރާންޗާ އެކު ސޮއިކުރީ 2018 ވަނަ އަހަރު ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ބިންގާ އަޅައިފި

" ބިންގާ އެޅިގެން ދިޔައީ މި ސަރުކާރުން ފެއްޓި އާ މަޝްރޫއެއް ނޫން. ބިންގާ އެޅީ ރައީސް ޔާމީން ދައުރުގެ އެންމެ ފަހުން ސޮއިކުރި ޕްރޮޖެކްޓް. ހަމައެކަނި ކުރެއްވި ކަމަކީ 2500 ޔުނިޓް 1700 އަށް ކުޑަ ކުރީ. އާ ޕްރޮޖެކްޓެއް ނޫން އެއީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވި އިރު، އޭނާ ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންގޮސް، ރައްޔިތުންނަށް އޮޅުވާލާ ކަން ފާހަގަ ކުރައްވައި އިއްޔެ ޓުވީޓުތަކެއް ވެސް ކުރައްވައިފައެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި މަޝްރޫއުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

ހައުސިން މިނިސްޓްރީން ބުނީ ފުރަތަމަ ފަހަރަށް ގަންނަ މީހުންނަށް އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 1700 ހައުސިން ޔުނިޓްގެ 11 ޓަވަރުގެ 15 އަދި 16 ބުރީގެ އީމާރަތްތަކެއް ހަދާނެ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަސަދު

    މުހިއްމީ ކޮންސަރުކާރަކަުން ކުރިކަމެއްތޯ ބެލުމެއްނޫން. ހައުސިން މައްސަލަ އަށް ހައްލެއް ހޯދުން. އަމިއްލަ ޖީބު ނުފުރާ ސަރުކާރެއް އުފެއްދުން. ގައުމު ފަސާދަ ނުކުރާ އިދިކޮޅު ޕާޓީ އެއް އުފެއްދުން. ވަލުގޮތަ ކެޑި ތަހުޒީބު މުޖުތަމައު އެއް ބިނާ ކުރުން.

    18
    72
    • ނަކް

      ރަނގަޅު.. އަންނި ގޮވާޒާތިގެ ކޮސް މި ގޮވަނީ.. ތިޔަހެން ކިޔަންޏާ ބުރިޖުވެސް އެއީ މައުމޫނުގެ ޕުލޭނެއް..ހުޅުމާލެވެސް ފެށީ މަޢުމޫނު..

      7
      11
  2. ކޮމޮލިކާ

    އޯކޭ އެއީ ޔާމީނު ސަރުކާރުގެ ޕްރޮޖެކްޓެއް

    61
    1
  3. ކިޔުންތެރިޔާ

    ތީ ސަޕްރައިޒެއް ނޫން. ތި ނޫން ވަރެއް މި ލާދީނީ ސަރުކާރަކަށް ނުވާނެ. ރ.ޔާމީން ފައްޓަވާފަހުރި ކިތަންމެ ޕްރޮޖެކްޓެއްގެ ރިބަން ފަށް ކަޑަން ހުރީ ތައްޔާރުވެ ނިމިފަ. ބާކީ ހުރި ޕްރޮޖެކްޓްތަކަށް ހުރީ ފައިސާ ހޯދާފަ އަދި ފައިސާ އިތުރަށް ލިބޭނެ މަގު ތަނަވަސްކޮށްދީފަ. ވައްކަމޭ ފަޅޮލޭ ގަންޖާއޭ ކިޔާ ހޭރުން ނޫން ކަމެއް ލާދީނީ ބައިގަނޑަށް ނުކުރެވޭނެ. ކާޕެޓް ޝާހިދު މުޅި 2 އަހަރު ނާށިގަނޑު ހިފައިގެން ދުނިޔެތެރޭގަ ދުވިޔަސް ލިބޭނެ އެއްޗެއް ނެތް. އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކުރާ ކުދިންކޮޅާއި އެބައިގަނޑަށް ތާއީދުކުރާ ހުރިހާ އެމްޑީޕީ މެމްބަރުންނަށް ވަރަށް ސަލާމް.

    93
    13
    • ޢައި

      ހިތުން ވަރަށް މޮޅު ކޮމެންޓެއް ދޯ ތިކުރީ.

      4
      8
      • Anonymous

        ވަރަށް މޮޅު ކޮމެންޓެއް ކަމަށް ގަބޫލުކުރެވޭ.

        2
        2
  4. ވަވާ

    ތިކަމާ ހެޔޮވިސްނޭ ދިވެއްސަކު ހައިރާނެއް ނު ވޭ 800ފުލެޓްގެ ލަރިގަންޑު ދިރުވާލީ ހުސް ކަރަޕްސަން ވަގުން 2500 ފުލެޓްގެ ލަރި އެކުންފުނިން ނަގާނެ ފެންނަން ހުންނާނީ ފެނުނަސް 1700 ކުދި ކޮތަރު ކޮށިތަކެއް ދިވެހި ރައްޔިތުންގެ ފޯކަސް އަބުރާލަން ޖެހި ސްޓަންޓެއް

    51
    11
  5. Anonymous

    2500 ޔުނިޓްގެ ލިސްޓުގައި ހިމެނޭ އެންމެނަށް މިތަނުން ލިބެންޖެހޭނެ. މިސަރުކަރަކީ ލޫޓުވާ ސަރުކާރެއް. ރައްޔިތުންގެ ހައްޤު ފޭރިގަނެގެން އެ ފްލެޓްތައް ވިއްކަން ޖެހި މަޅިއެއް ދޯ؟

    43
    4
  6. ކޮއްކޮ ބޭގެ އަލިބެ

    މި ސަރުކާރުގެ ރައީސަކީ ވެސް މި މީހުންގެ މީހެއް

    9
    3
  7. ބްރޯ

    އަތް ފޯރާ ފަށަކަށް ބޯހިޔަވެހިކަމެއް އައި ކަމަކަށް ހަމަކުރި ހިސާބުތައް ބަލައިގެން ހިސާބު ހެދީމަ އެއް ނާދޭ މަހަކު 8050 ގެ އިތުރުން 1000 ރުފިޔާ މެއިންތެނަންސާ އިންސުރަންސް ފިއާއެކު 9050 ދައްކަންޖެހޭ 25 އަހަރުން 3 މިލިޔަނަށް ވުރެ މައްޗަށް އަރާ ވީއިރު އަގުހެޔޮވަނީ ކިހިނެތް

    2
    2
  8. އ. ޖ. އ

    އެހެންތޯ.. އެހެންވީމާ ކަލޭމެން ކުދިންތީ ހަމައެކަނި ޕްލޭން ހަދާ ބައެއް.. ކަން ނިންމާނީ.. މި ސަރުކާރުން.. ވާފަށް ކަނޑަން ކަލޭމެންނަށް ދައުވަތު ދޭނަން

    3
    14
  9. ފޮއްސި

    އަހަރެމެން ހާހެއްނުވޭ އަހަރެމެންނައް އެނގޭ މިސަރުކާރަކައް ކުރީސަރުކާރުން ކުރަންނިންމާފައޮތް ކަމެއްނޫނިއްޔާ ނުފެށޭނެކަން އެއައްވުރެން ނާޤާބިލް ސަރުކާރެއްމީ އެހެންނޫން މިސަރުކާރައް އަލައްކުރެވޭނެކަމަކީ ބަދަލުގެނަމުގަ ރައްޓެހިންނަށާ ގާތްމީހުންނައް ބަދަލުގެނަމުގަ ބަޖެޓު ބަހާ ހުސްކުރުން

    11
    3
  10. ރުބެލް

    އެހެންވީއިރު ޔާމީނު ބިންގާއެޅި ދެތިން ތަނަކީ މައުމޫނުގެ މާސްޓަޕްލޭނުގަ ހުރިތަންތަން

    4
    13
    • ޢޭތި

      ޢޯކޭތާ މަޢުމޫނެންނު. )ތުއްތޮންބެ) އެމްޑޕީއަކާ ބެހޭކަމެއް މި ރާއްޖޭގެ ތަޜައްޤީއަކު ނެތް

  11. ޢޭތި

    ޢޯކޭތާ މަޢުމޫނެންނު. )ތުއްތޮންބެ) އެމްޑޕީއަކާ ބެހޭކަމެއް މި ރާއްޖޭގެ ތަޜައްޤީއަކު ނެތް

  12. ކެރޯނާ

    ޝުޖާ ހަޖަމް، މީ އެމްޑޕީގެ ވެރިަމެއް ޕީޕީއެމް ގެ ވެރިކަން ނިމިއްޖެ

    4
    3
  13. ސަމްސިއްޔާ

    ގަޅިވާހަކަ ނުދައްކަބަލަ. ހެކި ދައްކަބަލަ. އެޗްޑީސީ ވެބްސައިޓްގައިވެސް ނެތް ތިޔަ 2500 ހައުސިންގ ޔުނިޓްތަކުގެ ވާހަކައެއް.

    2
    2
  14. ބްރޯ

    މި ޕްރޮޖެކްޓް އެގްރީމަންޓްގަ ސޮއި ކުރީ ޔާމީނުގެ ވެރިކަމުގަ 2018 ގަ ނުފެށި އުލެނިކޮށް ވެރިކަން ބަދަލުވީ ދެން 2500 1700 އަށް ބަދަލު ކޮށްފަ ފެށީ މިސަރުކަރުގެ މަސްރުއެއްގެ ނަމުގަ 1700 ފަށާވަހަކަ ކިޔާ ވެރިކަމަށް އައި ހިސާބުންވެސް އެކަމަކު އެމީހުން ގަބުލު ނުވެގެން މަސައްކަތް ވަނި ނުފެށި

  15. ފަގުޑި

    އެހެންވީއިރު މައުމޫން ވެސް ޕްލޭން ކުރީ ނާސިރުގެ ޕްލޭން، ނާސިރު ގެ ޕްލޭނަކީ އަމީންގެ ޕްލޭން ، އަމީންގެ ޕްލޭނަކީ ރަސްގެފާނުންގެ ޕްލޭން، ރަސްގެފާނުގެ ޕްލޭނަކީ ރެހެންދި ޚާދީއްޖާގެ ޕްލޭން، ޚާދީއްޖާގެ ޕްލޭނަކީ އޭނަގެ ފިރިމީހަގެ ޕްލޭން، ފިރިމީހާގެ ޕްލޭނަކީ އޭގެކުރިންހުރި ރަސްގެފާނުގެ ޕްލޭން ، އެރަސްގެފާނުގެ ޕްލޭނަކީ އަބުލްބަރަކާތުގެ ޕްލޭން، އެބޭފުޅާގެ ޕްލޭނަކީ އިސްލާމީ ގައުމުތަކުން ލިބިފައި ހުރި ޕްލޭންތައް! ރަނގަޅުތަ! ކަލޭމެނަށް ރ ޔާން ގެ ބިޔަޕްރޮޖެކްޓްތައް ފެންނަން ހުރިއިރު އެކަން ޤަބޫލުނުކުރެވުނުއިރު މިއަދު މިތިބަމީޙުން ކުރަމޭބުނާ ކަންތައް ފެންނަންވެސް ނެތްއިރު ޤަބޫލުކުރެވޭނީ ކިހިނެތް!

  16. ނަމަ

    ޝުޖާއު ބިންގާ އެޅީ ގެރި ކޮއްޓެއްގަތަ

    2
    2
  17. ރިޒާ

    ބިންގާ އެޅީ ހަމަގައިމު ވެސް ސުޖާއު އެއްނޫން އެކަންއެނގޭނެ ލޮލައްފެންނަ ކޮންމެ އިންސާކަ ވެސް.

  18. ސސސ

    ސުޖާއަކައްނުންއެގޭނީ އަހަރެމެއްވޯޓައްކުރާނެނުކުރާނެކަމެއް އަހަރެމެންމިކުދިއްހައްލުވާލާނަންވޯޓައް މިކަމާނޫޅެ