ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ވަން އެންޑް އޮންލީ ރީތި ރަށުން ޓެސްޓް ކުރި އަށް މަހުގެ ތުއްތު ކުއްޖާ ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ރީތިރަށުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުނީ އިއްޔެ އެވެ. އަދި އެކަމާއި ހެދި ރިސޯޓްވެސް ލޮކްޑައުން ކުރިއެވެ.

އަދި އެ މީހާ ކަރަންޓީނުކޮށް ސާމްޕަލްތައްވެސް އިއްޔެ ވަނީ ނަގާފައެވެ. އެ ސާމްޕަލްތަކުން ކޮވިޑް-19 އަށް އެ މީހާ ނައްސި ވެފައިވާކަަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެރިސޯޓު ވަނީއާއްމުކޮށް ހުޅުވާލާފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ ހަތަރު މީހަކާއި، އިޓަލީވިލާތުގެ ފަތުރުވެރިޔަކަށް ޚިދުމަތް ދިން ބިދޭސީ ދެމުވައްޒަފެކެވެ.

އަދި މި ވައިރަސްއަށް ފައްސިވި ރިސޯޓުތަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އެ ރިސޯޓްތަކަކީ ޅ. ކުރެއްދޫ ރިސޯޓާއި އއ. ބަތަލާ އަދި ކުރަމައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލާމު

    ކޮން ނައްސިއެއްތަ، ކިހާދެރަވެއްޖެ ކަމެއްތަމީ އަޝްރަފޫ.

    35
    1
  2. ލޮލްލޮލް

    ނަސީބެއްނު އައްސި ނުވިކަން...

    32
  3. ކޮތަރު

    އައްސި ނުވިކަން ހަމަ ނަސީބު.

    24
  4. ފައްސި/ނައްސި

    ފައްސި

    12
    • ފަދަބޮަައެ

      6
      3
  5. ސަޓޯ

    އައްސިވެގެން ފޮއްސި ނުވިކަން ނަސީބެއް

    14
  6. އަލީ

    ހަޑި ބަސްތަކެއް.

    22
  7. ކެއްސި

    އެކަޑަމީ އައްސި ވެއްޖެ ކެކެކެކެކެކެ

    14
  8. ޙަސަން

    ރާއްޖޭގެ ގިނަ ރައްޔިތުން މިވަގުތުތިބީ ފައްސިވެ އަދި އައްސިވެދާނެތީ ބިރުން.

    11
  9. Anonymous

    ކޮން ނައްސިއެއް ފައްސިއެއް ލިޔާކަަަަށް. ނެގެޓިވް ޕޮސިޓިވް އެއީ ދިވެހި ބހުގެ ތެރެއަށް ވަދެފައިވާ ދެބަސް އެވެސް ދިވެހި ބަހެއް. ޢަރަބި ބަހުގައި نص
    Genitive نَصٍّ
    naṣṣin النَّصِّ‎
    an-naṣṣi نَصِّ

    فص
    segment
    قطعة, قسم, فلقة, فص, القطعة الدائرية
    stone ކޮޕީއަކަށް ނުވޭބާ

  10. އައްސި

    އެކަޑަމީ އަައް ކިޔާނެ ދިި ވެހިބަހެ ނެތީބާ ނޫނީ ނޭގުނީބާ ؟ އަ ވަދި.