ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގއަށް ދަތުރުކުރަމުންދިޔަ ޖަރުމަންވިލާތުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ބަލިމީހާ އައްޑޫ ސިޓީ ފޭދޫއަށް ގެނެސްދިނުމަށް މިއަދު 17:00 ހާއިރު ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައެވެ. ސިފައިން މި ބަލިމީހާ ނަގާފައި ވަނީ އައްޑޫ ސިޓީ ގަމާއި 12 މޭލު ބޭރުގައި މި ބޯޓު އޮއްވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި މި ބަލި މީހަކީ، އުމުރުން 41 އަހަރުގެ ޔޫކްރެއިންގެ ރައްޔިތެކެވެ. އަދި، މި ބަލިމީހާ މިރޭ 19:00 ހާއިރު ވަނީ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ޢައްޑޫ ސަރަހައްދުގައި ޓްރާންސިޓް ބަނދަރެއް ގާއިމް ކިރުން ވަރަށް މުހިންމު.

    • ކަރަންޓު

      ތީ ބޭރިވެސް ނާރާ ތަނެއް. ދެން ކޮން ބަނދަރެއް ހަދާކަށް..