މިހާރު ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންގާ އެންގުންތަކަށް ރާއްޖޭގެ ގެސްޓު ހައުސްތަކުން ބޯލަނބަންގެސްޓު ހައުސް އެސޯސިއޭޝަން މޯލްޑިވްސް (ގޭމް) އިން އިލްތިމާސްކޮށްފިއެވެ.

ގޭމް އިން ނެރުނު ނޫސް ބަޔާނުގައި ވަނީ ސަރުކާރުންނާއި، ޓުއަރިޒަމް މިނިސްޓްރީ އިން އަދި އެހެނިހެން ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. އަދި ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އާއި، ވިލިވަރުގެ ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ދިޔަލެއް އަވަސްކަން ފާހަގަކޮށް، އެ އެސޯސިއޭޝަނުން އުފާކުރާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހެލްތު މިނިސްޓްރީ އިންނާއި ސިއްހީކަންކަމާ ބެހޭ އެހެން އިދާރާތަކުން ކުރަމުން އަންނަ މަސައްކަތް ވެސް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރަށާއި ސިއްހީ ދާއިރާއަށް ޓޫރިޒަމް މިނިސްޓްރީ އިން އެއްބާރުލުން ދޭން ޖެހޭ ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ދުވަހުން ދުވަހަށް އެތަންތަނަށް ފޮނުވަން ޖެހޭ މައުލޫމާތުތައް ދިނުމަށް ސަމާލުކަން ދިނުމަށާއި، ކަމާބެހޭ ނަންބަރުތަކަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށާއި، މައުލޫމާތު ލިބިގަތުމަށް އެދިފައެވެ.

"މީގެ އިތުރުން މި ދަނޑިވަޅުގައި ކޮވިޑް އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ރާއްޖޭގެ ގެސްޓުހައުސްތައް ހިންގަވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުން މި އެސޯސިއޭޝަންގެ ފަރާތުން އެދެމެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ދެއްވަމުން ގެންދަވާ އަމަލުތަކަށް ފުރިހަމަ އަށް އަމަލުކުރުމަށާއި، އަންގަމުންދާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދިނުމަށް އެދެމެވެ.