ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ މީހާ ކަރަންޓިން ކުރުމުގެ މަސައްކަތް ކުރަމުން ދަނީރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކަމަށެވެ. އެގޮތުން އޭނާ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

މީގެ ކުރިންވެސް ޗައިނާއިން އައި ދެ ދިވެއްސަކު ކަރަންޓީން ކުރިއެވެ. އެ މީހުން އިއްޔެ ވަނީ ކަރަންޓީން ކުރުމަށްފަހު ދޫކޮށްލާފައެވެ.

އަދި މިއަދު ވަނީ އިޓަލީވިލާތުން ރާއްޖެ އައި ދެ ދިވެއްސަކު ކަރަންޓީންކޮށްފައެވެ.

ޗައިނާ އަށް ދެހަފްތާ ދުވަސް ތެރޭގައި ދަތުރު ކުރި އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޗައިނާ އަށް ދިވެއްސަކު ދަތުރު ކޮށްފައިވާނަމަ އެމީހަކު ދެހަފްތާ ދުވަހު ކަރަންޓީން ކޮށްފައި ބަހައްޓަން ސަރުކާރުން ވަނީ ނިންމާފައެެވެ.

ރާއްޖެއިން އަށް މީހަކު ކޮވިޑް-19 އަށް ފައްސިވި( ޕޮޒިޓިވް)ވެގެން ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ ހަތަރު މީހަކާއި، އިޓަލީވިލާތުގެ ފަތުރުވެރިޔަކަށް ޚިދުމަތް ދިން ބިދޭސީ ދެމުވައްޒަފެއްގެ އިތުރުން މިއަދު ފައްސިވި ދެ މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު