ތަފާތު އެކި ކުށްތަކުގައި ސިޔާސީ ބޮޑެތި ފަރާތްތައް ޖަލުގައި ތިއްބަވަނިކޮށް، މައްސަލަތައް ރިވިއުކޮށްގެން ދޫކޮށްލި ފަދައިން ހުރިހާ ކުށްވެރިންގެ މައްސަލަތައް ވެސް ރިވިއުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފިޔަވާ ޖަލުގައި ތިބި ހުރިހާ ކުށްވެރިންގެ މައްސަލަ ރިވިއު ކުރަން ޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ މައްސަލަ ރިވިއު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ރިވިއު ކުރަން ނުޖެހޭ ކަމަށް ވިދާޅުވީ، ރައީސް ޔާމީނާއި މެދު އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މައްސަލަތައް ތަހުގީގު ކުރަމުންދާ މުއްދަތުގައި ޖަލުގައި ތިބި ކުށްވެރިން، ނުވަތަ "ވާނުވާ" ގައި ގިނަ އަދަދަކަށް ބަންދުގައި މީހުން އެބަތިބި ކަމަށާއި އެއީ ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. ބަލާ ފާސްކުރުމާއި ނިޝާން ނެގުމާއި ޑީއެންއޭ ނަގަމުން ދަނީ ވެސް "ތާކުންތާކު" ޖެހޭ އުސޫލަކުން ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ނެރެން ބޭނުންވާ ނަތީޖާ މިހާރު ނެރެވޭ ކަމާއި މެދު ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.

"ހިނގާބަލަ ދުނިޔޭގެ ތަހުޒީބު ޤައުމެއްގެ ޖިޏާޢީ އިޖުރާއަތުގެ ޤާނޫނު ގެނެސްގެން ފޮޓޯ ކޮޕީ ނަގާފަ މިތަނުން ފާސްކޮށްލަން. އޭރުން މާ ރަނގަޅުވާނެ. އޭރުން އަޅުގަނޑުމެން މިހާ ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ. ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގެ ނިއުޒިލޭންޑްގެ ޤާނޫނަށް ބަލާލަމާ ހިނގާ، އޮސްޓްރޭލިއާގެ ޤާނޫނަށް ބަލަމާ ހިނގާ، ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނަށް ބަލަމާ ހިނގާ،" ޖާބިރު ވިދާޅުވިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށާއި، އެނޫނަސް އެ ޤާނޫނުގައި ފުރިހަމަކުރުމަށް ހުރި ބައެއް މުހިންމު ކަންކަން ފުރިހަމަކުރުމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އެކި ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ އުޞޫލުތަކާއި، އެކި ފަރާތްތަކަށް ލިބިފައިވާ ޙައްޤުތަކާ އަދި އެކި ފަރާތްތަކަށް ލިބިފައިވާ ބާރުތަކާއި، އެ ބާރުތައް ބޭނުންކުރަންވީ ގޮތް އެންމެ ތަފްޞީލުކޮށް މިހާތަނަށް އެއް ޤާނޫނެއްގައި ލިޔެވި، ބަޔާންކުރެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ސަބަބުން، ޒަމާނާއި އެއްގޮތް ޖިނާއީ އިޖުރާއަތުތަކެއް ތަޢާރުފުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ވަނީ އައިސްފައެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ދައުވާ ކުރަން ޖެހޭ މުއްދަތަށެވެ. ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިނަމަ މިހާރު ތިން މަސް ދުވަހުގެ ތެރޭގައި އެމައްސަލައިގައި ދައުވާ އުފުލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްކާ

    ޖާބިރު ޕްލީސް އަނގަ ނުހުޅުވަބަލަ މާ ގިނައިން ، ބަސްޓު ވެދާނެ

  2. ޑާން

    ބަލަ އިޓަލީމީހާވެސް އެހެންމީހާވެސް ކޮންމެތަނެއްގައިވެސް މަޑުކުރިއަސް މައްސަލައެއްނެތޭ މީގަ މައްސަލައަކީ ދުނިޔޭގައި އެންމެ ބާރުގަދައަށް މިބަލިފެތުރޭގައުމަކީ އިޓަލީކަމަށްވާއިރު، ރާއްޖެއިން ކޮވިޑް ފެނުނުއިރުވެސް އިޓަލީމީހުން ރާއްޖެއަށް އަންނަމުންދިޔަކަން ދެން ކޮވިޑް ރައްޖެއިންފެނުމާއިއެކު މިޔަހޫދީ ސަރުކާރުން އިޓަލީމީހުން ރާއްޖެއައުން މަނާކުރީވެސް ހަގީގަތުގައިވެސް މިއީ މިޔަހޫދީ ސަރުކާރުން ގަސްދުގައިކުރިކަމެއް މިކަން ރައްޔިތުންނަށް އޮޅުވާލަން ތިކަހަލަ ބުހުތާނީ ދޮގުކަލޭހަދާނެކަމެއްނެތް ހަގީގަތުގައިވެސް އަލީވަހީދާއި އަމީނު އަދި މިޔަހޫދީންގެ ސަރުކާރުއިސްތިއުފާދޭންވީ ކަންކަންއޮޅުވާލަން ދޮގުވެރިން ދޮގުވެރޮކަންދައްކާނެ

  3. މާމީ

    ޖާބިރާ ކަލޭމެނަށް މިހާރު ތިގޮތައް އަނގަތެޅިދާނެ އިރާދަކުރެއްވިއްޔާ ގިނަ ދުވަސްތަކެއްނުވެ ދެކޭނަން ހޮނޑާދޫ ގޮނޑުދޮށުގ އަނގަޔައްވެލި އެޅިފަ އިންހާލުގަފެންނާނެ....

  4. ހުވަދޫ ޑޮކް

    ޖާބިރުކަޅުބެ ތިޔަ ހޯއްދަވަނީ ޔާންޓެ ދޫކޮށްލާނެ ގޮތެއް... ތިޔަކަންތައް ޖާބެ ކޮންމެވެސް ގޮތަކުން ޔާންޓެއަށް ފަހިކޮދޭނެ !!! ތިޔައީ ހަމަ ގަދަފަދަ ދެ އެކުވެރީން ..... ތިޔަ ކުޅުއްވަނީ އަޑިއަޑިން !!!

  5. ޖާބިރުޑާލިންގ

    އޭ ޖާ ކަލާ ކެސިނޯ އަޅާ ވާހަކަ ދައްކަ ދައްކާ ލޯބީގެ މި ނަލަ ނަލަ ގައުމުގައި ވައިރަސްތައްވެސް ކެސިނޯ އަށްދާވެގެން ރާއްޖެ އަތުވެއްޖެ މީ ސްވިޓީ ފަދަ ދިވެހިން އެދޭ އަދި ބޭނުންވާ ގޮތެއްނޫން ޖާ . ސްވިޓީ އެދެނީ ޑާލިންގ އިސްލާހުވެ ވަބާ ތަކުން ގައުމު ސަލާމަތް ކުރަން ޖާ ވަރަށްސަލާން